07 ޑިސެމްބަރ 2021
މާލޭގައި ސިފައިންގެ މީހަކު ރަހީނުކުރި މީހުން އޭނާ ގޮވައިގެން އޭޓީއެމްތަކަށް ގޮސް ފައިސާ ފޭރެން އުޅުނުކަން ހާމަވެއްޖެ އެވެ.
މާލޭގައި ސިފައިންގެ މީހަކު ރަހީނުކުރި މީހުން އޭނާ ގޮވައިގެން އޭޓީއެމްތަކަށް ގޮސް ފައިސާ ފޭރެން އުޅުނުކަން ހާމަވެއްޖެ އެވެ.
އެމްއެންޑީއެފްގެ ސްޓާފް ސާޖެންޓުގެ މަގާމުގައި ހުރި ހަސަން ފަހީމް ރަހީނުކޮށް، އަނިޔާ ކުރި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފަ އެވެ. އެއީ، މ. ފްރީޒް މުހައްމަދު ޖައިލަމް ފިރާގު، 29 އާއި ހދ. ނޭކުރެންދޫ ވިނަރެސް އާދަމް ވިޝާން 18، އަދި ގއ. ކަނޑުހުޅުދޫ، ފެހިގެ، އާދަމް ސަނީން އެވެ.
އެ މީހުންގެ ބަންދު ޖަހަން ކްރިމިނަލް ކޯޓަށް ގެންދިޔުމުން ކޯޓުން ވަނީ ޖައިލަމްގެ ބަންދަށް ފަސް ދުވަސް، އަދި ވިޝާން އާއި ސަނީންއަށް ހަތް ދުވަސް ޖަހައިފަ އެވެ. އެ ތިން މީހުން ވެސް ބަންދު ކުރީ މުޖުތަމައުގެ ސަލާމަތައް ނުރަކަލެއް ކުރިމަތިވެދާނެ ކަމަށް ބަލަ އެވެ.
ޖައިލަމްގެ ބަންދު އަމުރުގައިވާ ގޮތުން، ފައިސާ ނެގުމަށް ސިފައިންގެ މީހާ ގޮވައިގެން ގިނަ އޭޓީއެމްތަކަކަށް ދިޔަ އެވެ. މިކަން އޭނާގެ ބަހުންނާއި އެ މައްސަލައިގެ ފުލުހުންގެ އައިއޯގެ ބަހުން އެނގޭ ކަމަށް އަމުރުގައިވެ އެވެ.
މި މީހުންގެ މައްޗަށް ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުން، ޖެހުން، ބްލެކްމެއިލް ކުރުން، ފޭރުން އަދި ބިރުދެއްކުމުގެ ތުހުމަތު ކުރެ އެވެ. އޭގެ އިތުރުން ޖައިލަމްގެ މައްޗަށް އޮރިޔާންކާޑު އުފެއްދުމުގެ ތުހުމަތާއި ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވެސް ކުރެ އެވެ.
ސިފައިންގެ މީހާގެ އާއިލާއިން އެންމެ ފުރަތަމަ ބުނެފައި ވަނީ އޭނާ ރަހީނުކުރުމަށްފަހު ފައިސާ އަތުލަން މަސައްކަތް ކުރި ކަމަށެވެ. އަދި ނުދިނުމުން އޭނާއަށް އަނިޔާކޮށްފައި އައިޖީއެމްއެޗް ކައިރިއަށް އެއްލާލީ ކަމަށެވެ.
އެހެންނަމަވެސް، ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އެ ހާދިސާ އަކީ އޭނާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގައި ޖެހުނު މައްސަލަކާ ހެދި ހިނގި ކަމެއް ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގުގެ ތެރެއިން މީގެ ކުރިން ފުލުހުން ވަނީ ވިލިމާލޭގެ ގެސްޓްހައުސްއެއް ބަލައިފާސްކޮށްފަ އެވެ.
ރަހީނުކޮށް، ފޭރުނު މައްސަލައެއްގައި ދެ މީހަކު ހައްޔަރު
ރަހީނުކޮށް މަރާލި މައްސަލާގައި ޝަރީއަތްނިމެންދެން ބަަންދު
މީހެއްގެ އިނގިލި ބުރިކުރި މައްސަލާގައި ދެ ސިފައިން
ދަރިންނާ ބެހުނު ބައްޕަ 30 ދުވަހަށް ބަންދުކޮށްފި
ތޫނު ހަތިޔާރުން ހަމަލާދޭ މީހާ އަނެއްކާ ހައްޔަރުކޮށްފި
33 އަހަރުގެ މީހަކު 100ވަނަ ފަހަރަށް ހައްޔަރުކޮށްފި
މަނީ ލޯންޑަރިންގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި
ޑްރަގް ކޯޓުން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރު
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އަތުހަރު އިނީ އަމިއްލަ ކަރުގައި ވެސް ވަޅި ޖައްސައިގެން