މީހަކު ރަހީނުކޮށް، އަނިޔާކޮށްގެން ފޭރުނު މައްސަލައެއްގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
26 މެއި 2024
މީހަކު ރަހީނުކޮށް، އަނިޔާކޮށްގެން ފޭރުނު މައްސަލައެއްގައި މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި އަންހެނަކާއި 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންނަކީ ވެސް އެއް ރަށަކަށް ނިސްބަތްވާ ދެ މީހުންނެވެ.
ހައްޔަރުކުރި މީހުން މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އަންހެން މީހާ 10 ދުވަހަށް އަދި ފިރިހެން މީހާ 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފަ އެވެ.
ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި އަންހެން މީހާ ހައްޔަރު ކޮށްފައިވަނީ އެ މީހާ ރަހީނު ކޮށްގެން ގެންގުޅުނު ހ. ހޯގުޅާ މަންޒިލް ގެއިންނެވެ. ބަންދު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރު ކޮށްފައިވަނީ މީހަކު ރަހީނުކޮށްގެން އުޅޭތީ، ފުލުހުން އެ ގެއަށް ދިއުމުން އެ ގޭގެ ފްލޯއަކުން ފޭބި ވަގުތުގަ އެވެ.
މައްސަލާގައި ހިމެނޭ ފިރިހެން މީހާ ވެސް ހައްޔަރު ކޮށްފައިވަނީ ރަހީނު ކުރުމުގައި އޭނާ ޝާމިލްވާ ކަމަށް ފުލުހުންނަށް ދެއްކުމުން އެ ގެ ކައިރިން ކަމަށް ބަންދު އަމުރުގައި ބުނެފައިވެ އެވެ.
ރަހީނު ކުރުމުގެ ހާދިސާ ހިނގި ތަނުގައި ލަކުޑި ބުރިތަކާއި ދަނޑިބުރިތަކެއް ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
މިއީ ގިނަ ބަޔަކު އެކުވެ ޖަމާއަތް ހަދައިގެން ހިންގާފައިވާ އަމަލެއް ކަމަށާއި މި ދެ މީހުން ބަންދުން ދޫކޮށްލައިފިނަމަ މައްސަލައިގެ ހެކިތަކަށް ނުފޫޒު ފޯރުވުމުގެ ބިރު އޮތް ކަމަށް ވެސް ކޯޓު އަމުރުގައި ފާހަގަ ކޮށްފައިވެ އެވެ.
މީހަކު ރަހީނުކޮށްގެން ގެންގުޅެނިކޮށް ސަލާމަތްކޮށް، ބަޔަކު ހައްޔަރު ކުރިއިރު މާފަންނު ވީބީ މާޓް، ގޯޅިތެރޭގައި ހުންނަ "ސްކައި ލޭންޑް" ކިޔާ ގެސްޓްހައުސްގައި ނޭޕާލްގެ ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅޭތާ ހަތް ދުވަސްވެފައި ވަނިކޮށް ފުލުހުން ދާދިފަހުން ވަނީ އެ މީހާ ވެސް ސަލާމަތް ކޮށްފަ އެވެ.
ދުވަސްވީ ފިރިހެނުން އޮޅުވާލައިގެން ހިޔާ ފްލެޓަށް ގެންގޮސް ރަހީނުކޮށް ފޭރެމުންދާ މައްސަލަތަކެއް ހިޔާ ފްލެޓު ސަރަހައްދުން ވެސް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ.
ބިދޭސީއެއްގެ އަތުން ފޭރުނު މީހުންގެ ބަންދަށް 10ދުވަސް
ކަރުގައި އޮތް ފަށް ފޭރުނު މީހާގެ ބަންދަށް 15 ދުވަސް
ފަށް ޖަހައިގަތް މީހާގެ ބަންދަށް ހަތް ދުވަސް
ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރުކޮށްފި
އޮޅުވާލައިގެން ގެންގޮސް ފޭރުނު މައްސަލާގައި ދައުވާކޮށްފި
ޑްރަގް ކޯޓުން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރު
ވަގަށް ނެގި އަގުބޮޑު ގަޑިއެއް ވިއްކި މީހަކު ޖަލަށް
މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ފޭރުނު މީހަކު ޖަލަށް
ރެޑްބުލް ދަޅެއް ވަގަށް ނެގުމުން 15 ދުވަހަށް ބަންދު
ޒުވާނަކު 92 ވަނަ ފަހަރަށް ހައްޔަރުކޮށް ބަންދަށް 30