Roadha Mihaaru
"މަމެން"ގެ އާ އެޑްއޮންތަކެއް ދިރާގުން ތައާރަފު ކޮށްފި

"މަމެން"ގެ އާ އެޑްއޮންތަކެއް ދިރާގުން ތައާރަފު ކޮށްފި

08 ޑިސެމްބަރ 2021

ޗެޓު ކުރާ އެޕުތައް ހިލޭ ބޭނުން ކުރެވޭ އެޑްއޮންތަކަކާ އެކު "މަމެން" ގެ އާ އެޑްއޮންތަކެއް ދިރާގުން މިއަދު ތައާރަފު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޗެޓު ކުރާ އެޕުތައް ހިލޭ ބޭނުން ކުރެވޭ އެޑްއޮންތަކަކާ އެކު "މަމެން" ގެ އާ އެޑްއޮންތަކެއް ދިރާގުން މިއަދު ތައާރަފު ކޮށްފި އެވެ.

އެ ކުންފުނިން ވަނީ ހަތަރު އެޑްއޮންއެއް ތައާރަފު ކޮށްފަ އެވެ. އެއީ 24 ގަޑިއިރަށް ބޭނުން ކުރެވޭ 1ޖީބީ އެޑްއޮންއަކާއި ފަސް ދުވަހަށް ބޭނުން ކުރެވޭ 2ޖީބީ އާއި ހަފުތާއަކަށް ބޭނުން ކުރެވޭ 4ޖީބީ އަދި މަސް ދުވަހަށް ބޭނުން ކުރެވޭ 20ޖީބީ އެޑްއޯން އެވެ.

މީގެ ތެރެއިން 2ޖީބީ އާއި 20ޖީބީ އެޑްއޮން އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް ވަޓްސްއެޕާއި ވައިބާ އާއި ޓެލެގްރާމާއި މެސެންޖާ އާއި ވީޗެޓު ހިލޭ ބޭނުން ކުރެވޭނެ އެވެ.

މަމެން ބޭނުން ކުރާ ކަސްޓަމަރުންނަށް މިހާރު ވެސް ހަތަރު އެޑްއޮންއެއް އެކްޓިވޭޓް ކުރެވެ އެވެ. އެއީ މުޅި މަހަށް އެކްޓިވޭޓް ކުރެވޭ 2ޖީބީ، 3ޖީބީ، 6ޖީބީ އަދި 12ޖީބީ އެޑްއޯންތަކެވެ.

މަމެން އަކީ 2017 ވަނަ އަހަރު ދިރާގުން ތައާރަފު ކުރި ޕްލޭނެކެވެ. މިއީ ކަސްޓަމަރަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އިޚްތިޔާރު ކުރެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ މޯބައިލް ޕްލޭނެކެވެ. މި ޕްލޭނަށް ގިނަ ބައެއްގެ ތަރުހީބު ވެސް ވަނީ ލިބިފަ އެވެ.

މި އެޑްއޮންތައް އެކްޓިވޭޓް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް މަމެން މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ. މި އެޕްލިކޭޝަން އެޕް ސްޓޯރުންނާއި ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ އެވެ.