Roadha Mihaaru
ދިރާގުން ދުނިޔޭގެ ޓެލެކޮމިއުކޭޝަން ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި

ދިރާގުން ދުނިޔޭގެ ޓެލެކޮމިއުކޭޝަން ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި

17 މެއި 2024

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ސޮސައިޓީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދިރާގުން ހާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

އެކަމަށް ހާއްސަކޮށް ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ. އަދި ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވައިފަ އެވެ.

ދިރާގުން ބުނީ އެ ސެޝަންތަކުގެ މަގްސަދަކީ ޓެކްނޮލޮޖީ ދާއިރާގެ އިލްމަށް ހިއްސާކޮށް، ވެރިން ބާރުވެރިކުރުމާއި އަންނަން އޮތް ޖީލުތަކަށް ޑިޖިޓަލް ވަސީލަތްތަކުގެ މުހިއްމު ކަމާއި ބޭނުންތެރިކަން ކިޔައިދިނުން ކަމަށެވެ.

"ޑިޖިޓަލް އިނޮވޭޝަންގެ ބޭނުންކޮށްގެން މުޖުތަމައު އަށް ހެޔޮ ބަދަލުތަކެއް ގެންނަން އަޅުގަނޑުމެން ބޭނުންވޭ. ކުރިއަށް އޮތްތަނުގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާ، ޕްލެޓްފޯމްތައް އިތުރުކޮށްގެން މުޖުތަމައުއަށް ބޭނުންވާ ޑިޖިޓަލް ވަސީލަތްތައް ގާއިމް ކުރާނަން، " އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

ކޭމްގެ ޗީފް އެގްޒެކެޓިވް އިލްޔާސް ވަނީ އެ ދާއިރާއިން އީޖާދީ ހިޔާލުތަކަށް ޒުވާނުންނަށް ބާރު އަޅައިފަ އެވެ.

"ޑިޖިޓަލް އިނޮވޭޝަން ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް" އާ ގުޅޭ ގޮތުން ބޭއްވި އެ ޕެނަލް ޑިސްކަޝަންގައި ވަނީ ދާއިރާ ކުރިއަށް ގެންދިއުމުގައި ދެމެހެއްޓެނިވި ގޮތްތައް ބޭނުން ކުރުމުގެ މުހިއްމުކަން ފާހަގަ ކޮށްފަ އެވެ.

ޕެނަލް ޑިސްކަޝަންގައި ވަނީ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރު ކުރުމުގައި ޑިޖިޓަލް އިނޮވޭޝަންގެ މުހިއްމު ކަމާއި އީޖާދީ ގޮތްތައް ބޭނުންކޮށްގެން ސަރުކާރާއި ވިޔަފާރިތަކާއި މުޅި މުޖުތަމައަށް އަންނާނެ ހެޔޮ ބަދަލުތަކުގެ ވާހަކަތައް ހިއްސާކޮށްފަ އެވެ.

އެ ޕެނަލް ޑިސްކަޝަންގައި ދިރާގުގެ ހެޑް އޮފް ސައިބާ ސެކިއުރިޓީ އިސްމާއިލް ފާއިޒާއި ހެޑް އޮފް ސޮލިއުޝަންސް އައިޝަތު ނަޔާޝީން އަހުމަދާއި ޔޫއެންޑީޕީގެ ލީގަލް ކައުންސެލް އަދި ދިރާގު ސަސްޓެއިނަބިލިޓީ މެނޭޖަރު ހައްވާ ރީނާ ޕެނަލިސްޓުގެ ގޮތުގައި ބަައިވެރިވެވަޑައިގަތެވެ.