"ރައްކާވެ ތިބިއްޔާ ދަތުރު" މި ޝިއާރުގެ ދަށުން ހެލްތު ސޭފްޓީ ކޭމްޕޭން ހަފުތާ ފާހަގަ ކުރުމަށް ބާއްވާ ފަސް ކިލޯމީޓަރުގެ ދުވުމެއް މި މަހު 31 ގައި ބާއްވަން އެމްޕީއެލް އިން ނިންމައިފި އެވެ.
09 ޑިސެމްބަރ 2021
"ރައްކާވެ ތިބިއްޔާ ދަތުރު" މި ޝިއާރުގެ ދަށުން ހެލްތު ސޭފްޓީ ކޭމްޕޭން ހަފުތާ ފާހަގަ ކުރުމަށް ބާއްވާ ފަސް ކިލޯމީޓަރުގެ ދުވުމެއް މި މަހު 31 ގައި ބާއްވަން އެމްޕީއެލް އިން ނިންމައިފި އެވެ.
"އެމްޕީއެލް" އާއި "އާކް" އަދި "މިހާރު" ނޫސް ގުޅިގެން ބާއްވާ ދުވުން ލޯންޗު ކުރުމަށް މިއަދު އެމްޕީއެލްގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ސީއީއޯ، ޝާހިދު އަލީ ވިދާޅުވީ ޑިސެމްބަރު 2019 ގައި އެމްޕީއެލް އިން ފުރަތަމަ ފަހަރަށް އިއުލާން ކުރި ސޭފްޓީ ވީކް ކެމްޕޭން ސަބަބުން އެ ކުންފުނީގެ އެތެރޭގައި ސިއްހީ ސަލާމަތްތެރި ކަމަށް ގިނަ ފިޔަވަޅުތަކެއް އެޅި ކަމަށެވެ.
"ހެލްތު ސޭފްޓީ އަށް އަމާޒުކޮށް މި ރަން މި ލޯންޗް ކުރީ ޖެނަރަލް ޕަބްލިކްގެ ވެސް ސިއްހީ ރައްކާތެރި ކަމާއި ސަލާމަތަށް ހޭލުންތެރިކަން އިތުރު ކުރުމަށް،" ހުޅުމާލޭގައި ބާއްވާ ދުވުމާ ބެހޭގޮތުން ޝާހިދު ވިދާޅުވި އެވެ.
ހެލްތު ސޭފްޓީ ޕޯޓް ރަން ލޯންޗު ކުރުމަށް އެމްޕީއެލްގައި މިއަދު ބޭއްވުނު ހަފުލާގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ވިދާޅުވީ މި ދުވުމުގެ ތެރެއިން ވެސް ހެލްތު އެންޑް ސޭފްޓީ އަށް ހޭލުންތެރި ކުރުމަށް އެކި އެކި މެސެޖްތައް ދެމުން ގެންދާނެ ކަމަށެވެ.
އެމްޕީއެލްގެ ޗީފް ރިސްކް އޮފިސަރު، އިބްރާހިމް ޒާހިރު ވިދާޅުވީ ދުވުމަށް ހާއްސަކޮށްފައިވާ ކިޓް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައި ވަނީ ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ "އާކް" އަށް ކަމަށެވެ. ކިޓެއް އަގެއް އަދި ހާމައެއް ނުކުރެ އެވެ.
އާކް އިން ބުނީ ހެލްތު އެންޑް ސޭފްޓީ ރަން އިން ލިބޭ ފައިސާ ހަރަދު ކުރާނީ އެ ޖަމިއްޔާއިން ހިންގާ ހެލްތު ސޭފްޓީ ސްޓެޕްސް ކޭމްޕޭނަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހެލްތު ސޭފްޓީ ސްޓޭޕްސް އަކީ އެކި މާހަލުތަކުގައި ކުޑަކުދިން ރައްކާތެރި ކުރާނެ ގޮތާ މެދު ހޭލުންތެރިކަން އުފައްދުމުގެ ގޮތުން ހިންގާ ކެމްޕޭނެކެވެ.
އެމްޕީއެލްގެ ސޭފްޓީ ރަންގައި ބައިވެރިވާން ހުޅުވާލައިފި
ޕޯޓް ސޭފްޓީ ރަން މާދަމާ
"މިހާރު" ރޯދަ ކުއިޒުން އުމްރާ ދަތުރެއް
ރޯދަ މަހު ކްލިއާ ކުރާނީ ދުވާލަކު 150 ކޮންޓެއިނަރު
ކުޑަހުވަދޫގައި ޕޯޓެއް ހަދަން އެމްޕީއެލްއާ ހަވާލުކޮށްފި
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ރިޝްވާން
އެމްޕީއެލްގެ އެމްޑީ ވަޖީހު މަގާމުން ވަކިކޮށްފި
"ހަވީރު" އަދި "މިހާރު" އިން ބިންމާގެ ހިދުމަތުގެ އަގުވަޒަންކޮށްފި
ޓްރާންސްފޯމަރު "ވަގު" ހުއްޓުވުމުން ބޯފަޅާލައިފި
އެމްޕީއެލްއަށް ބިޒްނަސްް އެކްސެލަންސް ދެ އެވޯޑެއް