މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ހާލިދު އަބްދުﷲގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާ އިން ބުނެފި އެވެ.
12 ޑިސެމްބަރ 2021
މިދިޔަ ހޯމަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ހާލިދު އަބްދުﷲގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާ އިން ބުނެފި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ހާލިދު ދުއްވާ ތިން ފުރޮޅުލީ ސައިކަލުގައި ދަނިކޮށް އެކްސިޑެންޓުވީ ފުލުހުން ބުނާ ގޮތުގައި ކާރެއް އަންނަތަން ފެނުމުން ހާލިދަށް ހަދާލެވުނު ގޮތަކުން ސައިކަލު ވެއްޓިގެންނެވެ.
އެ އެކްސިޑެންޓުގައި ހާލިދުގެ މޫނު މަތީގެ ކަށިތަކެއް ބިނދި ވަރަށް ހާލު ދެރަވެ، އޭނާއަށް ފަރުވާދޭން ޖެހުނީ އައިޖީއެމްއެޗުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގަ އެވެ. އެކަމަކު އޭނާގެ އާއިލާއިން މިއަދު، "މިހާރު" އަށް ބުނި ގޮތުގައި މިދިޔަ ހުކުރު ދުވަހު ވަނީ އޭނާގެ ސާޖަރީއެއް ހަދައިފަ އެވެ. އަދި މިހާރު ވެންޓިލޭޓަރުން ނަގާފައިވާ ކަމަށާއި އަދިވެސް އޮތީ އައިސީޔޫގައި ކަމަށް ބުންޏެވެ.
"ބްލީޑްވާ ވަރުން އޭރު ސާޖަރީ ނުހެދުނީ. އެކަމަކު އިއްޔެ ނޫން އިހަށް ދުވަހު ސާޖަރީ ހަދައިފި،" އާއިލާ އިން ބުންޏެވެ.
"އިއްޔެ ނޭވާލާން އުނދަގޫވުމުގެ މައްސަލަ ދިމާވި. އެކަމަކު މިހާރު އެކަން ވެސް ރަނގަޅު. މިވަގުތު އައިސީޔޫގަ އޮތަސް ސްޓޭބަލް ކަމަށް ޑޮކްޓަރުން ބުނަނީ،"
އުމުރުން 37 އަހަރުގެ ހާލިދަކީ ހިނގާބިނގާވެ އުޅުމަށް ދަތި، އަތާއި ފައިގެ އިތުރުން ކަނދުރާ ވެސް ރަނގަޅަކަށް ހަރަކާތެއް ނުކުރެވޭ މީހެކެވެ.
އެންމެ ފުރަތަމަ އަޑުއެރީ ހާލިދު ދުއްވި ސައިކަލުގައި ކާރަކުން ޖެއްސުމަށް ފަހު ފިލީ ކަމަށް ފުރަތަމަ އަޑު ފެތުރުނަސް އެ ސަރަހައްދުގައި ހުރި ސީސީޓީވީ ކެމެރާތައް ބެލުމަށް ފަހު ފުލުހުން ބުނީ ސައިކަލްގައި ކާރަކުން ނުޖެހޭ ކަމަށެވެ.
އަނިޔާވުމުން ހޮސްޕިޓަލަށް ގެންދިޔައީ އިހުސާންގެ ކާރުގައި
ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ކޮޅުވެއްޓި ބަންޑުންޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ
15 އަހަރު ކުރީ އެކްސިޑެންޓެއްގެ ދައުވާއިން ސަލާމަތް
އެކްސިޑެންޓަކާ ހެދި ބަދަލު ހޯދަންކުރި ދައުވާ ނާކާމިޔާބު
ދުންޖަހާ މީހުން ޖޫރިމަނާކޮށް ވެހިކަލް ވެސް އަތުލަންވީ!
އެކްސިޑެންޓް ރިޕޯޓް ނުކޮށް ފިލި ފުލުސް މީހާ ސަސްޕެންޑް
ފުލުހަކު އެކްސިޑެންޓެއް ރިޕޯޓް ނުކޮށް ފިލި މައްސަލައެއް
ލައިސަންސް ނެތި ދުއްވަނިކޮށް ޖެހުނީ ކުއްޖެއްގެ ގައިގައި
މަގު ހުރަސްކުރަނިކޮށް ކާރުން ޖައްސައި ފިލުމުން ހައްޔަރު