Roadha Mihaaru
ދަމާސް ޕެއިންޓުގެ އާ ފިހާރައެއް ހުޅުވައިފި

ދަމާސް ޕެއިންޓުގެ އާ ފިހާރައެއް ހުޅުވައިފި

12 ޑިސެމްބަރ 2021

ދަމާސް ޕެއިންޓުގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދަމާސް ޕެއިންޓުގެ އާ ފިހާރައެއް މާލޭގައި ހުޅުވައިފި އެވެ.

ފާމުދޭރިމަގުގައި، މެޑިކާ ހޮސްޕިޓަލް ކައިރީގައި ހުޅުވި މި ފިހާރައިން ގޭގެއަށް ބޭނުންވާ ކުލަ އާއި ދަވާދުގެ އިތުރުން އޮޑިދޯނިފަހަރަށް ބޭނުންވާ ކުލަ ވެސް ލިބެން ހުންނާނެ އެވެ. އަދި ބޭނުންވާ ކުލައެއް ވަގުތުން ތައްޔާރު ކޮށްދިނުމުގެ ހިދުމަތް ވެސް މި ފިހާރައިން ލިބޭނެ އެވެ.

އެ ފިހާރައިން ވިއްކާ "މަލްޓިލެކް" އާއި "އޯޝަން މާސްޓާ" ކުލަތަކަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ މަޝްހޫރު ބްރޭންޑުތަކެކެވެ. މި ބްރޭންޑުތަކުގެ ކުލަ ދަމާސް އިން ރާއްޖޭގައި ވިއްކާތާ 20 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެ އެވެ.

ދަމާސް ޕެއިންޓް ފިހާރައިގެ އެތެރެ: މަލްޓިލެކް އާއި އޯޝަން މާސްޓާގެ އުފެއްދުންތައް އެ ފިހާރައިން ލިބޭނެ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

ދަމާސް ޕެއިންޓް ފިހާރައިގެ އެތެރެ: މަލްޓިލެކް އާއި އޯޝަން މާސްޓާގެ އުފެއްދުންތައް އެ ފިހާރައިން ލިބޭނެ-- ފޮޓޯ: ފަޔާޒު މޫސާ/މިހާރު

މަލްޓިލެކް ބްރޭންޑުގެ އުފެއްދުންތަކުގެ ތެރޭގައި ގޭގެ އެތެރޭ ފާރުގައި ލުމަށް ހާއްސަ ޕްރައިމާ އާއި ސީލަރާއި މެޓް، ސިލްކް އަދި ވޮޝެބްލް ކުލަތަކާއި ބޭރު ފާރުގައި ލާން ހާއްސަ ވޯޓަޕްރޫފް ޕްރައިމާ އާއި ސީލާ އަދި ކުލަތައް ހިމެނެ އެވެ. މި ބްރޭންޑުގެ ގިނަ އަދަދެއްގެ ކުލަ ދަމާސް ޕެއިންޓްސް އިން ލިބެން ހުންނާނެ އެވެ.

ދަމާސް ޕެއިންޓްސް އިން ކުލައިގެ އިތުރުން ކުލަ ލާން ބޭނުންވާ ސާމާނު ވެސް ލިބެން ހުންނާނެ އެވެ. މީގެ ތެރޭގައި ތަފާތު އެކި ޑިޒައިންތަކަށް ކުލަލާން ބޭނުންވާ ސާމާނު ވެސް ހިމެނެ އެވެ.

މީގެ އިތުރުން ގޭގައި ކުލަ ލުމުގެ ހިދުމަތް ވެސް އެ ފިހާރައިން ދެ އެވެ.

ދަމާސް ޕެއިންޓުގެ މުވައްޒަފަކު ކަސްޓަމަރު ބޭނުންވާ ކުލައެއް ވަގުތުން ތައްޔާރުކޮށްދެނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ދަމާސް ޕެއިންޓުގެ މުވައްޒަފަކު ކަސްޓަމަރު ބޭނުންވާ ކުލައެއް ވަގުތުން ތައްޔާރުކޮށްދެނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އެ ފިހާރައިން ވިއްކާ އޯޝަންމާސްޓާ ބްރޭންޑަކީ އޮޑިދޯނިފަހަރަށް ހާއްސަ ކުލަތަކާއި ސޮލިއުޝަންތައް އުފައްދާ ބްރޭންޑެކެވެ. އެގޮތުން އޮޑިދޯނިފަހަރަށް ބޭނުންވާ ކުލައިގެ އިތުރުން އަންޑަކޯޓާއި އެންޓިފޯލިން އާއި ޕްރައިމާ އަދި ސިލަރާއި ވަރުނީސް އާއި އިޕޮކްސީ ރެސިން އާއި އެންޓިފޯލިން އާއި ތިނަރު އަދި އެންސިލަރީ ފަދަ އުފެއްދުންތައް އެ ފިހާރައިން ލިބެން ހުންނާނެ އެވެ.

އޯޝަން މާސްޓާގެ ކުލަތަކަކީ އާއްމުކޮށް ސަފާރީ އާއި ކްރޫޒްލައިނާ ފަދަ ލަގްޒަރީ އުޅަނދުތަކުގައި ބޭނުން ކުރާ ކޮލިޓީ ކުލައެކެވެ.

ދަމާސް ޕެއިންޓް ހުޅުވާފައި ހުންނާނީ ކޮންމެ ހަފުތާއެއްގެ ހުކުރު ދުވަސް ފިޔަވައި އެހެން ހުރިހާ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 6:00 އަށެވެ.