Roadha Mihaaru
މާލޭގައި ލެގޯގެ ފުރަތަމަ ފިހާރަ ޕީކަބޫ އިން ހުޅުވައިފި

މާލޭގައި ލެގޯގެ ފުރަތަމަ ފިހާރަ ޕީކަބޫ އިން ހުޅުވައިފި

01 ޖުލައި 2021

"ލެގޯ އެކްސްޕީރިއަންސް ސްޓޯ" ގެ ނަމުގައި ލެގޯއަށް ހާއްސަ ފިހާރައެއް މާލޭގައި މިއަދު ހުޅުވައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

"ލެގޯ އެކްސްޕީރިއަންސް ސްޓޯ" ގެ ނަމުގައި ލެގޯއަށް ހާއްސަ ފިހާރައެއް މާލޭގައި މިއަދު ހުޅުވައިފި އެވެ.

މިއީ ރާއްޖޭގައި ލެގޯ ބްރޭންޑުގެ ފިހާރައެއް ހުޅުވި ފުރަތަމަ ފިހާރަ އެވެ. މި ފިހާރަ ހުންނާނީ ބުރުޒުމަގު އިސްކަންދަރު ކޮށި ފުރަގަހުގަ އެވެ. މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުޅޭތަކެތި ވިއްކަމުން އަންނަ "ޕީކަބޫ" އިން ހުޅުވި ފިހާރައެކެވެ.

މި ފިހާރަ ހުޅުވުމާ ގުޅިގެން، ކުޅޭ އެއްޗެހިން ޑިސްކައުންޓު ލިބޭ ޕްރޮމޯޝަނެއް ވަނީ ފަށައިފަ އެވެ. އަދި މި ފިހާރައަށް އަންނަ ކުޑަކުދިންނަށް ލެގޯތަކާ ކުޅުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ.

ލެގޯ ތައާރަފު ކުރިތާ 89 އަހަރު ވެފައިވާއިރު މިއީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވެސް މަގުބޫލު އެއްޗެކެވެ. އެހެންކަމުން މި ފިހާރަ ލެގޯއަށް ލޯބިކުރާ މީހުންނަށް ކަމުދާނެ ކަމަށް ޕީކަބޫ އިން ބުންޏެވެ.

ލެގޯ ފިހާރައިގައި ކުޑަކުދިން ކުޅެން ތިބެން ހާއްސަކޮށްފައިވާ ސަރަހައްދު-- ފޮޓޯ: ޕީކަބޫ

ލެގޯ ފިހާރައިގައި ކުޑަކުދިން ކުޅެން ތިބެން ހާއްސަކޮށްފައިވާ ސަރަހައްދު-- ފޮޓޯ: ޕީކަބޫ

ޕީކަބޫ އިން ބުނި ގޮތުގައި މި ފިހާރައިން ލެގޯއިން މާކެޓަށް ނެރޭ ޕްރޮޑަކްޓުތައް ލިބެން ހުންނާނެ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ލެގޯއަށް ހާއްސަ ކޮށްގެން ބާއްވާ މުބާރާތައް ވެސް ލެގޯ އެކްސްޕީރިއެންސް ސްޓޯ މެދުވެރިކޮށް ބާއްވާނެ ކަމަށް ޕީކަބޫ އިން ބުންޏެވެ.

ޕީކަބޫއަކީ ރާއްޖޭގެ ލެގޯގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ. އެ ފިހާރައިން ވިއްކާ ލެގޯ އާއި އެހެން ބްރޭންޑުގެ ކުޅޭ ތަކެތި ގަންނަން ބޭނުންވާ މީހުންނަށް http://www.peekaboo.mv/store މެދުވެރިކޮށް ނުވަތަ އެ ފިހާރައިގެ ހޮޓްލައިން 7521717 އަށް ގުޅައިގެން ވެސް ވިޔަފާރި ކުރެވޭނެ އެވެ.