މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށްގެންދާ ޑްރަގް އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފި އެވެ.
16 ޑިސެމްބަރ 2021
މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށްގެންދާ ޑްރަގް އޮޕަރޭޝަންގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޓެކްސީއަކާއި ފްރައިވެޓް ކާރެއް އަދި ތިން ސައިކަލު ފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައި ވަނީ 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. މީގެ ތެރެއިން 51 އަހަރުގެ މީހާ އާއި 25 އަހަރުގެ މީހާ ހައްޔަރުކުރީ މާލޭން ފާސްކުރި ޓެކްސީއަކުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގަ އެވެ.
މިތަނުން 29 އަހަރުގެ މީހާ އަކީ ގދ. ހޯނޑެއްދޫ މީހެއް ކަމަށްވާ އަހުމަދު މުޖާހިދު އެވެ. އޭނާ ހައްޔަރުކުރީ ހުޅުމާލޭގައި އޮތް ޕްރައިވެޓް ކާރަކުން ފެނުނު ޑްރަގްސްގެ މައްސަލައިގަ އެވެ.
ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 14 ދުވަސް ދީފަ އެވެ. އަނެއް ދެ މީހުންގެ ބަންދަށް ވަނީ 15 ދުވަސް ދީފަ އެވެ.
ދެ ކާރުން ފެނުނު ޑްރަގްސްގެ އިތުރުން ތިން ސައިކަލެއް ފާސްކޮށް ގިނަ އަދަދެއްގެ ޑްރަގްސް ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި ޑްރަގް އޮޕަރޭޝަންގައި މިހާތަނަށް 119 ކިލޯ ޑްރަގްސް ވަނީ ފެނިފަ އެވެ. އެންމެ ފުރަތަމަ ޑްރަގްސް ފެނުނީ އާދީއްތަ ދުވަހު، މާލޭގައި ދުއްވާފައި ދިޔަ ޓެކްސީއަކުންނެވެ.
މި ޑްރަގްތައް ރާއްޖެ އަށް އެތެރެކޮށްފައި ވަނީ ޑްރަގް ނެޓްވޯކެއް ކަމަށް ތުހުމަތުކޮށް ދައުވާ އުފުލުމުން ދާދި ފަހުން ކުށް ސާބިތުނުވެގެން ކްރިމިނަލް ކޯޓުން ދޫކޮށްލި ބަޔަކު ކަމަށް "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ފުލުހުން މި އަހަރުގެ މިހާތަނަށް ވަނީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރި 400 ކިލޯއަށްވުރެ ގިނަ ޑްރަގްސް އަތުލައިގެންފަ އެވެ. ނަމަވެސް މި މައްސަލަތަކުގައި ހިމެނޭ ގިނަ މީހުން އެކި ސަބަބުތަކާ ހެދި ކޯޓު މަރުހަލާއިން ވަނީ ސަލާމަތްވެފަ އެވެ.
އަނިޔާގެ ރިޕޯޓަކާހެދި ވަންއިރު ފެނުނީ 17 ކިލޯ ޑްރަގް
ރަހީނުކޮށްގެން ގެންގުޅުނު ފްލެޓްގައި އަނެއްކާ ރެއިޑެއް!
ޑްރަގްގެ މައްސަލައިގެ ދެ މީހުންގެ ބަންދު އިތުރުކޮށްފި
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާ އެކު ހައްޔަރުކުރި އަންހެން ފުލުހަކު ވަކިކުރަނީ
ބަނގުރާ ފުޅިތަކަކާ އެކު 57 އަހަރުގެ މީހަކު ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ޑްރަގް މައްސަލައެއްގައި ނިލަންދޫން ނުވަ މީހަކު ހަައްޔަރު