Roadha Mihaaru

ބޮކްސާ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

ބޮކްސާ ތެރެއަށް ލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު

ބޮކްސާ ތެރެއަށް ލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ 50 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަހުމަދު ޒާހިދު ނަމަކަށް ކިޔާ އެ މީހާގެ އަތުން 250 ގްރާމްގެ މެފްޑްރޯން ފެނިފައިވާ ކަމަށް އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައިވެ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ މަސްތުވާތަކެތި ފެނިފައިވަނީ އޭނާ ލައިގެން ހުރި ބޮކްސާގެ ތެރެއިން ކަމަށް ފުލުހުންނާއި ކަސްޓަމްސްގެ ލިޔުންތަކުގައިވެ އެވެ. ނަމަވެސް، އެ މައްސަލާގައި ހިމެނޭ އަސްލު މީހާ ހޯދުމަށް ފުލުހުން މަސައްކަތް ނުކުރާ ކަމަށް އެ މީހާ ކޯޓުގައި ބުނެފައިވާ ކަމަށް އެ އަމުރުގައިވެ އެވެ.

އެ މީހާ ހައްޔަރުކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ރާއްޖެ އައިއިރު އެވެ.

މީގެކުރިން ވެސް އެކި މައްސަލަތަކުގައި ހައްޔަރު ކުރުމުގެ ރެކޯޑް އޮތް އެ މީހާ އެ މައްސަލައާ ގުޅިގެން 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.