12 ޑިސެމްބަރ 2016
ތެހެރާން (ޑިސެމްބަރު 12) - ކުރިއަށް އޮތް 10 އަހަރު ތެރޭ އީރާނަށް 80 ޕަސިންޖާ މަތިންދާ ބޯޓު ފޯރުކޮށް ދިނުމަށް އެމެރިކާގެ ބޮއިން ކުންފުންޏާ އެކު އީރާން އެއާ އިން 16.6 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.
ތެހެރާން (ޑިސެމްބަރު 12) - ކުރިއަށް އޮތް 10 އަހަރު ތެރޭ އީރާނަށް 80 ޕަސިންޖާ މަތިންދާ ބޯޓު ފޯރުކޮށް ދިނުމަށް އެމެރިކާގެ ބޮއިން ކުންފުންޏާ އެކު އީރާން އެއާ އިން 16.6 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ގާއިމްކޮށްފި އެވެ.
އީރާނުން އޯޑަރު ދީފައި ވަނީ ބޮއިން 737 މެކްސް 8 ގެ 50 މަތިންދާ ބޯޓަށާއި 777-300 އީއާރުގެ 15 ބޯޓު އަދި 777-9އެސްގެ 15 ބޯޓަށެވެ. މިއީ އީރާނަށް 1979 ވަނަ އަހަރު ގެނައި އިސްލާމީ އިންގިލާބަށް ފަހު އެމެރިކާއާ އެކު ގާއިމްކުރި ވިޔަފާރީގެ އެންމެ ބޮޑު އެއްބަސްވުމެވެ.
ބޮއިން ބުނެފައި ވަނީ މި އެއްބަސްވުން އެމެރިކާ ސަރުކާރުން އެޕްރޫވްކޮށްފައިވާ ކަމަށެވެ. އަދި ފުރަތަމަ ބޯޓު 2018 ވަނަ އަހަރު އީރާނަށް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.
އެމެރިކާ ސަރުކާރުން ސެޕްޓެމްބަރު މަހު ވަނީ ބޮއިން ކުންފުންޏާއި ޔޫރަޕުގެ އެއާބަސް ކުންފުނިން އީރާނާ އެކު ވިޔަފާރި ކުރުމުގެ ހުއްދަ ދީފަ އެވެ. އަދި ބޮއިންއާ އެކު އެއްބަސްވުން ގާއިމްކޮށްފައި މިވަނީ އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުގެ ދަށުން އެ ގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް މިދިޔަ އަހަރު އުވާލާފައި ވަނިކޮށެވެ. ނަމަވެސް ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ވަނީ މި އެއްބަސްވުމަށް ފާޑު ވިދާޅުވެފަ އެވެ. އަދި ކޮންގްރެސްގެ ރިޕަބްލިކަން މެންބަރުން ވަނީ އެއްބަސްވުމަށް ބަދަލު ގެންނަން ބޭނުންވާ ކަމަށް ބުނެފަ އެވެ.
އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ނުވަތަ ކޮންގްރެސްގެ ދަށު ގެއިން މިދިޔަ މަހު ވަނީ ވިޔަފާރި އަށް ބޭނުންކުރާ މަތިންދާ ބޯޓު އީރާނަށް ވިއްކުން މަނާކުރާ ބިލެއް ފާސްކޮށްފި އެވެ. މި ބިލް ތަސްދީގުކޮށްފި ނަމަ މަތިންދާ ބޯޓުތަކުގެ ސޭލްސް އަށް އެމެރިކާގެ ބޭންކުތަކަށް ލައިސަންސް ދިނުން އެމެރިކާގެ ޓްރެޝަރީން ހުއްޓުވާނެ އެވެ.
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު މީހުންނަށް ދައުވާކޮށްފި
އެމެރިކާއިން އެދެނީ އީރާނުން ރައްދު ހަމަލާ ނުދޭން
އެމެރިކާގެ އޮފިޝަލަކު މަރަން އުޅުނު މީހަކަށް ދައުވާ
އެމެރިކާ ވެރިޔަކު މަރަން ރޭވި މީހަކު ހައްޔަރުކޮށްފި
އީރާނުން ޓްރަމްޕް އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެފި
އިޒްރޭލަށް ހަމަލާދިނުމުން އީރާނަށް ފިޔަވަޅު އަޅަނީ
ހަމަލާދިނުމުގެ ކުރިން އެމެރިކާއަށް އެންގިން: އީރާން
އިޒްރޭލަށް ހަމަލާ ދީފާނެ، ކާމިޔާބެއް ނުވާނެ: ބައިޑެން
އެމެރިކާގެ ކޮންމެ ހަމަލާއަކަށް ރައްދު ދޭނަން: އީރާން
އީރާނަށް ހަމަލާ ނުދޭނެ ކަމަކަށް އެމެރިކާއިން ނުބުނި