ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ އުހުގައި ހަރަކާތްތެރިވާ އެއް ކުންފުނި، ޗަމްޕާ ބްރަދާސް އިން ޅ. މަޑިވަރުގައި ހެދި އެއާޕޯޓަށް ޓެސްޓް ފްލައިޓް މިއަދު ޖައްސައިިފި އެވެ.
25 ޑިސެމްބަރ 2021
ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ އުހުގައި ހަރަކާތްތެރިވާ އެއް ކުންފުނި، ޗަމްޕާ ބްރަދާސް އިން ޅ. މަޑިވަރުގައި ހެދި އެއާޕޯޓަށް ޓެސްޓް ފްލައިޓް މިއަދު ޖައްސައިިފި އެވެ.
މިއަދު ހެނދުނު އެ އެއާޕޯޓަށް ދިޔަ ޓެސްޓް ފްލައިޓްގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) އާއި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވެސް ވަޑައިގަތެވެ.
ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުުގައި މަޑިވަރަށް ފުރަތަމަ ފްލައިޓް ޖެއްސި އިރު، އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗަމްޕާ ބްރަދާސްއާ އެކު އެއްބަސްވެ ފެށި މަސައްކަތެވެކެވެ.
މި އެއާޕޯޓު ހަދަން އެއްބަސްވުމުގައި ސަރުކާރުން ޗަމްޕާ ބްރަދާސްއާ އެކު ސޮއިކޮށްފައި ވަނީ މޭ 2018 ގަ އެވެ.
މަޑިވަރު އެއާޕޯޓަށް މިއަދު ހެނދުނު ޖެއްސި ޓެސްޓު ފްލައިޓްގެ ކްރޫންނަށް މަރުހަބާ ކިޔަނީ.---ފޮޓޯ: ޓުވިޓާ
މި އެއާޕޯޓުގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި އެއާކްރާފްޓްތައް ޕާކު ކުރާނެ ސަރަހައްދަކާއި ޒަމާނީ ފެންވަރުގެ ޓާމިނަލެެއް އަޅާނެ އެވެ. ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު ހަދަރު ކޮށްގެން ހެދި މި އެއާޕޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމުގައިވާ ބީޔޫސީޖީންނެވެ.
މަޑިވަރުގެ އެއާޕޯޓާއެކު ސިޓީ ހޮޓަލެއް އެ ރަށުގައި އެޅުމުގެ ފުރުސަތު ޗަމްޕާ ބްރާދާސް އަށް އޮންނާނެ އެވެ. އަދި އައިލެންޑް އޭވިއޭޝަނާއި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ މުވައްޒަފުން ތަމްރީން ކުރާ ތަނެއް ހަދައި ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހޯދައި ދިނުމަށް ވަނީ ނިންމައިފަ އެވެ.
މަޑިވަރަކީ މީގެ ކުރިން ސިފައިން ތަމްރީނުތަކުގައި ބޭނުން ކުރި ރަށެކެވެ. ޅ. އަތޮޅުގައި ހިންނަވަރާއި ނައިފަރާއި ކުރެންދޫ އަދި އޮޅުވެލިފުށީގަައި މީހުން ދިރިއުޅޭ އިރު، މި އެއާޕޯޓާއެކު ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.
މަޑިވަރުގެ އެއާޕޯޓުގެ ޓެސްޓް ފްލައިޓް ޖެއްސި އިރު ދާދި ފަހުން ރާއްޖޭގެ ހަ ސަރަހައްދެއްގައި އެއާޕޯޓު އަޅަން ޕްލޭނިން މިނިސްޓްރީން ވަނީ އިއުލާނު ކޮށްފަ އެވެ.
މަޑިވަރު އެއާޕޯޓް ހުޅުވައިފި، ޓިކެޓެއް 1،029ރ.
މަޑިވަރު އެއާޕޯޓް ހިންގުން މޯލްޑިވިއަން އަށް
އިތުރު ފަސް އެއާޕޯޓަކަށް މިއަހަރު ދަތުރުތައް ފަށާނެ
މި ބަލަނީ ގައުމަށް ކަމެއް ކޮށްދެވޭތޯ: އުއްޗު
އެއާޕޯޓު ހަދަން ހަވާލުކުރަނީ ފައިސާ ހަމަޖެހުނީމަ:ޒަމީރު
މަޑިވަރުގައި އެއާޕޯޓު އަޅަން ހަވާލުކޮށްފި
ޝަކުވާ މުހިންމެއް ނޫން، އެއްބާރުލުން ދިނީމާ ނިމުނީ!
ޗަމްޕާ ބްރަދާސްއިން ފިޒިއޯތެރަޕީ ސާމާނު ހަދިޔާ ކޮށްފި
20 މިލިއަން ޑޮލަރުގެ ސިޓީ ހޮޓަލެއް ފަރެސްމާތޮޑާގައި
ހަ ރޯދައަށް ޗަމްޕާ ބްރަދާސް އިން 25 ޓަނުގެ ކަރާ ހަދިޔާކޮށްފި