ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގްސް އިން ހެދި އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
17 ޖެނުއަރީ 2022
ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގްސް އިން ހެދި އެއާޕޯޓް ހިންގުން އައިލެންޑް އޭވިއޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.
މޯލްޑިވިއަން އެއާލައިން ހިންގާ އައިލެންޑް އޭވިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދެވެ. ކުރެއްދޫ ހޯލްޑިންގްސް އިން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެވެ.
މަޑިވަރު އެއާޕޯޓާ ހަވާލުވުމަށް ފަހު، އައިލެންޑް އެވިއޭޝަނުން މިއަދު ބުނީ، އެ އެއާޕޯޓް ހުޅުވުމުގެ އެންމެ ފަހުގެ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ. އަދި ޝެޑިއުލް ދަތުރުތައް އަންނަ މަހު އެ އެއާޕޯޓަށް ފެށުމަށް ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މަޑިވަރު އެއާޕޯޓުގެ މަސައްކަތް ނިންމައި ޓެސްޓް ފްލައިޓް ޖެއްސީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ.
ކުރެއްދޫ ހޯލްޑިންގްސް އިން 11 މިލިއަން ޑޮލަރު ހަރަދުކުރި މަޑިވަރު އެއާޕޯޓުގެ އަމަލީ މަސައްކަތްކުރީ ޗައިނާގެ ބީޔޫސީޖީންނެވެ.
މަޑިވަރު އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި އެއާކްރާފްޓްތައް ޕާކް ކުރާނެ ސަރަހައްދަކާއި ފަޔާ ބިލްޑިންގެއް އަދި އެއާޕޯޓް ޓާމިނަލެެއް ވަނީ ހަދައިފަ އެވެ. އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި އެކޮމެޑޭޝަން ބްލޮކްގެ މަސައްކަތް ވެސް ނިންމައި، ގްރައުންޑް ހޭންޑްލިން އަށް ބޭނުންވާ ސާމާނު މިހާރު ވަނީ ހަރުކޮށްފަ އެވެ.
އައިލެންޑް އޭވިއޭޝަނުން އަންނަނީ މިހާރު ވެސް ރާއްޖޭގައި ހަތަރު އެއާޕޯޓެއް އޮޕަރޭޓް ކުރަމުންނެވެ. އެއީ ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓާއި ރ. އިފުރާއި ބ. ދަރަވަންދު އާއި ތ. ތިމަރަފުށި އެއާޕޯޓެވެ.
މަޑިވަރު އެއާޕޯޓް ހުޅުވައިފި، ޓިކެޓެއް 1،029ރ.
މަޑިވަރު އެއާޕޯޓް ހުކުރު ދުވަހު ހުޅުވަނީ
މަޑިވަރު އެއާޕޯޓްގެ ވަޒީފާތަކަށް ދިވެހިން ހޯދަނީ
ޗަމްޕާގެ މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި
އެއާބަސް އޭ330 ގައި ކޮޗިން އާއި ޓްރިވަންޑްރަމަށް
ދިވެހި ހައްޖުވެރިންގެ ދަތުރުތައް ގައުމީ އެއާލައިނުން
ޔޫރަޕް މަތިންދާބޯޓު ސާވިސްކުރުމުގެ ހުއްދަ އައިއޭއެސްއަށް
މޯލްޑިވިއަންގެ ދެވަނަ ޑޭޝް-8 ބޯޓު ވިއްކާލަނީ
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
މޯލްޑިވިއަންގެ ޗައިނާ ދަތުރުތަކުގެ ޓިކެޓް ވިއްކަނީ