Roadha Mihaaru
ދިރާގުގެ 2022ގެ ކަލަންޑަރު ޓޫރިޒަމް ރަންޔޫބީލަށް

ދިރާގުގެ އަންނަ އަހަރުގެ ކަލަންޑަރު ޓޫރިޒަމްގެ ރަންޔޫބީލަށް!

30 ޑިސެމްބަރ 2021

ދިރާގުގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލަށް ހާއްސަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގުގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ޓޫރިޒަމްގެ ރަންޔޫބީލަށް ހާއްސަކޮށްފި އެވެ.

ޓޫރިޒަމްގެ ދާއިރާގެ ތަރައްގީގައި ފާހަގަކޮށްލެވޭ 12 ލަނޑުދަނޑިއަކަށް އަލިއަޅުވާލައި ހެދި މި ކަލަންޑަރު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ދިރާގުން މިއަދު ވަނީ ހަދިޔާކޮށްފަ އެވެ.

"ދިރާގަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް. ރާއްޖޭގައި އުފެދުނު އެންމެ ފުރުތަމަ މުއާސަލާތީ ހިދުމަތް ދޭ ކުންފުނީގެ ހައިސިއްޔަތުން ބޭރުދުނިޔެ އާއި ރާއްޖެ ގުޅުވާލުމުގައި މުހިންމު ދައުރެއް ވަނީ އަދާކޮށްފައި،" މައުސޫމް ވިދާޅުވި އެވެ.

ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ އަލީ ރިޔާޒު ވިދާޅުވީ އެ ކުންފުނިން 2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ޓޫރިޒަމަށް ހާއްސަކުރީ ފާއިތުވެދިޔަ 50 ކާމިޔާބު އަހަރުގެ ތަރައްގީ ފާހަގަކޮށް މި ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެންމެންގެ ބުރަ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.