Roadha Mihaaru
"މަމެން" ޑޭޓާ އެޑް-އޮންތަކުގެ ޕްރޮމޯޝަނެއް ފަށައިފި

ދިރާގުން "މަމެން" ޑޭޓާ އެޑް-އޮންތަކުގެ ޕްރޮމޯޝަނެއް ފަށައިފި

28 ޖެނުއަރީ 2021

ދިރާގުން "މަމެން" ޑޭޓާ އެޑް-އޮންތަކުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިރާގުން "މަމެން" ޑޭޓާ އެޑް-އޮންތަކުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން ބުނީ، މާޗު 20އާ ހަމައަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގެ ދަށުން 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ޑޭޓާ އެޑް-އޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލައިލެވޭނެ އެވެ. ޕެކޭޖްތަކުގެ އަދަދު ދައްކާފައި ހުންނާނީ "އާރްބީ" އިންނެވެ. ޕެކޭޖް ގަތުމާ އެކު "އާރްބީ"ގެ ބެލެންސުން އެބައި ކެނޑޭނެ އެވެ.

ހުރިހާ ކަސްޓަމަރުން ވެސް އެޑް-އޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ބެލެންސްގައި ހުރި ވަރެއް ޗެކްކުރުމަށް ދިރާގުން އެދެ އެވެ. އެގޮތުން މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ *142# އަށް ގުޅާލައިގެން އެކައުންޓްގެ ބާކީ ބެލޭނެ އެވެ.

ދިރާގުން ވަނީ ހާއްސަ ޑޭޓާ އެޑް-އޮން ޕެކޭޖްތައްކެއް މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައި ތައާރަފް ކޮށްފަ އެވެ. މި އެޑް-އޮންތައް ކަނޑައަޅާފައި ވަނީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންގެ ބޭނުންތަކަށް ހާއްސަ ކޮށްގެންނެވެ. ކަސްޓަމަރުންނަށް ހަތް ދުވަހާއި 15 ދުވަހާއި 30 ދުވަހުގެ މުއްދަތުގެ އެޑް-އޮން ނެގުމުގެ ފުރުސަތު އޮންނާނެ އެވެ.

ދިރާގުގެ "މަމެން" އަކީ ޒުވާނުންނަށް އަމާޒުކޮށްގެން ތައާރަފުކުރި އެމީހަކު ބޭނުންވާ ގޮތަށް ޑޭޓާ، ވޮއިސް އަދި އެސްއެމްއެސް އަމިއްލައަށް ކަނޑައެޅޭ ގޮތަށް އުފެއްދި ކަސްޓަމައިޒް މޯބައިލް ޕްލޭނެކެވެ. މި މޮބައިލް ޕްލޭން ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުކަމަށް ދިރާގުން ބުންޏެވެ.