Roadha Mihaaru
ދޯނި އަޑިއަށްދަނީއޭ ބުނިފަހުން ޚަބަރުނުވެ 10 ގަޑިއިރު

ދޯނި އަޑިއަށްދަނީއޭ ބުނި ފަހުން ޚަބަރެއް ނުވެ 10 ގަޑިއިރު

04 ޖެނުއަރީ 2022

ފ. އަތޮޅުން ފުރައިގެން މާލެ އަށް ތިން މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ދޯނިން އެންމެ ފަހުން ޚަބަރެއްވީ ރޭ 10 ޖަހަން އުޅެނިކޮށް ކަމަށާއި "އަޑިއަށް ދަނީއޭ" ބުނި ފަހުން ވީ ގޮތެއް ނޭނގޭ ކަމަށް ދޯނި ކައްޕީގެ ފޯން ކޯލް ލިބުނު މީހާ ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ފ. އަތޮޅުން ފުރައިގެން މާލެ އަށް ތިން މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ ދޯނިން އެންމެ ފަހުން ޚަބަރެއްވީ ރޭ 10 ޖަހަން އުޅެނިކޮށް ކަމަށާއި "އަޑިއަށް ދަނީއޭ" ބުނި ފަހުން ވީ ގޮތެއް ނޭނގޭ ކަމަށް ދޯނި ކައްޕީގެ ފޯން ކޯލް ލިބުނު މީހާ ބުނެފި އެވެ.

ވ. ފުއްސަރު ކައިރިން ގެއްލިގެން ކޯސްޓްގާޑުން ހޯދަމުން އަންނަނީ އަލަމާ-5 ކިޔާ 60 ފޫޓުގެ ދޯންޏެކެވެ. އެ ދޯނީގައި ތިބީ ދިވެހި ކައްޕިއަކާއި ބިދޭސީ ދެ ފަޅުވެރިއަކު ތިއްބެވެ. އެމްއެންޑީއެފުން ބުނީ ދޯނި އަޑިއަށްދާ ކަމަށް ރިޕޯޓްކުރުމާ އެކު، އެ ސަރަހައްދާ އެންމެ ކައިރީ އޮތް ސީއެމްބިއުލެންސެއް ބޭނުން ކޮށްގެން ބޮޑު ސަރަހައްދެއް ބަލަމުން އަންނަ ކަމަށެވެ.

ދޯނި އަޑިޔަށް ދާ ކަމަށް ކޯސްޓް ގާޑަށް ރިޕޯޓް ކުރީ އެ ދޯނި ކުއްޔަށް ހިފައިގެން އުޅޭ އަލީ ރަޝީދު ނަމަކަށް ކިޔާ މީހެކެވެ. އަދި ދޯންޏާ ބެހޭ މައުލޫމާތު ވެސް ސިފައިންނަށް ދިނީ އޭނާ އެވެ.

އަލީ ރަޝީދު "މިހާރު" އަށް ބުނި ގޮތުގައި ދޯނީގެ ކައްޕި އާދަމް ޝަފީގްގެ ފޯން ކޯލެއް އޭނާއަށް ލިބުނީ ރޭ 9:58 ގަ އެވެ.

އަދި "ދޯނި އަޑިޔަށް ދަނީ އޭ، ބަޔަކަށް ރިޕޯޓް ކުރާށޭ" ކައްޕި ބުނި ކަމަށާއި ދޯނި އޮތީ ފުއްސަރު ކައިރިން ހަތަރު މޭލު ދުރުގައި ކަމަށް ކައްޕިއާ ހަވާލާދީ އަލީ ރަޝީދު ބުންޏެވެ. އޭގެ ފަހުން ފޯނު ކެނޑި، ކައްޕިއާ ގުޅޭ ގޮތެއް ނުވި އެވެ.

"އެހާ ހިސާބުން ފޯނު ކެނޑުނީ. އޭގެ ފަހުން އެއްވެސް ޚަބަރެއް ނުވޭ. ގުޅޭ ގޮތެއް ނުވޭ. އަޅުގަނޑު ވަގުތުން ސިފައިންނަށް އަންގައިފިން،" ފާނަ ނަގައިގެން މާލެ ގެންދަން ބޭނުންކުރާ އެ ދޯނި ކުއްޔަށް ހިފާފައިވާ އަލީ ރަޝީދު ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ރިޕޯޓް ކުރުމާއެކު، އެ ސަރަހައްދު އެންމެ ކައިރީ އޮތް ކުޑަ ސީ އެމްބިއުލެންސެއް ފޮނުވައި ހޯދުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށެވެ. އޭގެ ފަހުން އެ ސަރަހައްދަށް ބޮޑު ސީ އެމްބިއުލެންސެއް ފޮނުވައި މިހާރު ކަނޑުމަތިން ބޮޑު ބައެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

"މިހާރު ސާފޭސް ވަރަށް ބޮޑު ބައެއް ބަލައިފިން. އިރުކޮޅެއް ތެރޭގައި ޑޯނިއާ ނައްޓާލާނެ. އެ އަށް ފަހު ވައިގެ މަގުން ސާޗް ކުރަން ފަށާނަން،" އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އަލިމަނިކު ވިދާޅުވި އެވެ.

ބޯވަ ނަގަން ފީނ މީހަކު ގެއްލިގެން ވެސް އެމްއެންޑީއެފުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.