އެމްއޭސީއެލް އިން މުވައްޒަފުންނަށް ބޯނަސް ނުދޭތާ ދެ އަހަރުވެއްޖެ އެވެ. އެ ކުންފުނިން އެންމެ ފަހުން ބޯނަސް ދީފައި ވަނީ 2019 ގަ އެވެ.
05 ޖެނުއަރީ 2022
އެމްއޭސީއެލް އިން މުވައްޒަފުންނަށް ބޯނަސް ނުދޭތާ ދެ އަހަރުވެއްޖެ އެވެ. އެ ކުންފުނިން އެންމެ ފަހުން ބޯނަސް ދީފައި ވަނީ 2019 ގަ އެވެ.
އެމްއޭސީއެލް އިން ބުނީ، ކޮވިޑްގެ ހާލަތުގައި ބޯޑަރު ބަންދުކުރުމުގެ ސަބަބުން އެ ކުންފުންޏަށް ބޮޑު ގެއްލުމެއް ލިބުނު ކަމަށެވެ. އެހެން ނަމަވެސް މުވައްޒަފުންގެ މުސާރަ ކުޑަ ނުކޮށް އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމަށް އެތަނުން ބުންޏެވެ. އަދި ބޯނަސް ނުދެވި އޮތީ، ކުންފުންޏަށް ދިމާވި މާލީ ދަތިތަކުގެ ސަބަބުން ކަމަށް ވެސް އެމްއޭސީއެލް އިން ބުނެ އެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް އެންމެ ފަހުން ބޯނަސް ލިބުނު، 2019 ވަނަ އަހަރު ކޮންމެ މުވައްޒަފަކަށް ވެސް 8،000ރ. ލިބިފައިވެ އެވެ. އެމްއޭސީއެލްގައި 3،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
މިދިޔަ އަހަރުގެ ބޯނަސް ދިނުމާ ގުޅޭ ގޮތުން އެމްއޭސީއެލް އިން މިހާތަނަށް އަދި ގޮތެއް ނިންމައިފައެއް ނުވެ އެވެ. ބޯނަސް ދިނުމާ ގުޅޭ ގޮތުން އާންމު ގޮތެއްގައި އެ ކުންފުނީގެ ބޯޑުން ގޮތެއް ނިންމަނީ އަހަރުގެ ދެވަނަ ކުއާޓާ ތެރޭގަ އެވެ.
ވޭތުވެދިޔަ ދެ އަހަރު ބޯނަސް ނުދޭތީ މުވައްޒަފުންގެ ފާޑުކިޔުން ވެސް ކުންފުންޏަށް ވަނީ އަމާޒުވެފަ އެވެ.
ސަރުކާރު ކުންފުނިތަކުން ބޯނަސް ދިނުމާ ގުޅޭ ގޮތުން ހާއްސަ އުސޫލެއް ފިނޭންސް މިނިސްޓްރީން ވެސް ވަނީ އެކުލަވައިލައިފަ އެވެ. އޭގައިވާ ގޮތުން މުވައްޒަފުންނަށް ބޯނަސް ދެވޭނީ ސަރުކާރަށް ޑިވިޑެންޑް ދިނުމަށް ފަހު އެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް 25،000ރ.ގެ ބޯނަސް
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 25،000ރ.
އިއްތިހާދު އެއާވޭސްގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި
ކުރީގެ މެމްބަރު ޖަމީލް އުސްމާން، އެމްއޭސީއެލްގެ ބޯޑަށް
ކިއު މަދުކުރުމަށްޓަކައި ވީއައިއޭގައި އީގޭޓުތައް ހަރުކުރަން ފަށައިފި
އޮސްޓްރިއަން ވެސް ވީއައިއޭގެ ޓާމިނަލް 1 އަށް
ޔޫއެސް-ބަންގްލާ ވެސް ދެން ބޭނުންކުރާނީ ޓާމިނަލް 1
އެއާ އިންޑިއާއިން އާ ޓާމިނަލް ބޭނުންކުރަން ފަށައިފި
ފްލައިދުބާއީ ވެސް ވީއައިއޭގެ އާ ޓާމިނަލަށް
ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފި