ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000ރ. ދޭން އެ ކުންފުނިން ނިންމައިފި އެވެ.
29 ސެޕްޓެމްބަރ 2024
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލްގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000ރ. ދޭން އެ ކުންފުނިން ނިންމައިފި އެވެ.
މިދިޔަ ދެ އަހަރު ވެސް އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް ބޯނަހުގެ ގޮތުގައި 25،000ރ. ދީފައި ވެ އެވެ.
އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފު ވިދާޅުވީ، މިދިޔަ އަހަރުގެ ފައިދާ އިން އެ ކުންފުނީގެ މުވައްޒަފުންނަށް މިއަދު ބޯނަސް ފައިސާ ޖަމާވާނެ ކަމަށެވެ.
ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ވައްދާ ކުންފުނިތަކުގެ ތެރޭގައި ހިމެނޭ އެމްއޭސީއެލްގައި ތިންހާހެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެހެންވެ، ބޯނަހުގެ ގޮތުގައި އެ ކުންފުނިން 75 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.
މިދިޔަ އަހަރު އެމްއޭސީއެލް އަށް ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބިފައި ވެ އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ 20 ޕަސެންޓުގެ ކުރި އެރުމެކެވެ. އެ ކުންފުނީގެ 2022 ވަނަ އަހަރު ފައިދާއަކީ 868 މިލިއަން ރުފިޔާ އެވެ.
އެމްއޭސީއެލް އިން ބޯނަސް ދިން އިރު، އެއީ މިހާރު ކުރިމަތިވެގެން އުޅޭ މާލީ ދަތިތަކާ ގުޅިގެން ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ފެށި ކުންފުންޏެވެ. އެމްއޭސީއެލް އިން 10 ދާއިރާއަކުން 20 ޕަސެންޓާ ހަމައަށް ހަރަދުތައް ކުޑަކުރަން މިދިޔަ ޖޫން މަހު ނިންމައި އެކަން އާންމުކޮށް އިއުލާންކުރި އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ފިޔަވަޅުތައް އެޅުމަށް ޕީސީބީން ވަނީ ދާދި ފަހުން ސާކިއުލާއެއް ނެރެފަ އެވެ. އޭގެ ތެރޭގައި ދަތުރުތަކުގެ ހަރަދުތައް ކުޑަކޮށް މުވައްޒަފުންނަށް ކުރާ ހޭދަވެސް ކުޑަ ކުރުމަށް އަންގާފައިވެ އެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް 25،000ރ.ގެ ބޯނަސް
އެމްއޭސީއެލް އިން ބޯނަސްގެ ގޮތުގައި 25،000ރ.
އެމްއޭސީއެލްގެ ބޯނަސް ނުބަހާތާ ދެ އަހަރު
އިއްތިހާދު އެއާވޭސްގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި
ކުރީގެ މެމްބަރު ޖަމީލް އުސްމާން، އެމްއޭސީއެލްގެ ބޯޑަށް
ކިއު މަދުކުރުމަށްޓަކައި ވީއައިއޭގައި އީގޭޓުތައް ހަރުކުރަން ފަށައިފި
އޮސްޓްރިއަން ވެސް ވީއައިއޭގެ ޓާމިނަލް 1 އަށް
ޔޫއެސް-ބަންގްލާ ވެސް ދެން ބޭނުންކުރާނީ ޓާމިނަލް 1
އެއާ އިންޑިއާއިން އާ ޓާމިނަލް ބޭނުންކުރަން ފަށައިފި
ފްލައިދުބާއީ ވެސް ވީއައިއޭގެ އާ ޓާމިނަލަށް