ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ބަޔަކު ހިމެނޭ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ތުހުމަތުވާ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
07 ޖެނުއަރީ 2022
ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ބަޔަކު ހިމެނޭ ހިއުމަން ޓްރެފިކިންގެ މައްސަލައެއްގައި ތުހުމަތުވާ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ހިއުމަން ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ މާލޭ މީހެއް ކަމަށްވާ މުހައްމަދު ވަހީދު 65، އާއި ސ. ހިތަދޫ މީހެއް ކަމަށްވާ މޫސާ ފަތުހީ 55، އެވެ. މި ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ ބަންދަށް 10 ދުވަސް ދީފަ އެވެ.
އެ މީހުންގެ ބަންދުގެ އަމުރުގައި ކޯޓުން ބުނެފައި ވަނީ މި ދެ މީހުންގެ މައްޗަށް ތުހުމަތުކުރާ ކުށް އެ މީހުން ކުރި ކަމަށް ބެލެވޭ ހެއްކާއި ގަރީނާ ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ހުރި މައުލޫމާތުތަކަށް ބަލާއިރު، ކުށުގެ ޝިކާރައަކަށްވީ މީހާ ދީފައިވާ ބަޔާނާއި އިތުރު ހެކިން ދީފައިވާ ބަޔާންތަކުން ވެސް މި ތުހުމަތަށް ބާރުދޭ ކަމަށް ބުނެފައިވެ އެވެ.
މި މައްސަލައިގައި ހިމެނޭ 65 އަހަރުގެ މީހާ އަކީ އުމުރުން ދުވަސްވީ، ބަލި މީހެއް ކަމަށް ވެސް ދިފާއުން ކޯޓުގައި ބުނި ނަމަވެސް، ކޯޓުން އަމުރު ނެރުނީ އޭނާ ބަންދުކުރުމަށެވެ. އަދި އެދުނީ 10 ދުވަސް ފަހުން އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ދެން އޮންނަ އަޑުއެހުމަށް އޭނާގެ ބަލި ހާލަތާ ގުޅޭ ލިޔެކިޔުންތައް ހުށަޙަޅައިފި ނަމަ ރިއާޔަތްކުރާނެ ކަމަށެވެ.
މި މުސްކުޅި މީހާ ވަނީ މީގެ ކުރިން ވެސް ހިއުމަޓް ޓްރެފިކިންގެ މައްސަލަތަކުގައި ހައްޔަރުކޮށްފަ އެވެ. އަނެއްކާ ވެސް މީގެ މައްސަލައެއްގައި އޭނާ ހައްޔަރުކުރިއިރު، އޭނާގެ ފަރާތުން ޝިކާރައަކަށްވީ މީހާ އަށް އެކި ގޮތްގޮތުން ބިރުދައްކަން އޭނާ މިހާރު ވެސް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހިމެނޭ 55 އަހަރުގެ މީހާގެ ދިފާއުން ކޯޓުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް މި މައްސަލައިގައި ތުހުމަތުވަނީ އޭނާގެ ރަހުމަތްތެރިޔަކު ބުނެގެން ކޮށްދިން ކަމެއް ސަބަބުން ކަމަށެވެ.
ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ މައްސަލަ އިތުރުވެފައިވާއިރު، ރާއްޖެ ހިމެނެނީ ވަޒީފާގެ ނަމުގައި އޮޅުވާލައިގެން މީހުން ގެންނަ ގައުމުތަކުގެ ތެރޭގަ އެވެ. އެހެންވެ ހިއުމަން ޓްރެފިކިންގެ އެންމެ ގޯސް އެއް ގައުމަށް ރާއްޖެ ވަނީ ލޭބަލްވެފަ އެވެ. މިކަމުން އަރައިގަތުމަށް ރާއްޖޭގައި ހިއުމަން ޓްރެފިކިންއާ ދެކޮޅަށް ސަރުކާރުން ވަނީ އެކްޝަން ޕްލޭނެއް އެކުލަވާލައިފަ އެވެ.
ހިއުމަން ޓްރެފިކިން: ދުވަސްވީ މީހާއާ ދެކޮޅަށް ހެކި
ޑްރަގްދީގެން 'ގުޅުން ހިންގާ' މީހާ15 ދުވަހަށް ބަންދު
ރައުދު ކުށަށް އިއުތިރާފްވެއްޖެ
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ރިސޯޓުތަކުން އުކާލާ ތެޔޮ ވިއްކި މީހުންގެ ވިސާއެއް ނެތް
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
ދިގަލި ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ސިނގިރޭޓް ވައްކަމަށް އެހީވި ކަމަށް ތުހުމަތުކޮށްފި
ސިނގިރެޓް ވައްކަމުގެ މީހަކު ޝަރީއަތް ނިމެންދެން ބަންދު
ވަގު ސިނގިރޭޓު މައްސަލަ: މުއާޒު ބަންދަށް 10 ދުވަސް