12 ޖެނުއަރީ 2022
އަންނަ މަހުގެ ފަހެއްގައި ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އެ ދާއިރާ އަށް މާދަމާ ވަޑައިގަންނަވަން ނިންމަވައިފި އެވެ.
އަންނަ މަހުގެ ފަހެއްގައި ބާއްވާ ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ޕީޕީއެމުން ވާދަކުރައްވާ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕެއިންގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އެ ދާއިރާ އަށް މާދަމާ ވަޑައިގަންނަވަން ނިންމަވައިފި އެވެ.
އިދިކޮޅު ލީޑަރު ޔާމީން، ކޮމަންޑޫ ދާއިރާގެ ރަށްތަކަށް ދަތުރުފުޅެއް ފައްޓަވާއިރު، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިނާ ދިމާކޮށް، ކޮމަންޑު އާއި މަތި ކޮމަންޑޫ ގުޅުވުމުގެ މަޝްރޫއު އިފުތިތާހު ކޮށްދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް މާދަމާ ކޮމަންޑު އަށް ވަޑައިގަންނަވާނެ އެވެ.
މިއީ އެމްޑީޕީގެ އިސް ލީޑަރުގެ މަގާމު ވެސް ފުރުއްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މި ކެމްޕެއިނަށް ކޮމަންޑޫ ދާއިރާ އަށް ކުރައްވާ ދެވަނަ ދަތުރުފުޅު ކަމަށް ވާއިރު، މިހާރު ވެސް ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނިވަޑައިގަންނަވާ ވަފުދެއް އެ ދާއިރާގައި އެބަ ހަރަކާތްތެރިވެ އެވެ.
އިދިކޮޅު ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަނަންވާ ފަތުހީއަކީ އެ ޕާޓީން ގަބޫލުކުރާ ގޮތުގައި، ޕީޕީއެމާއި ޕީއެންސީގެ ފިކުރުގެ ތާއީދު ބޮޑު ކޮމަންޑޫ ދާއިރާގެ އެހެން ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯއްދެވޭނެ ބޭފުޅެކެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު، "މިހާރު" އަށް މިއަދު ވިދާޅުވީ ފަތުހީގެ ކެމްޕެއިނަށް ޔާމީން ފުރަތަމަ ވަޑައިގަންނަވާނީ ކޮމަންޑު އަށް ކަމަށެވެ. އޭގެ ފަހުން މަރޮށްޓާއި ފުނަދު އަށް ވެސް ވަޑައިގަންނަވާނެ އެވެ. މިއީ ފަތުހީ އަށް ތާއީދު ހޯދުމަށް ޔާމީން ކޮމަންޑޫ ދާއިރާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
އިދިކޮޅު ކެންޑިޑޭޓަށް ތާއިދު ހޯދުމަށް މިވަގުތު ވެސް ޕީޕީއެމްގެ އަންހެނުންނާއި ޒުވާނުން ހިމެނޭ ޓީމެއް ދާއިރާގެ ތިން ރަށުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ.
މޫސާ ފަތުހީއަށް ތާއީދު ހޯދުމަށް އިދިކޮޅު ލީޑާޝިޕްގެ ބައެއް ބޭފުޅުން ކޮމަންޑޫގައި-- ފޮޓޯ: ޕީޕީއެމް
ހީނާ ވިދާޅުވި ގޮތުގައި ޔާމީނާއެކު، މާލެ އިން ބޮޑު ޓީމެއް ވެސް ދާނެ އެވެ. އޭގެ ތެރޭގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި ޔާމީންގެ ރަނިން މޭޓެއްގެ ގޮތުގައި 2018 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ފަތުހީގެ ކެމްޕެއިން ހަރަކާތުގެ އިތުރުން މި ދަތުރުގައި ފުނަދު އަށް ވަޑައިގެން އެ ރަށުގެ ޕީޕީއެމްގެ ސަޕޯޓަރުން އިންތިޒާމުކުރާ "އިންޑިއާ އައުޓް" ހަރަކާތުގައި ވެސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ހީނާ ވިދާޅުވި އެވެ.
އެމްޑީޕީ އާއި އިދިކޮޅު ޕީއެންސީން ވާދަކޮށް 2019 ގައި އެމްޑީޕީގެ ކެންޑިޑޭޓް ހުސައިން ވަހީދު ގޮނޑި ކާމިޔާބު ކުރެއްވިއިރު މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ވާދަކުރަނީ އެމްއެންޕީންނެވެ. އެ ޕާޓީ ވެސް ގެންދަނީ ކޮމަންޑޫ ދާއިރާގައި ފޯރިގަދަ ކެމްޕެއިނެއް ކުރަމުންނެވެ.
އެމްއެންޕީން މި އިންތިހާބަށް ނެރެފައި ވަނީ ކޮމަންޑު އަށް އުފަން އަބްދުލް ހަންނާން އިދުރީސް އެވެ.
ތިން ޕާޓީން ވެސް ވަރަށް ފޯރީގައި ކޮމަންޑޫ ގޮނޑި ކާމިޔާބުކުރުމަށް ކެމްޕެއިން ކުރަމުން އަންނައިރު އިލެކްޝަންސް ކޮމިޝަނުން އާއްމު ކޮށްފައިވާ ވަގުތީ ލިސްޓުގައިވާ ގޮތުން ފޯކައިދު އާއި މަރޮށި އަދި ކޮމަންޑޫން 3،316 މީހުންނަށް މި ދާއިރާ އަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެ އެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެމްޑީޕީގެ ސީނިއާ މެމްބަރު އަދި ވިޔަފާރިވެރިޔާ ހުސައިން ވަހީދު މިދިޔަ ޑިސެމްބަރު މަހު އަވަހާރަވުމުންނެވެ.
އިންޑިއާގެ ދިފާއުގައި ބިލެއް: ހިޔާލުފާޅުކުރުމަށް ހުރަސް
ޔާމީން ދެން ޖަލަކަށް ނުލެވޭނެ: އަބްދުއްރަހީމް
ހިޔާ ފްލެޓްތަކަށް ވަންނަން ކުރި ހަރަދު ދޭނަން: ޝިޔާމް
ޔާމީން މިިނިވަންކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިިފި
"ތެޔޮ ވިޔަފާރީގެ ވާހަކަ ދައްކަނީ ވަހީދު ދެކެ ބިރުން"
ނަޝީދުގެ ވާހަކަފުޅާ އެކު ޔާމީން ދޫކޮށްލާ: އިދިކޮޅު
އިންތިހާބު ލަސްކުރުމަކީ ސިޔާސީ ކަމަކަށް ވެގެން ނުވާނެ
އިދިކޮޅުގެ ޝަރުތަކީ ޔާމީން މިނިވަންކުރުން
ޕީޕީއެމް/ޕީއެންސީން ބޮޑު މެޖޯރިޓީއެއް ހޯދަންޖެހޭ
ޕީއެންސީއަށް މެންބަރުން އިތުރުކުރާތީ ޔާމީންގެ ނުރުހުން!