އދ. މާންދޫ ކައިރި ފަރަކަށް އިއްޔެ ޑައިވިނަށް ފައިބައި އުޅެނިކޮށް ގެއްލިއްގެން ހޯދަމުން ދިޔަ ޓޫރިސްޓް ކަނޑުއަޑީގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
16 ޖެނުއަރީ 2022
އދ. މާންދޫ ކައިރި ފަރަކަށް އިއްޔެ ޑައިވިނަށް ފައިބައި އުޅެނިކޮށް ގެއްލިއްގެން ހޯދަމުން ދިޔަ ޓޫރިސްޓް ކަނޑުއަޑީގައި މަރުވެފައި އޮއްވައި މިއަދު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެމީ ހާ ހަށިގަނޑު ފެނިފައިވަނީ އޭނާ ގެއްލުނު ފަރާ ވަރަށް ކައިރިން، ކަނޑުގެ 15 މީޓަރު އަޑިން ކޯސްޓް ގާޑްގެ ޑައިވަރުންނަށް ކަމަށެވެ. ހަށިގަނޑު މިހާރު ކަނޑުއަޑިން ނަގާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އުމުރުން 69 އަހަރުގެ އިނގިރޭސިވިލާތުގެ އެ އަންހެން މީހާ ގެއްލުނުކަން އެމްއެންޑީއެފަށް ރިޕޯޓްކުރީ އިއްޔެ މެންދުރު ފަހު އެވެ.
"ގޮމަ" ނަމަކަށް ކިޔާ ދޯންޏެއްގައި އޭނާއާ އެކު އިތުރު ޓޫރިސްޓުންތަކެއް ވެސް އިއްޔެ ޑައިވިނަށް ދިޔަ އެވެ.
ގެއްލުނު މީހާ ހޯދުމަށް އެންއެންޑީއެފުން ވަނީ ކަނޑުގެ ބޮޑު ސަރަހައްދެއް ކަނޑާއި ވައިގެމަގުން ބަލައިފަ އެވެ.
ރާޅާ އަޅަން އުޅުނު ޓޫރިސްޓަކު ގެއްލިއްޖެ
ޑައިވިނަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ނުފެނޭ
ގެއްލުނު ޓޫރިސްޓް ވަގަށްނެގީކަމަށް ބުނެ ބޮޑު ތުހުމަތެއް
ގެއްލުނު ޗައިނާ މީހާ ހޯދާތާ ތިން ދުވަސް
ސްނޯކްލިން އަށް ދިޔަ ދެ ޓޫރިސްޓަކު ގެއްލިއްޖެ
ސްނޯކެލިންއަށް ދިޔަ ޓޫރިސްޓަކު ގެއްލިގެން ހޯދަނީ
ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ނުފެނޭ
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ
"ގެއްލުނު މީހާ ހޯދުން ހުއްޓާލި ކަމަށް ބުނީ އޮޅިގެން"
ބޯޓުން ގެއްލުނުމީހާ ހޯދުން މެދުކަނޑާލައިފި