Roadha Mihaaru
ފަތިސް 04:39
އިރުއަރާ 05:54
މެންދުރު 11:57
އަސްރު 15:18
މަގްރިބް 17:53
ޢިޝާ 19:09
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
ގެއްލުނު ޗައިނާ މީހާ ހޯދާތާ ތިން ދުވަސް

ގެއްލުނު ޗައިނާ މީހާ ހޯދާތާ ތިން ދުވަސް

20 އޯގަސްޓް 2019

އާދީއްތަ ދުވަހު ކ. ކަނޑޫމާ ތިލައަށް ޑައިވިނަށް ފޭބި ފަހުން ގެއްލުނު ޓޫރިސްޓް މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އާދީއްތަ ދުވަހު ކ. ކަނޑޫމާ ތިލައަށް ޑައިވިނަށް ފޭބި ފަހުން ގެއްލުނު ޓޫރިސްޓް މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

"އޮކާ އެމް7 އެސް" ސަފާރީން ޑައިވިނަށް ފައިބައިގެން އުޅެނިކޮށް ގެއްލުނީ ޗައިނާގެ 41 އަހަރުގެ އަންހެނެކެވެ.

އޭނާ ހޯދުމުގެ މަސައްކަތް ސިފައިން އަންނަނީ ޑައިވްކޮށްގެންނާއި ވައިގެ މަގުން ވެސް ކުރަމުންނެވެ.

"އޮޔާއި ވައި ހުރިގޮތަށް ބަލައި، ވަރަށް ބޮޑު ސަރަހައްދަކަށް ޑައިވްކޮށް ބަލައިފިން. މިހާރުވެސް އެމްއެންޑީއެފްގެ ޑައިވަރުންނާއި ކޯސްޓްގާޑުގެ ސިފައިން އެ އަންނަނީ މަސައްކަތް ކުރަމުން،" އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވި އެވެ.

ގެއްލުނު ޓޫރިސްޓް ހޯދުމަށް ސިފައިން ޑައިވް ކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު ޓޫރިސްޓް ހޯދުމަށް ސިފައިން ޑައިވް ކުރަނީ. -- ފޮޓޯ: އެމްއެންޑީއެފް

ގެއްލުނު ޓޫރިސްޓް މީހާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓެކެވެ. އޭނާ ހުރީ ހުދު ކުލައިގެ ފިންސަކަށް އަރައިގެން ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އަޅައިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ސްނޯކްލިން އާއި ޑައިވިނަށް ގޮސް އުޅޭ ޓޫރިސްޓުން ގެއްލި ހިތާމަވެރި ހާދިސާތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.