Roadha Mihaaru
ފީފާ ޑްރީމް ޓީމުގައި މިފަހަރު ހަތަރު ފޯވާޑުން

ފީފާ ޑްރީމް ޓީމުގައި މިފަހަރު ހަތަރު ފޯވާޑުން

18 ޖެނުއަރީ 2022

ޒިޔުރިކް (ޖެނުއަރީ 18) - ފީފާ ޑްރީމް ޓީމު ނުވަތަ ފީފާ ފިފްޕްރޯ ވޯލްޑް 11 ގައި މުޅިން އަލަށް ހަތަރު ފޯވާޑުން ހިމެނިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޒިޔުރިކް (ޖެނުއަރީ 18) - ފީފާ ޑްރީމް ޓީމު ނުވަތަ ފީފާ ފިފްޕްރޯ ވޯލްޑް 11 ގައި މުޅިން އަލަށް ހަތަރު ފޯވާޑުން ހިމެނިއްޖެ އެވެ.

މިއީ 2005 ވަނަ އަހަރު ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިންގެ ޖަމިއްޔާ އާއި ފީފާ ގުޅިގެން ހޮވަން ފެށި ފިރިހެން ޑްރީމް ޓީމުގައި ހަތަރު ފޯވާޑުން ހިމެނުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުޅިން ވެސް ޓީމުގައި ހިމަނާފައި ވަނީ ހަތަރު ޑިފެންޑަރުންނާއި ތިން މިޑްފީލްޑަރުންނާއި ތިން ފޯވާޑުންނެވެ. ނަމަވެސް މިފަހަރު ހިމެނެނީ ތިން ޑިފެންޑަރުންނެވެ.

ރޭ ބޭއްވި "ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސް" ހަފްލާގައި ހޮވި ޑްރީމް ޓީމަށް ނެގީ ނޮމިނޭޓްވި ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކީޕަރެއްގެ އިތުރުން، ތިން ޑިފެންޑަރުންނާއި، ތިން މިޑްފީލްޑަރުން އަދި ތިން ފޯވަޑުންނެވެ. އެންމެ ފަހު ޖާގަ ލިބުނީ، މި 10 ކުޅުންތެރިންގެ އިތުރުން، ކީޕަރުން ފިޔަވައި ދެން އެންމެ ގިނަ ވޯޓު ހޯދި ކުޅުންތެރިޔާ އެވެ.

ޖުމްލަ 69 ގައުމަކުން 18،947 ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިންގެ ވޯޓާ އެކު މިދިޔަ އަހަރުގެ ޑްރީމް ޓީމުގެ ފޯވާޑުންނަކީ ރޮބާޓް ލެވަންޑޯސްކީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީ އަދި އާލިން ބްރައުޓް ހާލަންޑެވެ.

ކަނާތުން ވާތަށް: ޑިބްރޭނާ، ކަންޓޭ، ޖޯޖީނިއޯ

ކަނާތުން ވާތަށް: ޑިބްރޭނާ، ކަންޓޭ، ޖޯޖީނިއޯ

މިއީ ހާލަންޑް ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރެވެ. ރޮނާލްޑޯ އާއި މެސީ 15 ވަނަ ފަހަރަށް ޑްރީމް ޓީމުގައި ހިމެނުނުއިރު މިއީ ލެވަންޑޯސްކީ ޓީމުން ޖާގަ ހޯދި ދެވަނަ ފަހަރެވެ.

ޓީމުގެ މިޑްފީލްޑަރުންނަކީ މެންޗެސްޓާ ސިޓީއަށް ކުޅޭ ބެލްޖިއަމްގެ ކެވިން ޑިބްރޭނާ އާއި ޗެލްސީގެ އެންގޯލޯ ކަންޓޭ އަދި ޖޯޖީނިއޯ އެވެ. މިއީ ޑްރީމް ޓީމަށް ޖޯޖީނިއޯ ނޮމިނޭޓް ވެސް ވި ފުރަތަމަ ފަހަރެވެ. ކަންޓޭ މީގެ ކުރިން 2018 ވަނަ އަހަރުގެ ޑްރީމް ޓީމުގައި ހިމެނުނުއިރު، ޑިބްރޭނާ ވަނީ މިދިޔަ އަހަރުގެ ޓީމުން ވެސް ޖާގަ ހޯދައިފަ އެވެ.

ކަނާތުން ވާތަށް: ޑޮނަރޫމާ (ގޯލްކީޕަރު)، އަލަބާ، ބޮނޫޗީ، ޑިއާޒް

ކަނާތުން ވާތަށް: ޑޮނަރޫމާ (ގޯލްކީޕަރު)، އަލަބާ، ބޮނޫޗީ، ޑިއާޒް

މި ފަހަރުގެ ޓީމުން ޖާގަ ހޯދި ތިން ޑިފެންޑަރުންނަކީ ޑޭވިޑް އަލަބާ އާއި ލިއޮނާޑޯ ބޮނޫޗީ އަދި ރުބެން ޑީއާޒް އެވެ. މިއީ މެންޗެސްޓާ ސިޓީއަށް ކުޅޭ ޕޯޗުގަލްގެ ޑިއާޒް އާއި މި ސީޒަނުގައި ބެޔާން މިއުނިކުން ރެއާލް މެޑްރިޑަށް ބަދުލުވި އޮސްޓްރިއާގެ އަލަބާ ޓީމުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ބޮނޫޗީ ވަނީ 2017 ވަނަ އަހަރުގެ ޓީމުގައި ހިމެނިފަ އެވެ.

ޑްރީމް ޓީމުގެ ގޯލް ކީޕަރަކީ މިދިޔަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް އިޓަލީއަށް ކާމިޔާބު ކޮށްދިނުމުގައި އިސް ދައުރެއް އަދާކުރި ޖިއަންލުއިޖީ ޑޮނަރޫމާ އެވެ.