Roadha Mihaaru

ސިނަމާލެ ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިއާވެއްޖެ

ސިނަމާލެ ބްރިޖުގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން ފަރުވާދެމުން އައި 21 އަހަރުގެ ޒުވާނަކު މިއަދު ނިއާވެއްޖެ އެވެ.

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިއާވެއްޖެ
އިފްރާޒް އަލީ
އިފްރާޒް އަލީ

19 ޖެނުއަރީ 2022

ސިނަމާލެ ބްރިޖުގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވެގެން ފަރުވާދެމުން އައި 21 އަހަރުގެ ޒުވާނަކު މިއަދު ނިއާވެއްޖެ އެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް، ނިއާވެފައި ވަނީ ސ. ހުޅުދޫ، މުހައްމަދު ހައިކަލް އިސްމާއިލެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އޭނާ ނިއާވީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގީ ހުޅުމާލެ އިން މާލެއަށް ބާރު ސްޕީޑުގައި ދުއްވާފައި އަންނަނިކޮށް ސައިކަލް ކޮންޓްރޯލުން ނެއްޓުމުންނެވެ. އޭނާ ވެއްޓި އަނިޔާވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ރޭ އަށެއް ޖަހަން އުޅެނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.