Roadha Mihaaru
ފަތިސް 05:06
އިރުއަރާ 06:20
މެންދުރު 12:24
އަސްރު 15:43
މަގްރިބް 18:21
ޢިޝާ 19:35
ކުއިޒް ބަދިގެ ވާހަކަ ރަން މުތް މީހުން ރެސްޓޯރަންޓް
މަރާ ގުޅިގެން ހައްޔަރުކުރި ޑްރައިވަރު ދޫކޮށްލައިފި

ކުޑަކުއްޖާގެ މަރާ ގުޅިގެން ހައްޔަރުުކުރި ޑްރައިވަރު ދޫކޮށްލައިފި

26 ނޮވެމްބަރ 2019

ހުޅުމާލެ އިން ސިނަމާލޭ ބްރިޖަށް އަރާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި ކުޑަ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި ހައްޔަރުކުރި ބަސް ޑްރައިވަރު ދޫކޮށްލައިފި އެވެ.

ހުޅުމާލެ އިން ސިނަމާލޭ ބްރިޖަށް އަރާ ހިސާބުގައި ހިނގި އެކްސިޑެންޓުގައި ކުޑަ އަންހެން ކުއްޖަކު މަރުވި މައްސަލައިގައި ހައްޔަރުކުރި ބަސް ޑްރައިވަރު ދޫކޮށްލައިފި އެވެ.

މި މަހުގެ 12 ގައި ހިނގި މި އެކްސިޑެންޓުގައި، ދެމައިން ތިބި ސައިކަލެއްގައި ބަހަކުން ޖެހި މަރުވީ ކ. ތުލުސްދޫ ބޮނަސޭރާ، ފާތިމަތު އަންޖުން ޝަފީގު 13، އެވެ.

މި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި ބަސް ޑްރައިވަރު މި ދޫކޮށްލީ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ފަހު އެވެ. ފުލުހުން ބުނީ އޭނާ ދޫކޮށްލި ނަމަވެސް ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ.

މި އެކްސިޑެންޓް ހިނގި ގޮތެއް ފުލުހުން އަދި އާއްމެއް ނުކުރެ އެވެ.

އެކްސިޑެންޓުވި، ބަސް އޮޕަރޭޓް ކުރާ އެމްޓީސީސީން ބުނެފައި ވަނީ އެ އެކްސިޑެންޓު ހިނގިކަން، ބަހުގައި ތިބި އެއްވެސް މީހަކަށް ރޭކާ ވެސް ނުލާ ކަމަށެވެ.

އެކަމަކު އާއިލާގެ ބައެއް މީހުން ބުނެފައި ވަނީ ދެ މައިން ސައިކަލްގައި ގޮސް، ހައިވޭ އަށް އެރިތާ މާ ގިނައިރުތަކެއް ނުވެ ކުރިމަތިން އެމްޓީސީސީގެ ބަހާ ހަމަވި ތަނާ ދެމައިން ދުއްވި ސައިކަލް، ބަހުގައި ޖެހި ވެއްޓުނީ ކަމަށެވެ. އަންޖުމްގެ ބޮލުގައި އޮތް ހެލްމެޓު ވެއްޓި، އޭނާގެ ބޯ ގޮސް ޖެހުނީ ތާރުގަނޑުމަތީގަ އެވެ. ނުރައްކާތެރި އެކްސިޑެންޓުގައި އަންޖުމްގެ މަންމަގެ ހަށިގަނޑަށް ބޮޑު ގެއްލުމެއް ނުވެ ސަލާމަތްވި އެވެ.

މަންޒަރު ދުށް ބައެއް މީހުންނާ ހަވާލާދީ، އަންޖުންގެ އާއިލާގެ ބައެއް މެމްބަރުން ކިޔައިދީފައިވާ ގޮތުގައި އެކްސިޑެންޓުވުމުގައި ބަސް ޑްރައިވަރުގެ އިހުމާލު ވަރަށް ބޮޑެވެ. އެއް ކަމެއްގެ ގޮތުގައި އެކަކު ފާހަގަ ކުރީ އެކްސިޑެންޓުވި އިރު ވެސް ބަސް ދުއްވަން އިން ޑްރައިވަރަށް އެކަން ނޭނގުމެވެ. "ބަސް ދިޔައީ އަންޖުމް ވެއްޓިފައި އޮއްވައި މޫނު މަތިން އަރާފައި ކަމަށް ވަނީ. އަންޖުމްގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ. ފުރޮޅު ބޮލަށް އެރުމުން އެހާ ބޮޑު ވަރުވީ،" އާއިލާގެ މެމްބަރަކު ކިޔައިދިނެވެ.