ޕިކްނިކް ދިއުމަށާއި އިގްތިސާދީ މަސައްކަތްތަކެއް ކުރުމަށް، ޅ. ނައިފަރުގެ އިހުތިސާސްގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ ފަޅުރަށެއް ހިމަނައިދޭން ސަރުކާރުގައި އެދެން ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
22 ޖެނުއަރީ 2022
ޕިކްނިކް ދިއުމަށާއި އިގްތިސާދީ މަސައްކަތްތަކެއް ކުރުމަށް، ޅ. ނައިފަރުގެ އިހުތިސާސްގެ ތެރޭގައި އެ ރަށާ ކައިރީގައި އޮންނަ ފަޅުރަށެއް ހިމަނައިދޭން ސަރުކާރުގައި އެދެން ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
ނައިފަރު ކައުންސިލްގެ ހުރިހާ މެމްބަރުން ސޮއިކުރައްވައި މިދިޔަ ބުދަ ދުވަހު ފާސްކުރި ގަރާރުގައި ވަނީ، އެ ރަށުގެ ދެކުނު ފަރާތުގައި އޮންނަ ވޭވަށް ކިޔާ ފަޅުރަށެއް އިހުތިސާސްގެ ތެރޭގައި ހިމަނަން ސަރުކާރުގައި އެދުމަށް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމަށް ގޮވައިލުމަށެވެ.
މި ގަރާރުގައި ބުނީ، ނައިފަރަކީ އާބާދީ ބޮޑު، ބިމުގެ ދަތިކަން ވެސް އޮތް ރަށަކަށް ވުމުން، އިގްތިސާދީ މަސައްކަތްތައް ކުރަން ދަތިވާ ކަމަށާއި ރައްޔިތުން ހިތްފަސޭހަކޮށްލަން ދާނެ ބީޗެއް ނެތުމުން، ވޭވަށަކީ އެ ރަށުގެ ބަޔަކަށް ހަދައިދޭން ޖެހޭ ކަމަށެވެ. އެ ރަށް ދީފި ނަމަ، ކައުންސިލަށް ދިމާވެފައިވާ އިގްތިސާދީ ދަތިކަން ހައްލުކުރުމަށް އާމްދަނީ ވެސް އިތުރުކުރެވޭނެ ކަމަށް ގަރާރުގައި ވެ އެވެ.
- ނައިފަރާއި އަތޮޅުގެ އެހެން ރަށްތަކުގެ ރައްޔިތުންނަށް ވެސް ޕިކްނިކް ދެވޭނެ ރަށަކަށް ހެދޭނެ.
- ވޭވަށަކީ ބަލަހައްޓާ ރަށަކަށް ނުވެފައި، އެ ރަށް ނެތިގެން ދާތީ، ކައުންސިލާ ހަވާލުކޮށްފި ނަމަ އެ ރަށް ހިމާޔަތް ކުރަން މަސައްކަތް ކުރާނެ.
- އެ ރަށުގައި އިގްތިސާދީ މަސައްކަތްތައް ކުރަން ބިން ދޫކޮށް، ކައުންސިލްގެ އާމްދަނީ އިތުރު ކުރެވޭނެ.
ނައިފަރު ކައުންސިލުން މިފަދަ ގަރާރެއް ފާސްކޮށްފައިވާއިރު، މިދިޔަ އަހަރު ހއ. ފިއްލަދޫގެ މީހުން އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އެ ރަށް ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ދައްޕަރު ހިމަނައިދޭން ސަރުކާރުގައި އެދި އެކަން ކާމިޔާބުކުރި އެވެ.
ދައްޕަރުގައި ރިސޯޓެއް ހަދަން ސަރުކާރުން އެ ރަށް ބަޔަކަށް ދޭން އުޅެނިކޮށް، ފިއްލަދޫގެ ކައުންސިލާއި ރަށުގެ މީހުން އެކަމާ ދެކޮޅު ހަދައި އެދުނީ އެ ރަށް އިގްތިސާދީ ބޭނުމަށް ފިއްލަދު އަށް ދިނުމަށެވެ. އެކަން ނުކޮށްދީގެން ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ.
އިންޑިއާގެ އެއްބަސްވުންތައް ހާމަކޮށް، އުވާލާނެ: ޝިޔާމް
ރައީސް ވަޑައިގަތުމުން ނައިފަރަށް ބޮޑު "އީދެއް"
ތޮއްޑޫ ކައުންސިލުން ޓީއެލްއޭސީއަށް ވެހިކަލް ހަދިޔާކޮށްފި
ޑަބްލިއުޑީސީތަކަށް ރޯދައިނާޔަތް ދޭ އިސްލާހު ހުށަހަޅައިފި
ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ރައީސްގެ އާ ހިޔާލެއް
މާޅޮހު ކައުންސިލުން ބައި މިލިއަނެއްހާ ރުފިޔާ ގެއްލިއްޖެ
ތިނަދުއަށް ސިޓީގެ ދަރަޖަ ދިން މައްސަލަ މަޖިލީހަށް
ކ. މާލެ ކިޔުން ގާނޫނުއަސާސީއާ ހިލާފް: މިނިސްޓަރު
ބިނާވެށި ގާނޫނަށް ކައުންސިލްތަކުގެ ޖަމިއްޔާ ދެކޮޅު
ހިރިމަރަދޫ މީހުން ތުލުސްދޫއަށް ބަދަލުކޮށްދޭން އެދިއްޖެ