Roadha Mihaaru
ޓެކް ދާއިރާގައި މަޝްހޫރު ޑާޑި ނިޔާވެއްޖެ

ރާއްޖޭގެ ޓެކް ދާއިރާގައި މަޝްހޫރު ޑާޑި ކުއްލި ގޮތަކަށް ނިޔާވެއްޖެ

23 ޖެނުއަރީ 2022

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ކުއްލި ގޮތަކަށް މިއަދު މެލޭޝިއާގައި ނިޔާވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ކުއްލި ގޮތަކަށް މިއަދު މެލޭޝިއާގައި ނިޔާވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި، އުމުރުން 38 އަހަރު ޑާޑި ނިޔާވީ ކަސްރަތަށް ނުކުމެ އުޅެނިކޮށެވެ.

މެލޭޝިއާގައި ދިރިއުޅޭ ޑާޑި ނިޔާވިއިރު، އޭނާ ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖެހީ ވެސް މިއަދެވެ.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ޑާޑި): އޭނާ އަކީ އެލައިޑްގެ ކުރީގެ ޖެނެރަލް މެނޭޖަރު.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ޑާޑި): އޭނާ އަކީ އެލައިޑްގެ ކުރީގެ ޖެނެރަލް މެނޭޖަރު.

އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއެމްޑީއޭގެ މިހާރުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު (އެސްޓީއޯ މަނިކު) ދޮށީ ދަރިފުޅު ޑާޑި ނިޔާވިއިރު، އެއީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަނެއް ތައްޔާރުކުރުމަށް ދިވެހި ވެބް ޑިވެލޮޕަރުންތަކެއް ގުޅިގެން އުފެއްދި، މިހާރު ދުނިޔޭގެ މަޝްހޫރުކަން ވަރަށް ބޮޑަށް ލިބިފައިވާ "ލޮޓީފައިލްސް" ގެ ޕްރޮޑަކްޓް އެންމެ އިސް އެއް ފަރާތެވެ.

ރާއްޖޭގެ ސްޓާޓް-އަޕްތަކަށް އެހީވުމަށް އުފައްދާފައިވާ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ސްޕާކް ހަބްގެ ކޯ-ފައުންޑަރަކީ ވެސް ޑާޑި އެވެ.

ރާއްޖޭގައި ބޭނުންކުރި އެންމެ ފުރަތަމަ އާޓިފިޝަލް އިންޓެލިޖެންސް ކަސްޓަމާ އެޖެންޓް، އެލައިޑުގެ "އޭޖެންޓް 1600" ތައާރަފުކުރީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރަކަށް ޑާޑި ހުރި އިރެވެ.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ކ-2) އޭނާގެ ބައެއް ރައްޓެހިންނާ އެކު.

ރާއްޖޭގައި ޓެކްނޮލޮޖީގެ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔަޒީ މުހައްމަދު (ކ-2) އޭނާގެ ބައެއް ރައްޓެހިންނާ އެކު.

ޑާޑިގެ ހުރިހާ ރައްޓެހިން ވެސް އެންމެ ބޮޑަށް ފާހަގަކުރާ އެއް ކަމަކީ އޭނާގެ ހިތްހެޔޮކަމާއި ކުރާ މަސައްކަތަކަށް ދޭ ޝައުގުވެރިކަމުގެ ބޮޑުކަމެވެ. ޑާޑި ނިޔާވުމާ ގުޅިގެން ތައުޒިޔާ ކިޔާ އެންމެން ވެސް ދައްކާ އެއް ވާހަކައަކީ އެއީ އެވެ.