Roadha Mihaaru
ޑާޑިގެ ޖަނާޒާ މެލޭޝިއާގައި މާދަމާ ބާއްވަނީ

ޑާޑިގެ ޖަނާޒާ މެލޭޝިއާގައި މާދަމާ ބާއްވަނީ

25 ޖެނުއަރީ 2022

މެލޭޝިއާގައި ނިޔާވި ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ގެ ޖަނާޒާ މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މެލޭޝިއާގައި ނިޔާވި ރާއްޖޭގެ ޓެކްނޮލޮޖީ ދާއިރާގައި މަޝްހޫރު އަހުމަދު ރިޔާޒީ މުހައްމަދު (ޑާޑި) ގެ ޖަނާޒާ މާދަމާ ބާއްވަން ހަމަޖައްސައިފި އެވެ.

ޓެކްނޮލޮޖީ ދާއިރާގައި މަޝްހޫރު ޑާޑި މިދިޔަ އާދިއްތަ ދުވަހު ނިޔާވީ މެލޭޝިއާގައި ދުވަން ނުކުމެ އުޅެނިކޮށް ކުއްލި ގޮތަކަށެވެ.

އޭނާގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މާދަމާގެ މެންދުރު ނަމާދަށް ފަހު، މެލޭޝިއާގެ ކުއަލަމްޕޫރުގައި ހުންނަ ކެބަންސާން ހޮސްޕިޓަލްގަ އެވެ. އޭނާގެ މޫނު ދެއްކުން މާދަމާ ހެނދުނު 11:30 އިން ފެށިގެން އެތަނުގައި ކުރިއަށް ގެންދާނެ އެވެ.

ޑާޑިއަކީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަން ތައްޔާރުކުރަން ދިވެހި ވެބް ޑިވެލޮޕަރުން ގުޅިގެން އުފެއްދި މަޝްހޫރު "ލޮޓީފައިލްސް" ގެ އެންމެ އިސް އެއް ފަރާތެވެ.

ރާއްޖޭގެ ސްޓާޓް އަޕްތަކަށް އެހީތެރިވާން އުފައްދާފައިވާ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ސްޕާކް ހަބްގެ ކޯ ފައުންޑަރަކީ ވެސް ޑާޑި އެވެ.