އޭއެފްސީން ރާއްޖޭގެ ފުޓްބޯޅައަށް ވެދޭނެ އެހީތަކާ ބެހޭގޮތުން އޭއެފްސީއާ އެކު އެފްއޭއެމްގެ އިސްވެރިން މަޝްވަރާކޮށްފި އެވެ.
16 ޑިސެމްބަރ 2016
އޭއެފްސީން ރާއްޖޭގެ ފުޓްބޯޅައަށް ވެދޭނެ އެހީތަކާ ބެހޭގޮތުން އޭއެފްސީއާ އެކު އެފްއޭއެމްގެ އިސްވެރިން މަޝްވަރާކޮށްފި އެވެ.
މެލޭޝިއާގެ ކުއާލާލަމްޕޫރުގައި ބޭއްވި މި ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒުގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ބައިވެރިވެވަޑައިގެންނެވި އެވެ.
"މިިދިޔަ ދެ އަހަރުގައި އެފްއޭއެމްގައި ވަރަށް ގިނަ ކަންތައްތަކެއް ހިނގައިފި. ދެން އެފަދަ ކަމެއް ތަކުރާރުނުކޮށް ބޭނުންވަނީ ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން. ފުޓްބޯޅަ އަކީ ރާއްޖޭގައި އެންމެ މަގުބޫލު ކުޅިވަރު. ރާއްޖޭގެ ފުޓްބޯޅަ ކުރިއަރުވަން އޭއެފްސީގެ އެހީތެރިކަން ވަރަށް މުހިއްމު،" ބައްސާމް ބައްދަލުވުމުގައި ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އޭއެފްސީން ވަނީ އެ އިދާރާ އިން މެމްބަރު އެސޯސިއޭޝަންތަކަށް ފޯރުކޮށްދޭން ނިންމާފައިވާ އެހީތެރިކަމާއި ހިންގަން ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް ދައްކާލައިފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ޖަވާޒް "މިހާރަ"ށް ވިދާޅުވީ އޭއެފްސީއާ އެކު ބޭއްވި ބައްދަލުވުމުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.
"ވަރަށް ކާމިޔާބު ބައްދަލުވުމެއް. އޭއެފްސީއާ މަޝްވަރާކޮށްގެން ދިވެހި ފުޓްބޯޅަ ކުރިއެރުވޭނެ ގިނަ ގޮތްތަކެއް ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް. އޭއެފްސީ ރައީސްގެ އިސްނެންގެވުމާ އެކު ކުރިއަށްގެންދާ ގިނަ ޕްރޮޖެކްޓްތައް ރާއްޖެ އަށް ލިބޭނެ. އޭގެ ތެރޭގައި ދަނޑުތައް ތަރައްގީ ކުރުން ވެސް ހިމެނޭ،" ޖަވާޒް ވިދާޅުވި އެވެ.
ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް އެފްއޭއެމުން އެކުލަވާލާ ސްޓްރެޓިޖިކް ޕްލޭނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަންނަ އަހަރުގެ ކުރީކޮޅު އޭއެފްސީގެ މެމްބަރު އެސޯސިއޭޝަން ޑިވެލޮޕްމެންޓް ޑިޕާޓްމެންޓުގެ ވަފުދެއް ރާއްޖެ އަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އެފްއޭއެމުން ވަނީ މި މަހު އޮތް ފީފާގެ އެގްޒެކްޓިވް ކޮމިޓީގެ ސަމިޓްގައި ރާއްޖޭގެ ފުޓްބޯޅަ އަށް ހުރި ގޮންޖެހުންތައް ހިއްސާކޮށްފަ އެވެ. އަދި އެ ބައްދަލުވުމުގައި ފީފާއިން ވެސް ވަނީ ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަ އެހީތަކެއް ދޭން އެއްބަސްވެފަ އެވެ.
"ކުޅިވަރުގެ އެންމެ ނުފޫޒު ގަދަ މީހާ"
ބައްސާމް ނަގާ ދިފާއުއަކީ ހުރާފާތެއް: ޝަމީމް
ބައްސާމް ނެންގެވި ފީފާގެ ދިފާއުގެ މައްސަލަ ހައި ކޯޓަށް
އަގީލް ބަންދެއް ނުކުރެވުނު، ބައްސާމް ޝަރީއަތް ކެންސަލް
ޖަލު ހެދުން ނުލުމުން ބައްސާމް ގެނައީ ކުލަ ހެދުމުގައި
ބައްސާމް ދެކޮޅު ހެދީ ޖަލު ހެދުން ލައްވައި ބިޑިއަޅުވާތީ
ބައްސާމް ގޮޅިން ނުކުންނަން ދެކޮޅު ހަދަނީ
ފީފާގެ ހުއްދަނެތި މައްސަލަ ނުބަލަން ބައްސާމްގެ ދިފާއު
ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
ބައްސާމްގެ އަދަބު ބޮޑުވާ ގޮތަށް ދައުވާއަށް އިސްލާހެއް