Roadha Mihaaru
ކެޓްރީނާ އިޝްތިހާރެއް ކުޅެން ރާއްޖޭގައި

ކެޓްރީނާ އިޝްތިހާރެއް ކުޅެން ރާއްޖޭގައި

25 ޖެނުއަރީ 2022

ބޮލީވުޑްގެ ސްޓާރު، ކެޓްރީނާ ކައިފް އިޝްތިހާރެއް ކުޅެން ރާއްޖެ އައިސް ނެގި ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމަށް ލުމުން ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯތަކަށް ހުއްޓިއްޖެ އެވެ.

ބޮލީވުޑްގެ ސްޓާރު، ކެޓްރީނާ ކައިފް އިޝްތިހާރެއް ކުޅެން ރާއްޖެ އައިސް ނެގި ފޮޓޯތަކެއް އޭނާގެ އިންސްޓަގްރާމަށް ލުމުން ގިނަ ބައެއްގެ ސަމާލުކަން އެ ފޮޓޯތަކަށް ހުއްޓިއްޖެ އެވެ.

ބައެއް މީހުނަށް ހީވި ގޮތުގައި މިއީ މިދިޔަ މަހު ކެޓްރީނާ އާއި ވިކީ ކޯޝަލް ހަނީމޫނަށް ރާއްޖެ އައިސް ނެގި ފޮޓޯތަކެކެވެ. އެކަމަކު އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، އިޝްތިހާރެއް ކުޅެން ކެޓްރީނާ މިހާރު ހުރީ ރާއްޖޭގަ އެވެ.

މި ފޮޓޯތަކަކީ އެ ޝޫޓްގެ ތެރެއިން ނެގި ފޮޓޯތަކެއް ކަމަށްވެ އެވެ. އޭގެ ކެޕްޝަންގައި ކެޓްރީނާ ބުނެފައި ވަނީ ރާއްޖެ އަކީ އޭނާގެ "ހެޕީ ޕްލޭސް" ކަމަށެވެ.

މި ފޮޓޯޝޫޓަށް ފަހު، ދެން ކެޓްރީނާ ދާނީ އޭނާ ސަލްމާން ޚާންއާ އެކު ކުޅޭ ފްރެންޗައިޒް ފިލްމު "ޓައިގާ 3" ގެ ޝޫޓިންނަށެވެ.

ކެޓްރީނާ އާއި ވިކީ ކޯޝަލް ކައިވެނިކުރީ މިދިޔަ މަހު ނުވައެއްގަ އެވެ. ކައިވެންޏަށް ފަހު، އެ ދެމަފިރިން ހަނީމޫނަށް އައީ ރާއްޖޭގެ ރިސޯޓަކަށެވެ. ނަމަވެސް، އެއީ ކޮން ރިސޯޓެއް ކަމެއް ނޭނގެ އެވެ. ހަނީމޫނުގެ ފޮޓޯއެއް ވެސް އެމީހުން ސޯޝަލް މީޑިއާ އަށް ނުލަ އެވެ.

އެކަމަކު، ކައިވެންޏަށް ހީނާފަތް އެޅި ދެ އަތުގެ ފޮޓޯއެއް، ރާއްޖޭގެ ގޮނޑުދޮށުގައި ނަގައި ކެޓްރީނާ އިންސްޓަގްރާމް ކުރި އެވެ.