Roadha Mihaaru
ކެޓްރީނާ ފޮޓޯޝޫޓަކަށް ރާއްޖޭގައި

ކެޓްރީނާ ކައިފް ފޮޓޯޝޫޓަކަށް ރާއްޖޭގައި

09 ނޮވެމްބަރ 2020

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް ފޮޓޯޝޫޓަކަށް ރާއްޖެ އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ބޮލީވުޑްގެ ބަތަލާ ކެޓްރީނާ ކެއިފް ފޮޓޯޝޫޓަކަށް ރާއްޖެ އަތުވެއްޖެ އެވެ.

ކެޓްރީނާ އާއި އޭނާގެ ޓީމް ތިބި ރިސޯޓްގައި ނަގާފައިވާ ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާކުރަމުން ކާމިޔާބު ބަތަލާ ބުނެފައި ވަނީ ޝޫޓަކަށް ރާއްޖެ އައުމަކީ ބޮޑު އުފަލެއް ކަމަށެވެ. ނަމަވެސް އެ މީހުން ތިބީ ކޮން ރިސޯޓެއްގައ ކަމެއް ނޭނގެ އެވެ. ކެޓްރީނާ އަކީ ބޮލީވުޑްގެ މަޝްހޫރު ބަތަލާއިންގެ ތެރެއިން ރާއްޖެ އަށް މިހާތަނަށް އެންމެ ގިނައިން ޒިޔާރަތްކުރި އެއް ބަތަލާ ވެސް މެ އެވެ.

އޭނާގެ ފިލްމެއްގެ ލަވައެއްގެ މަންޒަރުތަކެއް ރާއްޖޭގެ ރިސޯޓެއްގައި ޝޫޓް ވެސް ކޮށްފައިވެ އެވެ. އެއީ ސަލްމާން ޚާނާ އެކު ކުޅުނު 2005 ގެ ފިލްމު "މޭނޭ ޕިޔާރު ކިއު ކިޔާ" ގެ "ޔެ ލަޅްކީ" އެވެ.

މިދިޔަ އަހަރު "ބާރަތު" އިން ފެނިގެން ދިޔަ ކެޓްރީނާގެ ކުރިއަށް އޮތް ފިލްމަކީ އަކްޝޭ ކުމާރާ އެކު ކުޅެފައިވާ "ސޫރިޔަވަންޝީ" އެވެ. އަދި އަންނަ މަހުގެ ތެރޭގައި އިޝާން ޚައްތަރާއި ސިދާންތު ޗަތުރަވެދީއާ އެކު ކުޅޭ ހޮރޯ-ކޮމެޑީ "ފޯން ބޫތު" ގެ ޝޫޓިން ކެޓްރީނާ ފަށާނެ އެވެ. އެއަށް ފަހު އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްފައިވާ ސުޕަހީރޯ ފިލްމުގެ ޝޫޓިން އަށް ރީތި ބަތަލާ ހުސްވާނެ އެވެ.