ވެލެންސިއާ އަށް ލިބުނު ކޯނަރު، އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ވަރަށް އަވަސް އަވަހަށް ގޯލް ދަނޑި ކައިރި އަށް ނަގައިދިނެވެ. ރ. އަލިފުށީގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗުގައި ވެލެންސިއާ އަށް ލީޑު ނަގައިދިން ލަނޑު ޖެހީ މެޗުގެ ތިން ވަނަ މިނެޓްގައި ބިޗަޑް ނެގި އެ ކޯނަރުންނެވެ.
26 ޖެނުއަރީ 2022
ވެލެންސިއާ އަށް ލިބުނު ކޯނަރު، އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) ވަރަށް އަވަސް އަވަހަށް ގޯލް ދަނޑި ކައިރި އަށް ނަގައިދިނެވެ. ރ. އަލިފުށީގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗުގައި ވެލެންސިއާ އަށް ލީޑު ނަގައިދިން ލަނޑު ޖެހީ މެޗުގެ ތިން ވަނަ މިނެޓްގައި ބިޗަޑް ނެގި އެ ކޯނަރުންނެވެ.
ބިޗަޑް ކޯނަރު ނަގަން ބޯޅަ ކުރިމަތީގައި ހުއްޓުނު އިރު އޭނާ އަށް ފެނުނީ މާޒިޔާގެ ކުޅުންތެރިން ރަނގަޅަށް ތައްޔާރު ނުވެ ތިބި މަންޒަރެވެ. މާޒިޔާގެ އޭރިއާގެ ތެރޭގައި ތިބި ވެލެންސިއާގެ ކުޅުންތެރިން ވެސް ތިބީ އެހާ ރަނގަޅަށް ތައްޔާރު ވެގެނެއް ނޫނެވެ. އެކަމަކު އޭނާ ވަނީ ވަރަށް އަވަސް އަވަހަށް ކޯނަރު ނަގައިފަ އެވެ.
"ބޯހަސް (މާޓިން) އޭރިއާ ތެރެއަށް ވަންނަމުން އަޅުގަނޑަށް އިޝާރާތްކޮށްލި ތިމަންނަ މި ވަންނަނީއޭ. ތިމަންނަ އަށް ނަގައިދޭށޭ. ދެން އަޅުގަނޑަށް ވެސް ފެނުނު މާޒިޔާގެ ގޯލްގެ ނިއާ ޕޯސްޓް ހުސްކޮށް އޮތްތަން. އެ ބޯޅަ ނެގީމަ މާޒިޔާގެ ކުޅުންތެރިޔެއްގެ ފައިގައި ޖެހިފައި ގޯލް ތެރެއަށް ވަނީ،" ވެލެންސިއާގެ ފުރަތަމަ ގޯލް ޖަހަން ފުރުސަތު ފަހިވި ގޮތް ބިޗަޑް ކިޔައި ދިނެވެ.
އޭނާ ބުނި ގޮތުގައި މެޗަށް ނުކުތް އިރު ވެސް އޭނާ އުޅުނީ ބަލިވެ އެވެ. އޭގެ ކުރީ ދުވަހު ގައިގައި ރިއްސައި ރޯގާ ވެސް ޖެހުނެވެ. މެޗަށް އެރީ ވެސް ބޭސް ކައިގެންނެވެ. އޭނާ ބުނިގޮތުގައި މެޗުގެ ތެރޭގައި ވެސް ކޮންމެ ވެސް ވަރަކަށް ހުމުގެ އަސަރު ހުއްޓެވެ. ދެވަނަ ހާފުގައި އަކުނިވަޔަށް ދަމާތީ ވެސް އުޅުނެވެ.
ރ. އަލިފުށީގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފައިނަލް ތެރެއިން ބިޗަޑް (ކ) ބޯޅަ ހޯދަން މަސައްކަތް ކުރަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
"ދެވަނަ ހާފް ނިމެން އުޅެނިކޮށް އަޅުގަނޑު ބުނިން ކޯޗް (އިސްމާއީލް އާސިފް، ހީނާ) ކައިރީ ބަދަލު ކޮށްދޭށޭ. އަކުނިވަޔަށް ދަމަނީއޭ. ކޯޗު ބުނި ހިތްވަރު ކުރާށޭ. ވާނެޔޭ. ކޮންޓްިނިއު ކުރާށޭ. ހިތްވަރުގައި މިކަން ނިންމާލަން ހިނގާށޭ،" ހީނާގެ ކޯޗު ކަމުގެ ދަށުން 2019-2020 ގެ ސީޒަންގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ވެސް ވެލެންސިއާ އަށް ހޯދައިދިނުމުގައި ހިއްސާވި ބިޗަޑް ކިޔައި ދިނެވެ.
"ޓީމު ކުޅުނީ ވެސް ޑިފެންސިވް ކައުންޓަ އެޓޭކު ގޭމެއް. އޭގެ ސަބަބުން ވެސް ވަރަށް ބޮޑަށް ބުންވަރު އަވަހަށް ދާނެ. އެކަމަކު ދެވަނަ ލަނޑު ޖެހުނު ހިސާބުން ބަލިކޮށް އުޅޭ ކަމުގެ އެއްވެސް އިހްސާސެއް ނުކުރެވޭ. މެޗު އެހާ ދިގުދެމިގެން ދިޔައިރު ވެސް ފަހުން ވަރަށް ވަރުގަދަ ކިކެއް (ފޯރިއެއް) އައިސްފައި ހުރީ ލީޑްގައި އޮތީމަ. އަނެއްކާ ދެވަނަ އެކްސްޓްރާ ޓާއިމްގައި އިތުރު ފުރުސަތުތައް ވެސް ހޯދުނު."
ނިއު ރޭޑިއަންޓުން 2012 ގައި ފުރަތަމަ ޑިވިޝަންގައި ކުޅެން ފެށި ބިޗަޑް ގަބޫލުކުރާ ގޮތުގައި އޭނާގެ ކެރިއާގައި އެންމެ މޮޅަށް ކުޅެވުނީ 2017 ގައި ނިއުގެ އޭރުގެ ކޯޗު އޮސްކާ ބުރުޒޯން ބަރޭރަސްގެ ކޯޗު ކަމުގެ ދަށުންނެވެ. މިއީ ވެލެންސިއާއާ އެކު ފުރަތަމަ ޑިވިޝަންގައި ބިޗަޑް ހޭދަ ކުރާ ދެވަނަ ސީޒަނެވެ. މިހާރު ދައްކަމުންދާ ކުޅުމާ އެކު އޭރު ނިއު ރޭޑިއަންޓްގައި ދެއްކި ކުޅުން އަލުން ދެއްކި ދާނެ ކަމުގެ އުންމީދު އޭނާ އަށް އެބައޮތެވެ.
ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު ސެންޓޭ އާއި ބިޗަޑް --މިހާރު ފޮޓޯ: ނިޝާން އަލީ
"އޭރު ނިއުގައި އެ ދެއްކި ކުޅުން އަލުން ރިކަވާ ކުރެވޭތޯ މަސައްކަތް މިކުރަނީ،" އޮސްކާގެ ކޯޗް ކަމުގެ ދަށުން ރާއްޖޭގައި ކުޅޭ ހުރިހާ މުބާރާތެއްގެ ތަށި ނިއު އަށް ހޯދައިދިނުމުގައި ހިއްސާވި ބިޗަޑް ބުންޏެވެ.
އޭނާ ބުނިގޮތުގައި ކުޑަ ހީނާގެ ބެލުމުގެ ދަށުން ޓްރޭން ކުރަން ފުރުސަތު ލިބުމަކީ އަލުން ކުރީގެ ކުޅުން ދެއްކޭނެ ކަމުގެ އުންމީދެއް ލިބުނު ކަމެކެވެ.
"އަޅުގަނޑު މަސައްކަތް ކުރިން މޯހަން (މުހައްމަދު ޝިޔާޒު) އާ އެކު ވެސް. މޯހަން އަކީ ވެސް ވަރަށް މޮޅު ކޯޗެއް. ދެން މިހާރު ހީނާއާ އެކު މަސައްކަތް ކުރާތީ ވަރަށް ފާހަގަ ކުރެވޭ ކަމެއް، އޭނާގެ ޓްރޭނިންތައް ވަރަށް މޮޅުކަން،" އދ. މަހިބަދޫ އަށް އުފަން ބިޗަޑް ބުންޏެވެ.
"އިމްޕްރޫވް ވާން ދިމާވީ ވެސް ހީނާގެ ޓްރޭނިންތައް ރަނގަޅުވީމައި ހަގީގަތުގައި. އަޅުގަނޑު ވަރަށް ކުޅެން ބޭނުންވާ ގޮތަކަށް ކޯޗް (ހީނާ) ބޯޅަ ކުޅުވަނީ. އަޅުގަނޑު ބުނާނީ ވަރަށް ރަނގަޅަށް ކޮންމެ ކުޅުންތެރިޔެއް އެނގިގެންނޭ އެ ކުޅުންތެރިޔަކަށް ފަހިވާ ގޮތަށް ކުޅުވަނީ. ބައެއް ފަހަރު ޓެކްޓިކް ގެންގުޅޭ ގޮތުން ވެސް ކުޅެން ފަސޭހަ ވީމަ އިމްޕްރޫވްވާތަން ފެންނާނެ."
އިނާމު ފައިސާ ދިނީ މާޒިޔާ އަށް އެކަނި: ވެލެންސިއާ
އީގަލްސްއާ އެއްވަރުވިޔަސް ވެލެންސިއާ އެއްވަނަ އަށް
ވެލެންސިއާ މޮޅުވިޔަސް މިފަހަރު އެއްވަނައަކަށް ނޭރުނު
ގްރާންޑޭ އަތުން ވެލެންސިއާ އަށް އުނދަގޫ މޮޅެއް
ވެޓަރަންސް މެޗުގައި ލެޖެންޑް ޝާހްއަށް ބޮޑު އަނިޔާއެއް
އައިދު: ޓޮމް، އަސަދުﷲ ގެ "މިކްސް" ސްޓްރައިކަރެއް!
ވެލެންސިއާއާ ދެކޮޅަށް ހަސަން ކުރި ދައުވާ ނާކާމިޔާބު
ވެލެންސިއާއަށް 16އަހަރުންދަށް 14އަހަރުންދަށް ޓީސީއަށް
ކުޅިވަރުގައި ދޮނާގެ ނަން އޮތީ ރަނުން
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ