Roadha Mihaaru
ގްރާންޑޭ އަތުން ވެލެންސިއާ އަށް އުނދަގޫ މޮޅެއް

ގްރާންޑޭ އަތުން ވެލެންސިއާ އަށް އުނދަގޫ މޮޅެއް

29 ޑިސެމްބަރ 2021

ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 1-0 އިން ކްލަބް ވެލެންސިއާ އުނދަގުލުން މޮޅުވެއްޖެ އެވެ.

ޕްރެޒިޑެންޓްސް ކަޕްގައި މިއަދު ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން 1-0 އިން ކްލަބް ވެލެންސިއާ އުނދަގުލުން މޮޅުވެއްޖެ އެވެ.

މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ ފަހުކޮޅާ ހަމައަށް ދިޔައިރު ވެސް ލަނޑެއް ނުޖެހުމުން ވެލެންސިއާގެ ކުޅުންތެރިންގެ މޫނުމަތިން މާޔޫސްކަން ފެނުނެވެ. އެ ޓީމުގެ ލަނޑު 79 ވަނަ މިނެޓްގައި ޖެހީ އަލީ ފާސިރު (ސެންޓޭ) އެވެ.

މެޗުގެ 37 ވަނަ މިނެޓްގައި ވެލެންސިއާގެ ބޮރްހާސް މާޓިން އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަގައިދިން ހުރަހެއް ގޯލް ދަނޑި ކައިރީގައިހުރެފައި ފޮނުވާލަން އުޅުނަސް ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ވެލެންސިއާއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ކައުންޓަ އެޓޭކް ފުރުސަތުތަކުގައި ކުރިއަށް ޖެހި ގްރާންޑޭއިން ވަނީ ނުރައްކާތެރި ބައެއް ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ. އެންމެ ރަނގަޅު ފުރުސަތެއް އެ ޓީމުން އުފެއްދީ މެޗުގެ 51 ވަނަ މިނެޓްގަ އެވެ.

ވެލެންސިއާ އަށް ލަނޑު ޖަހައިދިން ސެންޓޭ (ކ) އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ވެލެންސިއާ އަށް ލަނޑު ޖަހައިދިން ސެންޓޭ (ކ) އުފާފާޅު ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ ޓީމުން އުފެއްދި ކައުންޓަ އެޓޭކް ފުރުސަތުގައި އަހްމަދު އަބްދުސައްތާރު، އޭރިއާ ތެރެއަށް ހުހަށް ވަދެ ފޮނުވާލި ބޯޅައިގައި މާބޮޑު ބާރެއް ނެތެވެ. ކީޕަރު ފައިސަލް ވަނީ ވެއްޓިގެންފައި އެ ބޯޅަ ސަލާމަތްކޮށްފަ އެވެ.

މެޗުގެ 70 ވަނަ މިނެޓްގައި ވެލެންސިއާ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެ ޓީމުން ފޮނުވާލި ހަމަލާއެއް ހުރަސް ދަނޑި އަށް އަމާޒުވި އެވެ. އަލުން އެ ބޯޅަ ރީބައުންސްވުމުން ވެސް ފޮނުވާލި އެވެ. ނަމަވެސް އެ ފަހަރު ގްރާންޑެގެ ކުޅުންތެރިން ކޯނަރަށް ބޭރުކޮށްލީ އެވެ. މެޗުގެ 75 ވަނަ މިނެޓްގައި ގްރާންޑޭގެ އިސްމާއީލް މަފާޒް އިބްރާހިމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ކައުންޓަ އެޓޭކްގައި އުފެއްދި ހަމަލާގައި އޭރިއާގެ އަރިމަތިން ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅަ ކީޕަރު ފައިސަލަށް ދިފާއުކުރަން އުނދަގޫވި އެވެ.

މެޗުން މޮޅުވުމުން ވެލެންސިއާ އަށް ވަނީ، ނުވަ ޕޮއިންޓް ލިބިފަ އެވެ. އަދި އެ ޓީމު އަންނަނީ އެއް ވަނައިގައި ހިފަހައްޓަމުންނެވެ.