Roadha Mihaaru
ގައުމީ ފިލްމް އެވޯޑުގެ ނޮމިނޭޝަންތައް އިއުލާންކޮށްފި

ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގެ ނޮމިނޭޝަންތައް އިއުލާންކޮށްފި

16 ޑިސެމްބަރ 2016

މި މަހުގެ 21 ގައި ބާއްވާ ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގެ ނޮމިނޭޝަންތައް މިރޭ އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ 21 ގައި ބާއްވާ ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސްގެ ނޮމިނޭޝަންތައް މިރޭ އިއުލާންކޮށްފި އެވެ.

އެވޯޑަށް ވާދަ ކުރާ ފީޗާ ފިލްމުތަކުގެ ޕޮޕިއުލާ ކެޓަގަރީގެ ނޮމިނޭޝަންތައް އިއުލާން ކުރީ އެކަމަށްޓަކައި ދިވެހި ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ހަފުލާއެއްގަ އެވެ.

ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް މި ފަހަރު ބާއްވަނީ 2011-2013 އަށް ރިލީޒްވި ފިލްމްތަކަށް ހާއްސަކޮށްގެންނެވެ. އެގޮތުން އެވޯޑަށް 11 ފީޗާ ފިލްމާއި ކުރު ހަ ފިލްމް ވާދަ ކުރެ އެވެ.

އެންމެ މޮޅު ފިލްމް

* އިނގިލި

* ލޫދިފާ

* ލަވް ސްޓޯރީ

* ސަޒާ

* ފަތިސްހަނދުވަރުގެ ފެށުން 3ޑީ

އެންމެ މޮޅު ޑައިރެކްޓަރު

* މޫމިން ފުއާދު (ލޫދިފާ)

* އަބްދުލް ފައްތާހް (ލަވް ސްޓޯރީ)

* ހުސައިން މުނައްވަރު (ސަޒާ)

* ރަވީ ފާރޫގް (އިނގިލި)

* އަލީ ޝިފާއު (ފަތިސްހަނދުވަރުގެ ފެށުން)

އެންމެ މޮޅު އެކްޓަރު

* އިސްމާއީލް ރަޝީދު (އިނގިލި)

* އަހުމަދު ސައީދު (އިންސާފު)

* އިސްމާއީލް ރަޝީދު (ލޫދިފާ)

* ޔޫސުފް ޝަފީއު (ފަތިސްހަނދުވަރުގެ ފެށުން)

* ލުފްޝާން ޝަކީބް (ސަޒާ)

އެންމެ މޮޅު ބަތަލާ

* ނިއުމާ މުހައްމަދު (ސަޒާ)

* ނިއުމާ މުހައްމަދު (މި ހަށިން ފުރާނަދަންދެން)

* މަރިޔަމް އަފީފާ (ލޫދިފާ)

* އާމިރާ އިސްމާއީލް (ލަވް ސްޓޯރީ)

* ފާތުމަތު ފަރީލާ (ފަތިސްހަނދުވަރުގެ ފެށުން)

އެންމެ މޮޅު ސަޕޯޓިން އެކްޓަރު

* އަބްދުﷲ މުއާޒް (އިނގިލި)

* ރަވީ ފާރޫގް (ލޫދިފާ)

* ހަސަން މަނިކު (މި ހަށިން ފުރާނަދަންދެން)

* އިސްމާއީލް ރަޝީދު (ސަޒާ)

* އަހުމަދު ނިމާލް (މި ހަށިން ފުރާނަ ދަންދެން)

އެންމެ މޮޅު ސަޕޯޓިން އެކްޓްރެސް

* ހަދީޖާ އިބްރާހީމްދީދީ (ލޫދިފާ)

* އައިޝަތު ރިޝްމީ (ހިތް ޔާރާ ދީފާ)

* އައިޝަތު ރިޝްމީ (ލަވް ސްޓޯރީ)

* ފާތިމަތު އާޒިފާ (ލޫދިފާ)

* ޝީލާ ނަޖީބް (ޒަހަރު)

އެންމެ މޮޅު ސްކްރީންޕްލޭ

* މަހުދީ އަހުމަދު (އިނގިލި)

* މަހުދީ އަހުމަދު (ސަޒާ)

* މޫމިން ފުއާދު (ލޫދިފާ)

* ބިންމާ އިބްރާހީމް ވަހީދު (ފަތިސްހަނދުވަރުގެ ފެށުން)

އެންމެ މޮޅު ކެމެރާމަން

* ހުސައިން މުނައްވަރު (އިނގިލި)

* ހުސައިން މުނައްވަރު (ލޫދިފާ)

* ހުސައިން މުނައްވަރު (ސަޒާ)

* އިބްރާހީމް ވިސާން (ލަވް ސްޓޯރީ)

* އިބްރާހީމް ވިސާން (ފަތިސް ހަނދުވަރުގެ ފެށުން)

އެންމެ މޮޅު އެޑިޓިން

* ރަވީ ފާރޫގް (އިނގިލި)

* އަހުމަދު އާސިމް (ލޫދިފާ)

* މުހައްމަދު އަކްޝަމް/އަބްދުލް ފައްތާހް (ލަވް ސްޓޯރީ)

* އަލީ މުސްތޮފާ (ސަޒާ)

* އަލީ ޝިފާއު (ފަތިސްހަނދުވަރުގެ ފެށުން)

އެންމެ މޮޅު ބެކްގްރައުންޑް ސްކޯ

* މުހައްމަދު އިކްރާމް (ލޫދިފާ)

* މުހައްމަދު އިކްރާމް (ސަޒާ)

* މުހައްމަދު އިކްރާމް (ހިތް ޔާރާ ދީފާ)

* އިބްރާހީމް ނިފާރު (ދިލަކަނި)

* މުހައްމަދު ފުއާދު (ފަތިސްހަނދުވަރުގެ ފެށުން)

އޮރިޖިނަލް ސޮންގް

* މުހައްމަދު ފުއާދު (ލޫދިފާ)

* އިބްރާހީމް ނިފާރު (ލަވް ސްޓޯރީ)

* މުހައްމަދު އަބްދުލް ޢަނީ (މި ހަށިން ފުރާނަދަންދެން)

* މޫސާ ސަމާއު (މި ހަށިން ފުރާނަދަންދެން)

* އަބްދުލް ހަންނާން (ކުށްވެރިޔަކީ ކާކުހޭ؟)

* ޝިފާ ތައުފީގް (ފަތިސް ހަނދުވަރުގެ ފެށުން)

އެންމެ މޮޅު ފިރިހެން ލަވަ ކިޔުންތެރިޔާ

* މޫސާ ސަމާއު (މި ހަށިން ފުރާނަދަންދެން)

* އަބްދުލް ހަންނާން (ކުށްވެރިޔަކީ ކާކުހޭ؟)

* މުހައްމަދު އަބްދުލް ޢަނީ (މި ހަށިން ފުރާނަދަންދެން)

* މުހައްމަދު އަބްދުލް ޢަނީ (މި ހަށިން ފުރާނަދަންދެން)

* އިބްރާހީމް ޒާހިދު (ހިތް ޔާރާ ދީފާ)

އެންމެ މޮޅު އަންހެން ލަވަ ކިޔުންތެރިޔާ

* މާއިން ރަޝީދު (މި ހަށިން ފުރާނަ ދަންދެން)

* މަރިޔަމް އަޝްފާ (ހިތް ޔާރާ ދީފާ)

* ރާފިޔަތު ރަމީޒާ (ހިތް ޔާރާ ދީފާ)

* ޝިފާ ތައުފީގް (ފަތިސް ހަނދުވަރުގެ ފެށުން)

* ޝިފާ ތައުފީގް (ފަތިސް ހަނދުވަރުގެ ފެށުން)

ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް އަށް ހުށަހެޅި ފިލްމްތައް ޖަޖްކޮށްފައި ވަނީ ފަސް މެމްބަރުން ހިމެނޭ ޖަޖިން ޕެނަލަކުންނެވެ.

އެ ޕެނެލްގައި ހިމެނެނީ ސްކްރީން ރައިޓަރު އަހުމަދު ޒަރީރާއި، ޑައިރެކްޓަރު މުހައްމަދު ޝަރީފް (ބާރު ޝަރީފު)، ކެމެރާމަން ހުސައިން އިމްތިޔާޒު، ޑރ. އަޝްރަފް އަބްދުއްރަހީމް އަދި މިއުޒިކް ދާއިރާ އިން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަލި މަނިކެވެ.

ހަތް ވަނަ ގައުމީ ފިލްމް އެވޯޑްސް މި ފަހަރު ބާއްވަނީ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އާއި ދައުލަތުގެ މީޑިއާ ޕީއެސްއެމް ގުޅިގެންނެވެ.

އެވޯޑް ހަފުލާ އޮންނާނީ މިމަހު 21 ވަނަ ދުވަހުގެ ރޭ ދަރުބާރު ގޭގަ އެވެ.