ފަސް ދާއިރާއަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެ އެއްބަސްވުންތަކުގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކުރަން ނިންމައިފި އެވެ.
29 ޖެނުއަރީ 2022
ފަސް ދާއިރާއަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިިނުމުގެ އެއްބަސްވުންތަކުގައި ރާއްޖެ އާއި ތުރުކީއާ ދެމެދު ސޮއިކުރަން ނިންމައިފި އެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ފޮރިން މިނިސްޓަރު މެވްލުތު ޗަވްޝޯލް އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ. މިއީ ތުރުކީއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރި ފަހުން ވޭތުވެދިޔަ 42 އަހަރުގެ ތެރޭގައި ތުރުކީގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނީ މާދަމާ ދެ ގައުމުގެ ދެމެދުގައި ރަސްމީ މަޝްވަރާތައް ބޭއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ތުރުކީގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވާނެ ކަމަށެވެ. އަދި ފަސް ދާއިރާއަކުން އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އެއީ ވިޔަފާރީގެ ދާއިރާ އާއި ސަގާފަތާއި ތަރިކައިގެ ދާއިރާ އާއި ތިމާވެށީގެ ދާއިރާގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ އަދި ފޮރިން ސާވިސް ކުރިއަރުވަން އެހީތެރިކަން ދިނުމާ ބެހޭ އެއްބަސްވުންތައް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެ ވަޑައިގަތްއިރު، ދާދި ފަހުން ޗައިނާގެ ފޮރިން މިނިސްޓަރު ވެސް ރާއްޖެ ވަޑައިގަތެވެ. އެ ދަތުރުގައި ޗައިނާއިން ވަނީ ރާއްޖެއަށް ބިލިއަނެއްހާ ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމުގެ އިތުރުން އިތުރު ގިނަ މަޝްރޫއުތަކެއް ހިލޭ އެހީގައި ކުރިއަށް ގެންދަން އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި
ތުރުކީގެ ސަފީރަކަށް ކުރީގެ ޗީފް އަބްދުއްރަހީމް
މުހިއްމު ދެ އެއްބަސްވުމެއްގައި ގާނާއާއެކު ސޮއިކޮށްފި
ޝާހިދު، ލަންކާގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކޮށްފި
ދިވެހިން ތުރުކީއަށް ދާން ވިސާ ނަގަން ނުޖެހޭގޮތް ހަދަނީ
އިންޑިއާއަށް ކޮންމެ ވަގުތަކު ވެސް ބަރޯސާވެވޭނެ: ޝާހިދު
ރާއްޖެ-ޗައިނާގެ ގުޅުމަކީ މިސާލެއް: ސަފީރު
ފޮރިން ސާވިސް ބިލް: ނުފޫޒުގެ ތުހުމަތާއި ތައުރީފު
ކާމިޔާބީއާއެކު އާ އެތައް ފުރުސަތެއް ރާއްޖެއަށް ލިބޭނެ
ޝާހިދަކީ ގާބިލް، ތަޖުރިބާކާރު ޑިޕްލޮމޭޓެއް: ނަޝީދު