31 ޖެނުއަރީ 2022
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޯހިޔާވަހިކަމުގެ ދާއިރާ އަށް ހާއްސަކޮށް ފައިނޭންސް ފޯރުކޮށްދިނުމުގެ ހިދުމަތްދޭ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަކީ ސްޓޮކް މާކެޓު މެދުވެރިކޮށް އެންމެ ކާމިޔާބު ކަމާ އެކު ފަންޑު ހޯދަމުން އަންނަ އެއް ކުންފުންޏެވެ. އެ ކުންފުނިން ސުކޫކު އަދި ބޮންޑެއް އިޝޫ ކުރާ ކޮންމެ ފަހަރު ބޭނުންވާ އަމާޒަށް ވާސިލުވެ އެވެ. ގިނަ ބަޔަކު އެ ކުންފުނީގެ ބޮންޑާއި ސުކޫކު ގަނެ އަދި މިފަދަ ފުރުސަތަކަށް އިންތިޒާރުކުރެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޯހިޔާވަހިކަމުގެ ދާއިރާ އަށް ހާއްސަކޮށް ފައިނޭންސް ފޯރުކޮށްދިނުމުގެ ހިދުމަތްދޭ ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އަކީ ސްޓޮކް މާކެޓު މެދުވެރިކޮށް އެންމެ ކާމިޔާބު ކަމާ އެކު ފަންޑު ހޯދަމުން އަންނަ އެއް ކުންފުންޏެވެ. އެ ކުންފުނިން ސުކޫކު އަދި ބޮންޑެއް އިޝޫ ކުރާ ކޮންމެ ފަހަރު ބޭނުންވާ އަމާޒަށް ވާސިލުވެ އެވެ. ގިނަ ބަޔަކު އެ ކުންފުނީގެ ބޮންޑާއި ސުކޫކު ގަނެ އަދި މިފަދަ ފުރުސަތަކަށް އިންތިޒާރުކުރެ އެވެ.
އެ ކުންފުނިން އެންމެ ފުރަތަމަ ސްޓޮކް މާކެޓުގައި ލިސްޓުކޮށްގެން ބޮންޑެއް ވިއްކަން ފެށީ 2013 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން އެ ކުންފުނިން އަންނަނީ ބޭނުންވާ ފައިސާ ކާމިޔާބު ކަމާ އެކު ބޮންޑާއި ސުކޫކު ވިއްކައިގެން ހޯދަމުންނެވެ.
ރާއްޖޭގައި އިސްލާމިކް ފައިނޭންސް އަށް އޮތް ޑިމާންޑް ބޮޑުވެ، ފުޅާވަމުން އަންނަ އިރު ސުކޫކު ބޭނުންކޮށްގެން އެ ކުންފުނިން އަންނަނީ އިސްލާމިކް އުސޫލުން ފަންޑު ހޯދަމުންނެވެ. ސުކޫކު އިޝޫ ކުރުމުން އާންމުންގެ ބޮޑު ތަރުހީބެއް ކޮންމެ ފަހަރު ލިބެ އެވެ. އެކުންފުނިން ހަތަރު ފަހަރެއްގެ މަތިން ވިއްކި ސުކޫކުން 400 މިލިއަން ރުފިޔާ ވަނީ ހޯދާފައިވެ އެވެ.
އެޗްޑީއެފްސީގެ މުވައްޒަފުންތަކެއް އޮފީހުގެ މަސައްކަތުގައި--ފޮޓޯ:ނިޝާން އަލީ/މިހާރު
އެޗްޑީއެފްސީގެ ސީއެފްއޯ މުހައްމަދު ޝަފީގު ވިދާޅުވީ، ހަމައެކަނި ބޭންކް މެދުވެރިކޮށް ފައިނޭންސް ހޯދުމުގެ ބަދަލުގައި އިތުރު ވަސީލަތްތަށް ބޭނުންކޮށްގެން ކުންފުންޏަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރާކަމަށެވެ. އަދި ރާއްޖޭގައި ވެސް ކެޕިޓލް މާކެޓާއި ސްޓޮކް މާކެޓުގެ ބޭނުންކޮށް ކުންފުނިތަކަށް ބޭނުންވާ ފައިނޭންސް ހޯދުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީއެފްސީ 2004 ވަނަ އަހަރު އުފެއްދީ 100 ޕަސެންޓް ސަރުކާރު ހިއްސާވާ ގޮތަށް ހައުސިން ދާއިރާ އަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށެވެ. އޭގެ ހަތަރު އަހަރު ފަހުން އެ ކުންފުނީގެ ހިއްސާ ދާރުންގެ ގޮތުގައި ބޭރުގެ މާލީ ޢިދާރާތައް ބައިވެރިވިއެވެ. އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ)ގެ 18 ޕަސެންޓް ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ 18 ޕަސެންޓް ހިއްސާގެ އިތުރުން އެޗްޑީއެފްސީ އިންވެސްޓްމަންޓް، އިންޑިއާގެ 15 ޕަސެންޓް ހިއްސާ އޮވެ އެވެ. ބާކީ 49 ޕަސެންޓް ހިއްސާ އޮތީ ސަރުކާރުގެ އެވެ.
ރާއްޖޭގެ ކެޕިޓަލް މާކެޓްގެ ތަފްސީލު.
"ރާއްޖޭގައި އެބަ އުޅޭ ޝެއާ، ބޮންޑު/ސުކޫކު ފަދަ ފައިނޭންޝަލް އިންސްޓްރުމަންޓްތަކުގައި އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތައް. އާންމުކޮށް ސޭވިން އެކައުންޓަކުން މި ލިބެނީ 3-1 ޕަސެންޓްގެ ފައިދާއެއް. އެކަމަކު ސުކޫކުން ނުވަތަ ބޮންޑުން ލިބޭނެ 8-7 ޕަސެންޓް،" ލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެޗްޑީއެފްސީގެ ބޮންޑު އަދި ސުކޫކު އަކީ ރާއްޖޭގެ ސްޓޮކް މާކެޓުގައި ލިސްޓުކޮށްފައިވާ ފައިނޭންޝިއަލް އިންސްޓުރޫމަންޓެކެވެ. އެހެންކަމުން ބޮންޑު ނުވަތަ ސުކޫކު ގަންނަ ފަރާތްތަކަށް ސެކަންޑްރީ މާކެޓުގައި ވިއްކާލުމުގެ ފުރުސަތު ވެސް ވަނީ ފަހިވެފަ އެވެ.
"2013 ގައި ސުކޫކާއި ބޮންޑު އިޝޫކުރީ ލިސްޓު ކުރުމުގެ އިތުރަށް ރޭޓިން އޭޖެންސީއެއް މެދުވެރިކޮށް ރޭޓް ވެސް ކުރެވިގެން. އެފަހަރު އިޝޫ ކުރީ ޑަބަލް "އޭ" ރޭޓިންގައި. ރޭޓު ކުރުމުގެ ސަބަބުން އިންވެސްޓުކުރާ ފަރާތްތަކަށް އިންވެސްމަންޓުން ނަފާ ލިބޭނެ ކަމުގެ އިތުރު އިތުބާރަކާއި ޔަގީން ކަމެއް ލިބޭ،" އޭނާ ވިދާޅުވި އެވެ.
އެޗްޑީއެފްސީގެ ސީއެފްއޯ ޝަފީގު "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: މިހާރު
މިހާރު ރާއްޖޭގައި ރޭޓިން އޭޖެންސީއެއް ނެތުމުގެ ދަތިކަން އެޗްޑީއެފްސީ އިން ފާހަގަކުރެ އެވެ.
ހައުސިން ފައިނޭސްގެ ކަންކަމަށް ބޭނުންވާ ފައިސާ ހޯދަން ބޭރުގެ މާލީ އިދާރާތަކުން ހެޔޮ ރޭޓެއްގައި ލޯނު ލިބުމުގެ ފުރުސަތު އޮތްނަމަވެސް އެ އަނބުރާ ދައްކަން ޑޮލަރު ހޯދުމުގެ ދަތިކަން ބޮޑުކަމުން ރާއްޖެއިން ރުފިޔާ ލޯނު ނުވަތަ ކުރެޑިޓް ފެސިލިޓީ ބޮޑު ރޭޓްގައި ނަމަވެސް ހޯދަން މަޖުބޫރުވާކަން އެޗްޑީއެފްސީ އިން ބުންޏެވެ. ނަމަވެސް ލޯނުގެ ބަދަލުގައި ސުކޫކާއި ބޮންޑު ދޫކުރުމުން ކުންފުންޏަށް ލުއި ލިބޭ ކަމަށް އެ ކުންފުނިން ހާމަކުރެ އެވެ. އެންމެ ބޮޑު އެއް ލުޔަކީ ރޭޓް ކަނޑައެޅުމާއި ފައިސާ އަނބުރާ ދައްކަން ޖެހޭ މުއްދަތު ކަނޑައެޅުމުގެ ފުރުސަތު ކުންފުންޏަށް ލިބުމެވެ.
ރާއްޖޭގެ ކެޕިޓަލް މާކެޓްގެ ތަފްސީލު.
"ލޯނު އަނބުރާ ދައްކަން މި ލިބެނީ އާންމުކޮށް ގާތްގަނޑަކަށް ފަސް އަހަރު. ބޮންޑު ނުވަތަ ސުކޫކު ސްޓްރަކްޗާ ކުރަނީ ކުންފުނިން. މިގޮތުން ސްޓްރަކްޗާ ކުރާއިރު ދިގު މުއްދަތަށް، ރަނގަޅު ރޭޓެއް ކުންފުނިން ކަނޑައެޅޭ،" އެ ކުންފުނިން ބުންޏެވެ.
އެޗްޑީއެފްސީން އާންމުކޮށް ލޯނު ދެނީ 20 އަހަރުން އަނބުރާ ދައްކާ ގޮތަށެވެ. އެހެންވެ، އެ ކުންފުނިން ފައިނޭންސް ހޯދާއިރު އަނބުރާ ދެއްކުމަށް ދިގު މުއްދަތެއް ލިބުމުން ކުންފުނީގެ މާލީ ކަންކަން ހަމަޖެއްސުމަށް އިތުރަށް ފަސޭހަވެ އެވެ.
ރާއްޖޭގެ ކެޕިޓަލް މާކެޓްގެ ތަފްސީލު.
މިދިޔަ އަހަރުތަކުގައި އެޗްޑީއެފްސީއަކީ ކެޕިޓަލް މާކެޓުގެ ބޭނުންކޮށް އެންމެ ބޮޑު ފައިދާއެއް ހޯދި އެއް ކުންފުންޏެވެ. އެ ކުންފުނިން މިހާތަނަށް ސްޓޮކް މާކެޓުގައި ލިސްޓުކޮށް ނެރުނު ބޮންޑާއި ސުކޫކުގެ އަދަދު 600 މިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. މިއީ އެ ކުންފުންޏަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. ބޮންޑާއި ސުކޫކު ވިއްކައިގެން އެޗްޑީއެފްސީން ނަފާ ހޯދަމުން އަންނަ ގޮތަށް އެހެން ކުންފުނިތަކަށް ވެސް މިކަން ކުރެވޭނެ ކަމަށް އެކުންފުނިން ގަބޫލު ކުރެ އެވެ.
ހާއްސަކޮށް ކޮވިޑްގެ އުނދަގޫ ހާލަތުގައި ބޭންކުތަކަށް ހަމައެކަނި ބަރޯސާނުވެ ބޭނުންވާ ފައިސާ ހޯދުމަށް ކުންފުނިތަކުން މިއީ ކުރެވިދާނެ ކަމެއް ކަމަށް އެ ކުންފުނިން ގަބޫލު ކުރެ އެވެ. އަދި ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް ވެސް ފައިސާ ހޯދުމަށް މިއީ އޮތް ފުރުސަތެކެވެ.
އެޑިޓަރުގެ ނޯޓް: މިއީ ޕްރޮމޯޝަނަލް އާޓިކަލް އެކެވެ.
އެޗްޑީއެފްސީ: ހައުސިން ފައިނޭންސިންގައި އެންމެ ކުރީގައި
ވިޔަފާރިތަކަށް ލިކުއިޑިޓީ ތަހުލީލުތައް ވަރަށް މުހިންމު
އިންވެސްމަންޓު ބޭންކިން ރާއްޖެއަށް މުހިންމު
ޓްރޭޑުކުރާ އިންވެސްޓަރުން ވިސްނަންވީ ކަންތައްތައް
"ވިޔަނަ": ސެކިއުރިޓީޒް ބާޒާރަށް އާ ފުރުސަތެއް!
ބޭރުގެ ޕޯޓްފޯލިއޯ އިންވެސްޓްމަންޓުން ފައިދާ ހޯދޭނެ
ފައިނޭންޝަލް އިންކްލޫޝަނަށް އަހައްމިއްޔަތުކަން ދޭންޖެހޭ
ލިސްޓެޑް ކުންފުނިތަކުގެ ހިއްސާ ގަނެގެން އިންވެސްޓަރުންނަށް ފައިދާ ވާނެ
ރާއްޖެ ޑިޖިޓަލް އިގުތިސާދަކަށް ބަދަލުވަނީ
ކެޕިޓަލް މާކެޓުން އެސްއެމްއީތަކަށް ފަންޑު ހޯދިދާނެ