ސްރީ ލަންކާގައި ދިވެހި ދަރިވަރަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
05 ފެބުރުއަރީ 2022
ސްރީ ލަންކާގައި ދިވެހި ދަރިވަރަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ދެހިވަލައިގައި ދިރިއުޅޭ އަފްހަމް ނަސީރު 23، އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުނީ އޭނައާ އެންމެ ފަހުން ބައްދަލުވީ ރޭ 11:00 ގައި ކަމަށެވެ.
އޭގެ ފަހުން ލަންކާގެ ގަޑިން އެކެއް ޖަހާކަންހާއިރު ވެސް އަފްހަމްގެ ރައްޓެއްސަކާ ފޯނުން ވާހަކަ ދެއްކި ކަމަށާއި ކަންބޮޑުވާންޖެހޭ ވާހަކަތަކެއް ދައްކާފައި ހުރި ކަމަށް އަފްހަމް ދިރިއުޅޭ ގޭގެ މީހަކު "މިހާރު" އަށް ބުންޏެވެ.
"ފޯނުން ވާހަކަ ދެއްކިއިރު އަދި މެސެޖުތަކުގައި ވެސް ޑިސްޓާބިން ވާހަކަތަކެއް ހުރި. މިއަދު ހެނދުނު އެކަން މި އެނގުނީ. އެހެންވެ، ފުރަތަމަ އެމްބަސީ އަށް އެންގުމުގެ ބަދަލުގައި ރާއްޖެ ކޮމިއުނިޓީ ގްރޫޕްގައި މި ޖެހީ އަފޫއާ ބައްދަލުވި މީހެއް ހުރިތޯ. އެގޮތަށް ވެސް ނެތީމާ އެމްބަސީއަށް މި އެންގީ،" އެ މީހާ ބުންޏެވެ.
އޭނާ ކިޔައިދިން ގޮތުގައި ރޭގެ ވަކި ގަޑިއަކުން ފެށިގެން އަފްހަމްގެ ފޯނު އޮތީ ނިއްވާލައިފަ އެވެ. އެހެން ނޫނީ ދުވަހަކު ވެސް އެފަދަ ކަމެއް ނުކުރާ ކަމަށާއި ފޯނަށް ގުޅައިފި ނަމަ އަބަދުވެސް ޖަވާބުދޭ ކަމަށެވެ.
އަފްހަމަކީ 2019 ގައި ލަންކާ އަށް ބަދަލުވެ، ބިޒްނަސް މެނޭޖްމަންޓުން މަތީ ތައުލީމަށް ކިޔަވާ ދަރިވަރެކެވެ.
"ނުވަރަ އެލިއާއަށް ދިޔަ ދިވެހި އާއިލާގެ ހަބަރެއްނުވޭ"
ގެއްލުނު ދިވެހި ޒުވާނާ މަރުވެފައި އޮއްވައި ފެނިއްޖެ
ޓެލެތޯނުން ލިބުނު 12 މިލިއަން ރުފިޔާ ލަންކާއަށް
ލަންކާއަށް ހަދިޔާކުރި މަސްދަޅު ކޭސް ހަވާލުކޮށްފި
ލަންކާގައި ދިވެހިން ހިންގާ އެހީގެ ހަރަކާތް ކާމިޔާބު
ލަންކާ ރައީސްގެ ޝުކުރު ރާއްޖެއަށް
މަސްދަޅު ކޭސްތަކާއެކު އެމްއެސްއެސްގެ ބޯޓެއް ލަންކާއަށް
އެހީ ހޯދައިދޭން، ލަންކާގައި ތިބި ދިވެހިންގެ ހަރަކާތެއް
ލަންކާ އަށް އެހީވާން ދިވެހި ސަރުކާރުން ދޭން ނިންމި 50،000 ޑޮލަރު ހަވާލުކޮށްފި
ރާއްޖެއިން ލަންކާއަށް ދޭ 12 މިލިއަން މިއަދު ފޮނުވަނީ