08 ފެބުރުއަރީ 2022
ގަވާއިދާ ޚިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮތް ކަމަށާއި އެގޮތަށް ފިޝަރީޒް މިނިސްޓްރީން އަމަލު ކޮށްފައިނުވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ގަވާއިދާ ޚިލާފަށް އެތެރެކުރި ދޫނިތައް މަރާލުމުގެ ބަދަލުގައި އަނބުރާ ފޮނުވާލުމުގެ ފުރުސަތު އޮތް ކަމަށާއި އެގޮތަށް ފިޝަރީޒް މިނިސްޓްރީން އަމަލު ކޮށްފައިނުވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރި ދޫނިތަކެއް ހިފަހައްޓާފައި ބެހެއްޓުމަށްފަހު އެ ތަކެތި މިއަދު މަރާލުމުން ފިޝަރީޒް މިނިސްޓްރީއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެ މިނިސްޓްރީން ބުނެފައިވަނީ އެ ތަކެތި ނައްތާލީ އެޓާނީ ޖެނެރަލްގެ އޮފީހުގެ ލަފާ ހޯދުމަށްފަހު އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
އެކަމާ ގުޅިގެން އެޓާނީ ޖެނެރަލްގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހުސައިން ހަސަން ވިދާޅުވީ ގަވާއިދާ ޚިލާފަށް އެތެރެކުރާ ދޫނިތައް އެ ދޫނި ގެނައި ގައުމަކަށް އަނބުރާ ފޮނުވާލުމުގެ ފުރުސަތު ގަވާއިދުގެ ދަށުން އޮންނަ ކަމަށެވެ. އަދި އެ ހާލަތުގައި ދޫނިތައް އަނބުރާ ފޮނުވާލުމުގެ ޚަރަދަށް ޒިންމާވާން ޖެހެނީ ދޫނިތައް ރާއްޖެ ގެނައި ފަރާތަކުން ކަމަށާއި އެކަމަކު މިއަދު ނައްތާލި ދޫނިތަކާ މެދު ފިޝަރީޒް މިނިސްޓްރީން އެގޮތަށް އަަމަލު ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ދޫނިތައް މަރާލާފައި: އެ ތަކެތި ނައްތާލީ ގަވާއިދާ ޚިލާފަށް އެތެރެކުރުމުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނޭ --- ފޮޓޯ/ސޯޝަލް މީޑިއާ
އޭނާ ވިދާޅުވީ މިއަދު ނައްތާލި ދޫނިތައް ރާއްޖެ އެތެރެކުރީ މިދިޔަ އަހަރުގެ ފަހުކޮޅު ކަމަށާއި އެކަމަކު އެތަކެތި ކަރަންޓީން ކުރުން ފިޔަވައި، އެތަކެތި އެތެރެކުރި ފަރާތްތަކާ މެދު އެއްވެސް ފިޔަވަޅެއް ފިޝަރީޒް މިނިސްޓްރީން އަޅާފައިނުވާ ކަމަށެވެ. އަދި ފަހުން ގަވާއިދަށް ގެނައި ބަދަލަކާ ގުޅިގެން އެ ފަރާތްތަކާ އެ ދޫނިތައް ހަވާލު ކުރުމުގެ ލަފައަކަށް މިނިސްޓްރީން އެދުނު ކަމަށާއި އެކަމަކު އެ ތަކެތި އެތެރެ ކުރިއިރު ގަވާއިދުގައި އޮތްގޮތަށް އަމަލުކުރަން އޭރު ލަފާ ދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އޭރު ގަވާއިދުގައިވާ ގޮތަށް ދޫނިތަކާ މެދު އަމަލު ނުކޮށް ފިޝަރީޒް މިނިސްޓްރީން ލަސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ، އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އަޅަން ފެންނަ ކަމަށް އެ ލަފާގައި ބުނެފައިވާނެ ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.
ދޫނިތައް މަރާނުލައި، ހެދޭނެ ގޮތް ނައީމްގެ ވިސްނުމުން
ގަވާއިދާ ހިލާފަށް އެތެރެކުރި ދޫނިތަކެއް މަރާލައިފި
މީރާއަށް ހުރިހާ ފައިސާއެއް ދައްކަންޖެހޭ ގޮތް ހަދަނީ
އިޒްރޭލުގެ މައްސަލައަށް ތަދައްޚުލް ވާން ހުށަހަޅައިފި
ދައުލަތުގެ އިހުމާލުން އަށް ލައްކަ ރުފިޔާގެ ހުކުމެއް
ސުލްތާނާ އަނެއްކާވެސް އޭޖީ އޮފީހުގެ ޕީއެސްގެ މަގާމަށް
ޓެކްސް އާއި ޕެންޝަން ޑޮލަރުން ދައްކަން ޖެހޭގޮތް ހަދަނީ
ގެއްލުނު ފައިސާ ހޯދަން މުއައްސަސާތައް މަޝްވަރާއަށް
ސްޓޭންޑް ދިފާއު ކުރައްވައި، އޭޖީ ހައްލަކާ ދިމާލަށް!
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅޭ 7 ދައުވާއެއް ކުރަނީ