އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ރާއްޖޭން އަމަލުކުރާނީ އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
08 ނޮވެމްބަރ 2025
އިންސާނީ ހައްގުތައް ކަށަވަރު ކޮށްދިނުމުގައި ރާއްޖޭން އަމަލުކުރާނީ އިސްލާމްދީނާ ހިލާފު ނުވާ ގޮތަށް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އިންސާނީ ހައްގުތައް ލިބިދޭ މިންވަރު އދ. އިން ވަޒަންކުރަން ބާއްވާ ޔުނިވާސަލް ޕީރިއަޑިކް ރިވިއުގެ ސެޝަންގައި އުޝާމް ވިދާޅުވީ، ރާއްޖޭގެ އައިޑެންޓިޓީ ގުޅިފައި އޮތީ އިސްލާމްދީނާ ކަމަށާއި އެއީ ރާއްޖޭގެ އިޖުތިމާއީ ފޭރާމުގެ، ކޮމްޕްރޮމަައިޒް ނުކުރެވޭނެ ރުކުނެއް ކަމަށެވެ. ރާއްޖޭގެ ގާނޫނުއަސާސީގައި އިސްލާމްދީނަށް ހުރުމަތްތެރިކަން ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވެލިއުތައް ބައްޓަން ކުރަނީ މި ދީން. ގާނޫނުތަކަށް މައުލޫމާތު ނަގަނީ މި ދީނުން އަދި އަޅުގަނޑުމެންގެ އިޖުތިމާއީ އަހުލާގީ ސަމުގާ މިސްރާބު ކޮށްދެނީ މި ދީނުން. އިންސާނީ ހައްގުތަކަށް އަޅުގަނޑުމެން ދޭ ކޮމިޓްމެންޓް އޮންނާނީ މި ބިންގަލާ ގުޅިފައިވާ އުސޫލުތަކާ އެއްގޮތަށް،" ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގައި ބޭއްވި ރިވިއު ސެޝަންގައި އުޝާމް ވިދާޅުވި އެވެ.
ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި، ވިސްނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދެ އެވެ. އަދި އެ ހައްގު ލިބިދޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތަށް ކަން ވެސް ފާހަގަކުރެއްވި އެވެ.
ގާނޫނުއަސާސީގައިވާ ގޮތަށް މަދަނީ މިނިވަންކަން ދިވެހި ސަރުކާރުން ނަގަހައްޓާނެ ކަމަށާއި އެ މިނިވަންކަން ބޭނުންކުރަން ޖެހޭނީ ގައުމުގެ ހަމަޖެހުން އޮންނާނެ ގޮތަށް ކަމަށް ވެސް އޭޖީ ވިދާޅުވި އެވެ. އަދި އެ މިނިވަންކަން ބޭނުންކުރަން ޖެހޭނީ އެއްވެސް ބާވަތެއްގެ ނަފުރަތެއް ނުފެތުރޭ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
Attorney General Uz. Ahmed Usham at the 50th Session of Universal Periodic Review #UPR pic.twitter.com/VjXlU9gKPH
— AG Office Maldives (@AGOmv) November 5, 2025
އޭޖީ އޮފީހުން ބުނީ މި ފަހަރުގެ ރިވިއު ސެޝަންގައި، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި ދިވެހިރާއްޖެ އިން ހާސިލްކޮށްފައިވާ ކާމިޔާބީ އާއި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކާއި ސަރުކާރުގެ ސިޔާސަތުތައް ބަޔާންކޮށް، ދިވެހިންގެ މަދަނީ އަދި ސިޔާސީ ހައްގުތައް ރައްކާތެރި ކުރުމާއި ގާނޫނު ތަންފީޒުކުރުން ހަރުދަނާ ކުރުމަށްޓަކައި ކުރާ މަސައްކަތްތައް ޔޫޕީއާރް ވޯކިން ގްރޫޕާ ހިއްސާ ކޮށްފައިވާނެ ކަމަށެވެ.
މުޖުތަމަޢުގެ ހާއްސަ އަޅާލުމާއި އެހީތެރިކަން ބޭނުންވާ މީހުން ބާރުވެރިކޮށް، އެ މީހުން ރައްކާތެރިކުރުމަށްޓަކައި ކުރާ މަސައްކަތްތަކާއި އިގުތިސާދީ އިޖުތިމާއީ އަދި ސަގާފީ ހައްގުތައް ރައްކާތެރިކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ރިވިއުގައި ޔޫޕީއާރު ވޯކިން ގްރޫޕާ މައުލޫމާތު ހިއްސާ ކޮށްފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
ރާއްޖޭގެ ރިވިއު ސެޝަންގައި 104 ގައުމަކުން ބައިވެރިވެރިވެފައިވާއިރު، ފާއިތުވި ސައިކަލްގައި ރާއްޖެ އަށް ހުށަހަޅާފައިވާ ރެކޮމެންޑޭޝަންތައް ތަންފީޒު ކުރުމަށްޓަކައި ކޮށްފައިވާ މަސައްކަތް ބަލައިގަންނަކަން ގައުމުތަކުން ފާހަގަކުރި ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.
Attorney General Uz. Ahmed Usham at the 50th Session of Universal Periodic Review #UPR pic.twitter.com/W5UAioCSB9
— AG Office Maldives (@AGOmv) November 5, 2025
ގާނޫނުގެ ވެރިކަން ނެގެހެއްޓުމަށްޓަކައި ރާއްޖޭގެ ހިންގުމުގެ ނިޒާމާއި ގާނޫނީ އޮނިގަނޑާއި އަދުލު އިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި އަންހެނުންނާއި ކުޑަކުދިންނާއި މުޖުތަމައުގެ ހާއްސަ ރައްކާތެރިކަން ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރިކުރަން ރާއްޖެ އިން ކުރާ މަސައްކަތްތައް ވެސް ޔޫޕީއާރް ވޯކިން ގްރޫޕާ ހިއްސާކުރި އެވެ.
މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ރާއްޖެ އިން ކޮށްފައިވާ އަދި ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް، ދިވެހި ސަރުކާރުގެ ސިޔާސަތުތަކަށް ތައުރީފުކޮށް، ރާއްޖެ އިން ހޯދާ ތަރައްގީ އާއި ކާމިޔާބީ ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަން ފާހަގަކުރި ކަމަށް ވެސް އޭޖީ އޮފީހުން ބުންޏެވެ.
ޔޫޕީއާރަކީ އދ. ގެ މެންބަރު ގައުމުތަކުގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރަމުން އަންނަ މިންވަރާއި އިންސާނީ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާތައް ތަންފީޒު ކުރާ މިންވަރު ވަޒަންކުރުމަށްޓަކައި، ކޮންމެ ހަތަރު އަހަރުން އެއް އަހަރު ކުރިއަށް ގެންދާ ރިވިއު ޕްރޮސެސްއެކެވެ.
ޔޫޕީއާރު ފަސްވަނަ ސައިކަލްގައި ރާއްޖޭގެ ރިވިއު ދެން އޮންނާނީ 2030 ގައެވެ.
ބިލް އަނބުރާ ފޮނުވީ، ސުލޫކުގެ އުސޫލާ ފުށުއަރާތީ
ހައްގުތައް ލިބޭނީ އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށް
މި ދައުރުގައި 37 ބިލެއް މަޖިލީހަށް ހުށަހަޅަނީ
ސާބިތު ކޮށްދިނީ ރާއްޖެ ބާކީ ނުވާކަން: ޝާހިދު
މަރުގެ އަދަބު އުވައިލެވޭނީ ޚިޔާލު ހޯދައިގެން: ސަރުކާރު
އދ.ގެ ނިންމުން ސަރުކާރުން ބަލައެއްނުގަތް
އިންތިޚާބުގައި ނަޝީދަށް ވާދަކުރެވެން ޖެހޭނެ: އދ.
ޔޫއެންއެޗްއާރްސީ އަށް ވާދަ ނުކުރަން ރާއްޖޭން ނިންމައިފި
ކަންބޮޑުވުންތައް އިސްލާހުކުރަން އެމްޑީޕީން ގޮވާލައިފި
ރާއްޖޭގެ ހާލަތާ މެދު 30 ގައުމަކުން ކަންބޮޑުވެއްޖެ