މެޑްރިޑް (ފެބްރުއަރީ 13) - ގާތްގަނޑަކަށް ހަ މަހަށް ފަހު ގެރެތު ބޭލް ރެއާލް މެޑްރިޑަށް ކުޅުނު ފުރަތަމަ މެޗުގައި ވިޔަރެއާލްއާ ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
13 ފެބުރުއަރީ 2022
މެޑްރިޑް (ފެބްރުއަރީ 13) - ގާތްގަނޑަކަށް ހަ މަހަށް ފަހު ގެރެތު ބޭލް ރެއާލް މެޑްރިޑަށް ކުޅުނު ފުރަތަމަ މެޗުގައި ވިޔަރެއާލްއާ ވާދަކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެއްޖެ އެވެ.
ވޭލްސްގެ ބައިނަލްއަގުވާމީ ކުޅުންތެރިޔާ ރެއާލް އަށް އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އޮގަސްޓް 28 ގައި ރެއާލް ބެޓިސް އަތުން 1-0 އިން ރެއާލް މޮޅުވި މެޗުގަ އެވެ. އޭގެ ފަހުން، އުމުރުން 32 އަހަރުގެ ކުޅުންތެރިޔާ ރެއާލްގެ ފުރަތަމަ 11 ގައި ހިމެނުނު މެޗުގައި އޭނާގެ ނުރައްކާ ހަމަލާއެއް ވަނީ ގޯލް ދަނޑިއަށް އަމާޒުވެފަ އެވެ. އަނިޔާގައި ހުރި ކަރިމް ބެންޒަމާގެ ބަދަލުގައި ރެއާލްގެ ކުރިއަށް، ވިނިޝަސް ޖޫނިއާ އަދި މާކޯ އެސެންސޯއާ އެކު ކުޅުނު ބޭލްގެ ނުރައްކާ ހަމަލާއެއް ފުރަތަމަ ހާފުގައި ވަނީ ވިޔަރެއާލްގެ ކީޕަރު ޖެރެނިމޯ ރުލީ ދިފާއުކޮށްފަ އެވެ.
ރެއާލްގެ މާސެލޯގެ ހަމަލާއެއް ފޮނުވާލަނީ. --ފޮޓޯ:އޭއެފްޕީ
މެޗު އެއްވަރުވި ނަމަވެސް ޓޭބަލްގެ ކުރީގައި ރެއާލް ވަނީ ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ސައްވީސް މެޗުން އެ ޓީމަށް 54 ޕޮއިންޓް ލިބިފައިވާ އިރު ދެ ވަނައިގައި އޮތް ސެވިއްޔާ އަށް ލިބިފައި ވަނީ 50 ޕޮއިންޓެވެ.
ރެއާލް އަށް ދެން އޮތީ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗެވެ.
ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ބުނީ ނަސީބު އެހީވި ނަމަ މެޗުން ތިން ޕޮއިންޓް ހޯދޭނެ ކަމަށެވެ. ޕީއެސްޖީއާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅޭ މެޗުގައި ބޭލް އަށް ޖާގަ ދިނުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް އެންޗެލޮޓީ ބުންޏެވެ.
އުފާފާޅުކުރި ގޮތަކުން ބޭލް އަށް ސަސްޕެންޝަނެއް؟
އެންޓޮނީގެ ރަތްކާޑު ކެންސަލް، ރެއާލާ ދެކޮޅަށް ކުޅެވޭނެ
ސްޕެއިން ފެޑެރޭޝަނުން ރެއާލާ ދެކޮޅަށް ފިޔަވަޅު އަޅަނީ
މޮޑްރިޗަކީ ފުޓްބޯޅައިގެ އަގުހުރި ހަދިޔާއެއް: އަންޗެލޮޓީ
ރެއާލުން ޝަކުވާ ހުށަހެޅި ރެފްރީގެ މައްސަލައެއް ބަލަނީ
ރެފްރީއަށް ނުބައިކޮށް މާނަކުރެވި ބެލިންހަމަށް ރަތް ކާޑު
ބާސާގެ ނަތީޖާއިން ރެއާލް އާއި އެތުލެޓިކޯ ޕްރެޝަރަށް
ރެފްރީންގެ މައްސަލަ އޮޅުންނުފިލާތީ އަންޗެލޮޓީ ކަންބޮޑުވޭ
އެމްބާޕޭ ފުރުސަތު ނަގާލުމުން ރެއާލް ބަލިވެއްޖެ
އެމްބާޕޭ ރައްދު ދިނީ "ވަރަށް ނުރައްކާ"ކޮށް