Roadha Mihaaru
އުރީދޫގެ އިންޓަނެޓް ހިދުމަތަށް މިއަދު ބުރޫއަރާނެ

އުރީދޫގެ އިންޓަނެޓް ހިދުމަތަށް މިއަދު ބުރޫއަރައިފާނެ

14 ފެބުރުއަރީ 2022

ބައިނަލްއަގުވާމީ އިންޓަނެޓް ސާވިސް ޕްރޮވައިޑާގެ ނެޓްވޯކް އަޕްގްރޭޑިންގެ މަސައްކަތެއްގެ ސަބަބުން މިއަދު އުރީދޫ އިންޓަނެޓަށް ބުރޫއަރާފަނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ބައިނަލްއަގުވާމީ އިންޓަނެޓް ސާވިސް ޕްރޮވައިޑާގެ ނެޓްވޯކް އަޕްގްރޭޑިންގެ މަސައްކަތެއްގެ ސަބަބުން މިއަދު އުރީދޫ އިންޓަނެޓަށް ބުރޫއަރާފަނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ މިއީ ކުރިން ވެސް ޕްލޭން ކޮށްފައިއޮތް އަޕްގްރޭޑެއް ކަމަށެވެ. މިއީ ހިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށް ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ނިމޭނެ ވަގުތެއް އަދި ނޭނގޭ ކަމަށް އުރީދޫން ބުންޏެވެ.

އިންޓަނެޓަށް ބުރޫ އަރާނެ ކަމަށް ބުނެ އުރީދޫ އިން ކުރި ޓްވީޓް--

އުރީދޫ އިން ބުނީ މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް އެ ކުންފުނީގެ އިންޖިނިއަރުން ބައިނަލްއަގުވާމީ އިންޓަނެޓް ސާވިސް ޕްރޮވައިޑާއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އުރީދޫ އިން ވަނީ މާފަށް އެދިފަ އެވެ.