ކްލައުޑްފްލެއާގެ ހިދުމަތަށް ދިމާވި މައްސަލައާ ގުޅިގެން ރާއްޖޭގެ ގިނަ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.
18 ނޮވެމްބަރ 2025
ކްލައުޑްފްލެއާގެ ހިދުމަތަށް ދިމާވި މައްސަލައާ ގުޅިގެން ރާއްޖޭގެ ގިނަ ހިދުމަތްތަކަށް ބުރޫ އަރައިފި އެވެ.
ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކުގެ ސެކިއުރިޓީ އާއި ޕާފޯމަންސް ހިފެހެއްޓުމަށް ބޭނުންކުރާ ކްލައުޑްފްލެއާއަށް ދިމާވި މައްސަލައަކާއެކު ވަނީ އެކްސް އާއި ޗެޓްޖީޕީޓީ ފަދަ މަޝްހޫރު އެތައް ވެބްސައިޓެއް ޑައުންވެފަ އެވެ. އަދި އެކަމާ ގުޅިގެން ރާއްޖޭގައި ވެސް ގިނަ ހިދުމަތްތަކަކަށް ވަނީ ބުރޫ އަރައިފަ އެވެ.
މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫން ބުނީ ކްލައުޑްފްލެއާއަށް ދިމާވި މައްސަލައާ ހެދި ބައެއް ވެބްސައިޓުތަކާއި އެޕްލިކޭޝަންސްތައް ބޭނުންކުރުމުގައި ދަތިތަކެއް ދިމާވެދާނެ ކަމަށެވެ.
މީގެ އިތުރުން ބީއެމްއެލް އާއި އެމްއައިބީގެ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.
"ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ވެބްސައިޓްތަކާއި އެޕްތަކުގެ ހިދުމަތަށް ބުރޫއަރާފައިވާ ފަދައިން މި ބޭންކުގެ އޮންލައިން ބޭންކިން ޚިދުމަތްތަކާއި އެޕްގެ ހިދުމަތް މިވަނީ ވަގުތީ ގޮތުން މެދުކެނޑިފަ އެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް މައާފަށް އެދެމެވެ." ބީއެމްއެލްއިން ބުންޏެވެ.
އެމްއައިބީ އިން ބުނީ ސާވިސް ޕާޓްނަރުންނާ ގުޅިގެން އެ ބޭންކުގެ ޓީމުން ހާލަތު މޮނިޓާ ކުރަމުންދާ ކަމަށާއި އަދި ވީއެންމެ އަވަހަކަށް ހިދުމަތްތައް ބޭނުން ކުރެވޭނެ ގޮތެއް ވޭތޯ ބަލަމުންދާ ކަމަށް ވެސް އެމްއައިބީއިން ބުންޏެވެ.
ކްލައުޑްފްލެއާގެ ހިދުމަތަށް ބުރޫއެރުމުން ރާއްޖޭގެ ބައެއް ނޫސްތައް ވެސް ވަނީ ޑައުންވެފަ އެވެ.
ޑީޑޮސް ފަދަ ހަމަލާތަކުން ސަލާމަތް ކުރުމަށް ބޭނުންކުރާ ކްލައުޑްފްލެއާ އަކީ އިންޓަނެޓް އިންފްރާސްޓްރަކްޗާ ކުންފުންޏެކެވެ. އެގޮތުން ސައިބާ އެޓޭކްތަކުން ވެބްސައިޓްތައް ރައްކާތެރިކޮށް، ޓްރެފިކަށް ބާރު ބޮޑުވާ ވަގުތުތަކުގައި ވެސް ހުއްޓުމެއް ނެތި ވެބްސައިޓްތައް ހިފެހެއްޓުމުގައި ކްލައުޑްފްލެއާ އެހީތެރިވެދެ އެވެ.
ކްލައުޑްފެއާއިން ބުނީ ކްލައުޑްފްލެއާ ޑޭޝްބޯޑާއި އޭޕީއައި ވެސް ފެއިލްވެ "އެރާ 500" ގެ މެސެޖު އެތައް ކަސްޓަމަރުންނަކަށް ލިބެމުންދާކަން އެނގިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ގިނަ ބަޔަކަށް ދިމާވުން އެކަށީގެންވާ ކަމަށާއި އަދި އޭގެ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެންމެ ގިނައިން ޓެކްސް ދެއްކި ކުންފުނިތަކަށް އެވޯޑް
ދިރާގު ފައިބާ ބްރޯޑްބޭންޑުގައި ދެން ލިމިޓެއް ނޯންނާނެ!
އިންޓަނެޓް ރަނގަޅުކޮށްލަން ދިރާގު އޮރެންޖް ބޮކްސް
މުވާސަލާތީ ހިދުމަތުން އިތުރު ފީއެއް ނަގަނީ
ބީއެމްއެލް އެޕް ތިން ގަޑިއިރަށް ޑައުންވެއްޖެ
މޮބައިލް އިންޓަނެޓުގެ އާ އަގުތައް ހުކުރު ދުވަހު
މިއަދަކީ ތާރީހީ ދުވަހެއް: އިންޓަނެޓް ހަބޭސް!
އިންޓަނެޓު އަގުހެޔޮ ކުރުމުގެ ތައްޔާރީތައް ނިމިފައި
އިންޓަނެޓް ހެޔޮކުރީ އާ އޮޕަރޭޓަރުން ނުގެންނަގޮތަށް
މިއީ ތާރީހީ ދުވަހެއް: މިނިސްޓަރު