އެމްއެމްއޭގެ ފައިނޭޝަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރަށް ކުރާ ދައުވާގައި ދިފާއީ ހެއްކެއްގެ ގޮތުން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމްގެ ނަން އާތިފްގެ ފަރާތުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.
14 ފެބުރުއަރީ 2022
އެމްއެމްއޭގެ ފައިނޭޝަލް އިންޓެލިޖެންސް (އެފްއައިޔޫ) ގެ ކުރީގެ ވެރިޔާ އާތިފް ޝަކޫރަށް ކުރާ ދައުވާގައި ދިފާއީ ހެއްކެއްގެ ގޮތުން ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމްގެ ނަން އާތިފްގެ ފަރާތުން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.
މަނީ ލޯންޑްރިންގެ ގާނޫނާ ޚިލާފްވުމުގެ ދައުވާ އާތިފް މައްޗަށްކުރަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ޝައްކު ކުރެވޭ މުއާމަލާތްތައް ހިނގަމުން ދިޔައިރު ކަމާބެހޭ ފަރާތްތަކަށް އެކަން ރިޕޯޓް ނުކުރި ކަމަށް ބުނެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އާތިފްގެ ފަރާތުން ދިފާއީ ހެކިންގެ ގޮތުގައި ހުށަހެޅުއްވީ ނިޔާޒްގެ އިތުރުން އެފްއައިޔޫގެ ކުރީގެ ވެރިއަކަށް ފަހުން ހުންނެވި އަބްދުﷲ އަޝްރަފާއި އިތުރު ދެ މީހެއްގެ ނަމެވެ. އެ ބޭފުޅުންގެ ނަންތައް އޭނާ ހުށަހެޅުއްވީ ޝައްކު ކުރެވޭ މުއާމަލާތްތައް އޭނާ އަންގަންޖެހޭ ފަރާތްތަކަށް އެންގިކަން ސާބިތުކޮށް ދިނުމަށެވެ.
ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް --- ފޮޓޯ/މިހާރު
އެ އަޑުއެހުމުގައި އާތިފް ވިދާޅުވީ ޝައްކު ކުރެވޭ މުއާމަލާތްތައް ފާހަގަވުމުން އެކަން އޭރުގެ ގަވަރުނަރަށް އޭނާ އެންގެވި ކަމަށާއި ލިޔުމުން ވެސް އެކަން އަންގާފައި އޮންނާނެ ކަމަށެވެ. އަދި އޭނާގެ ޒިންމާ އަކީ އެފަދަ މުއާމަލާތްތައް ގަވަރުނަރަށް އެންގުން ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވީ އޭރު އެ ޚިޔާނާތް ހިނގާކަން އެނގުނަސް، އެކަންކަން ހުއްޓުވުމުގެ ބާރެއް އޭނާއަށް ނެތް ކަމަށެވެ. އަދި ގާނޫނީ ޒިންމާ އަދާކުރުމުން އަމިއްލަ ނަފްސަށް ގެއްލުން ލިބުން ނޫން ކަމަށް ނުވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އިސްތިއުފާ ދެއްވީ އެ ސަބަބާ ހެދި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ މިސާލެއްގެ ގޮތުން ނިޔާޒަށް ކުރިމަތިވި ކަންކަން އާތިފް ފާހަގަ ކުރައްވައި، އޭރު އެ ވާހަކަ ދައްކަން ޖެހިލުންވިޔަސް، މިހާރު އެ ވާހަކަ ދައްކަވަނީ މިނިވަންކަމާ އެކު ހުންނަވައިގެން ކަމަށް އާތިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވި ފަހުން ވެސް، ޚިޔާނާތުގެ އެއްވެސް ކަމެއް ނުހުއްޓުވޭ ކަމަށެވެ. އަދި އޭގެފަހުން ވެސް ޚިޔާނާތާއި މަނީ ލޯންޑްރިންގެ އަމަލުތައް ހިނގަމުންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަވާއިދު ހެދީ ޔާމީންގެ ގެކޮޅާއި މުދާ ނަގަން: އިދިކޮޅު
މައްސަލަ ހުށަނޭޅީ އިތުބާރު ނެތުމުން: އާތިފް
އެމްއެމްއޭގެ އިހުމާލަށް އާތިފަށް ދައުވާކުރަން ފޮނުވައިފި
އިސްތިއުފާ ދިނީ ޒިންމާ އަދާނުކުރެވޭނެކަން ޔަގީންވުމުން
ޔާމީން ފައިސާ ދައުރުކުރީ އަސްލު ގެއްލޭ ގޮތަށް:ދައުލަތް
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
ފުއްގިރި މައްސަލަ މަޑުޖައްސާލަން އަންގައިފި