15 ފެބުރުއަރީ 2022
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ވަޒީފާތަކަށް ޒުވާނުން ތަމްރީން ކުރަން ޔޫތު މިނިސްޓްރީއާ އެކު ފެނަކައިން މިއަދު އެެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ވަޒީފާތަކަށް ޒުވާނުން ތަމްރީން ކުރަން ޔޫތު މިނިސްޓްރީއާ އެކު ފެނަކައިން މިއަދު އެެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
ފެނަކައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.
މިއީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ވަޒީފާއާ ގުޅުން ހުރި މަސައްކަތްތަކަށް ހޭލުންތެރިކުރުވުމަށް ހިންގާ ހަރަކާތެކެވެ. މި ޕްރޮގްރާމުގެ ދަށުން ބައިވެރިންނަށް ތަމްރީން ދޭނީ ފެނަކައިގައި މަސައްކަތް ކުރާ އެ ދާއިރާއެއްގެ އެންމެ އިސް ބޭފުޅުންނެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަކަށް ހިންގާ މި ޕްރޮގްރާމުގެ ދަށުން އަހަރަކު 120 ޒުވާނުންނަށް ތަމްރީން ދެވޭނެ ކަމަށް ފެނަކައިން ބުންޏެވެ. މި ތަމްރީނުތައް ނިންމައި ބައިވެރިންނަށް ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.
ފެނަކައިން ހުޅުވާލާފައިވާ ފުރުސަތުގެ ދަށުން ތަމްރީން ދޭ ދާއިރާތަކަކީ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް އާއި ސުވެރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް އާއި ޔުޓިލިޓީ ލެބޯޓަރީ ޓެކްނީޝަން ސާވިސަސް އަދި ވޯޓާ ސަޕްލައި ސިސްޓަމްސް އޮޕަރޭޝަން އެންޑް މެއިންޓެނަންސް އެވެ.
މި ފުރުސަތަކީ ޒުވާނުންނަށް، ބޭނުންވާ ދާއިރާތަކުން ކުރިއަށް ދިޔުމަށް އެޅޭ ބިންގަލެއް ކަމަށް ފެނަކައިން ބުންޏެވެ.
އެމްއޭސީއެލުން 225 މީހުންނަށް ތަމްރީނު ދެނީ
ޒުވާނުންގެ މެދުގައި ގިނައީ ޓްރެފިކްގެ ކުށްތައް
މި އަހަރުގެ ޒުވާނުންގެ އެވޯޑް 10 މީހަކަށް
އެސްޓީއޯގައި ތަމްރީންވުމުގެ ފުރުސަތު ހުޅުވާލައިފި
އެމްޑަބްލިއުއެސްސީން 73 ޒުވާނުން ތަމްރީންކޮށްދޭނެ
މިފްކޯއިން 22 ޒުވާނުންނަށް ތަމްރީން ދެނީ
ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި ޒުވާނުން އިންޑިއާއަށް
މި އަހަރު ޒުވާނުންގެ އެވޯޑް 10 މީހަކަށް
ގިނަ ޒުވާނުން ކިޔެވީ އިޖުތިމާއީ، ވިޔަފާރި އަދި ގާނޫނު
ސްޓެލްކޯގައި ތަމްރީނު ހޯދުމުގެ ފުރުސަތު ނުވަ ޒުވާނަކަށް