Roadha Mihaaru
އުރީދޫ އޭޖީއެމް އަންނަ މަހު 7 ވަނަ ދުވަހު ބާއްވަނީ

އުރީދޫ އޭޖީއެމް އަންނަ މަހު 7 ވަނަ ދުވަހު ބާއްވަނީ

20 ފެބުރުއަރީ 2022

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ އެނުއަލް ޖެނެރަލް މީޓީން (އޭޖީއެމް) ނުވަތަ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 7 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އުރީދޫ މޯލްޑިވްސްގެ މި އަހަރުގެ އެނުއަލް ޖެނެރަލް މީޓީން (އޭޖީއެމް) ނުވަތަ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ 7 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އުރީދޫ އިން ބުނި ގޮތުގައި އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭގަނޑު 8:30 ގަ އެވެ. މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަން ކަމުގައިވާ، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެގެން ވެސް ބައިވެރިވެވޭނެ އެވެ.

ކޮވިޑް-19ގެ މިހާރުގެ ހާލަތާއި ހިއްސާދާރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލައި، ކްރޮސްރޯޑްސް މޯލްޑިވްސްގެ އިވެންޓް ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ދެވެން އޮތީ، އަހަރީ އާންމު ޖަލްސާ ބާއްވާއިރު، ސަރުކާރުން އިއުލާނުކޮށްފައިވާ މިންގަނޑުތަކާ އެއްގޮތަށް ސަރުކާރުން ހުއްދަކުރާ އަދަދަކަށް ބަލައިގެން ކަމަށް އުރީދޫ އިން ބުންޏެވެ. ޖަލްސާ ބާއްވާ ހޯލުގައި ގައިދުރުމިން ބަހައްޓަންޖެހޭ މިންގަނޑުތަކަށް ފެތޭގޮތަށް، ޖާގަ ހުރި މިންވަރަކުުން އެކަން ހަމަޖައްސާނެ އެވެ.

ހިއްސާދާރުންގެ ތެރެއިން ޖަލްސާ ބާއްވާ ހޯލަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ޖާގަ ހުރި މިންވަރަކުން އެ ފުރުސަތު ދިނުމަށްފަހު، ބާކީ ތިބި ފަރާތްތަކަށް އޮންލައިންކޮށް ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމުތައް ހަމަޖައްސައިދެވޭނެ އެވެ.

އުރީދޫން ބުނީ އަންނަ މަހުގެ 6 ވަނަ ދުވަހުގެ ހަވީރު 6:00 ގެ ކުރިން، ކްރޮސްރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެވޭނެ ފަރާތްތަކާއި، އޮންލައިންކޮށް ބައިވެރިވެވޭނެ ފަރާތްތަކަށް އެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

އޮންލައިންކޮށް އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް އޮންލައިން ޖެނެރަލް މީޓިން މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ "ފަހިވޯޓު" މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ. މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް އެދި ރަޖިސްޓްރީ ކުރާ ފަރާތްތަކެވެ.

އުރީދޫން ބުނީ ޖަލްސާ އޮންނަ ތަނަށް ގޮސް ޖަލްސާގައި ބައިވެރިކްރޮސް ރޯޑްސް މޯލްޑިވްސްއަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ވެވޭނީ ވެކްސިންގެ ޑޯޒުތައް ހަމަކޮށްފައިވާ ފަރާތްތަކަށެވެ.

މި ޖަލްސާގައި މިދިޔަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރާނެ އެވެ. އަދި މިއަހަރަށް އޮޑިޓަރުން ކަނޑައަޅާ އޮޑިޓަރުންގެ އުޖޫރަ ހަމަޖައްސާނެ އެވެ. އަދި މިިދިޔަ އަހަރުގެ ފައިދާއިން ޑިވިޑެންޑް ނުވަތަ ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދު ކަނޑައަޅާނެ އެވެ. މިއަހަރުގެ ޖަލްސާގައި އާންމު ހިއްސާދާރުންގެ ފަރާތުން ބޯޑަށް ޑިރެކްޓަރަކު އައްޔަނު ކުރަން ބާއްވާ އިންތިހާބު ވެސް އޮންނާނެ އެވެ،

ޑިރެކްޓަރުގެ މަގާމަށް ކުރިމަތި ލައްވައި ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ފަރީހާ ޝަރީފާއި އާއިޝަތު ހުސައިން މަނިކުގެ އިތުރުން އިބްރާހީމް ފިރުޝާން އެވެ.

އަންނަ މަހު ބާއްވާ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 17 ގެ ކުރިން އެކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓާވެފައިވާ ފަރާތްތަކަށެވެ.