19 ޑިސެމްބަރ 2016
މެޑްރިޑް (ޑިސެމްބަރު 19) – ވަރަށް ގިނަ ކްލަބްތަކުން ހުށަހެޅުން ލިބިފައިވާ ކަމަށާއި ރެއާލް މެޑްރިޑުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް އެ ޓީމުގެ ކޮލަމްބިއާ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް ބުނެފި އެވެ.
މެޑްރިޑް (ޑިސެމްބަރު 19) – ވަރަށް ގިނަ ކްލަބްތަކުން ހުށަހެޅުން ލިބިފައިވާ ކަމަށާއި ރެއާލް މެޑްރިޑުގައި މަޑުކުރާނެ ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށް އެ ޓީމުގެ ކޮލަމްބިއާ މިޑްފީލްޑަރު ޖޭމްސް ރޮޑްރިގޭޒް ބުނެފި އެވެ.
މެޑްރިޑުގެ ކޯޗުކަމާ ޒައިނުއްޒިދާން ޒިދާން ހަވާލުވިފަހުން ރޮޑްރިގޭޒަށް އެ ޓީމުން މާގިނަ ފުރުސަތެއް ނުލިބެ އެވެ. އެހެންވެ އޭނާ ގެންދަން ޔޫރަޕުގެ ބައެއް ކްލަބްތަކުން އައީ މަސައްކަތްކުރަމުންނެވެ.
"އަހަރެން މަޑުކުރާނެ ކަމުގެ ޔަގީންކަން ދެވެން ނެތް. އަހަންނަށް އެބަހުރި އޮފާތަކެއް ލިބިފައި. ހަތް ދުވަސް އޮތީ އެކަމާ ވިސްނަން،" ރޮޑްރިގޭޒް ބުންޏެވެ.
ރޮޑްރިގޭޒް ބުނީ މެޑްރިޑުގައި މަޑުކުރަން އަބަދުވެސް ބޭނުންވާ ކަމަށާއި އެކަމަކު ކުޅުމުގެ ފުރުސަތު ނުލިބޭތީ މާޔޫސްވާކަމަށެވެ. އަދި ރޭ ޖަޕާނުގެ ކަޝިމާ އެންޓްލާސް އަތުން 4-2 އިން މޮޅުވެ މެޑްރިޑުން ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރި މެޗުގައި ކުޅުމުގެ ފުރުސަތު ނުލިބުމުން ދެރަވި ކަމަށް ބުންޏެވެ.
"އެކަމަކު ޓީމަށް ތަށި ލިބުމުން އުފާވޭ. މިއީ އަހަރެންގެ ކެރިއަރުގެ 15 ވަނަ ޓްރޮފީ،" ރޮޑްރިގޭޒް ބުންޏެވެ.
އޭނާ ރެއާލް މެޑްރިޑަށް 2014 ވަނަ އަހަރު ބަދަލުވީ އެ އަހަރުގެ ވޯލްޑް ކަޕުގައި ދެއްކި މޮޅު ކުޅުމަށް ފަހު އެވެ. އޭނާ އެކަމަކު ވިދާލީ 2010-2013 އަށް ޕޯޗުގަލްގެ ޕޯޓޯ އަށް ކުޅުނުއިރެވެ. އެއާ އެކު 2013 ވަނަ އަހަރު މޮނާކޯ އިން 43 މިލިއަން ޔޫރޯ އަށް އޭނާ ގަތެވެ.
ރެއާލަށް ކުޅުނު ރޮޑްރިގޭޒް އެނބުރި ސްޕެނިޝް ލީގަށް
ހަމޭސް އެންމެ ފަހުން ބަދަލުވީ ބަޔާނަށް
ހަމޭސް ގަންނަން ލިބުނު ފުރުސަތު ލިވަޕޫލުން ދޫކޮށްލައިފި
ހަމޭސް ބަދަލުވާންވީ އިނގިރޭސި ކްލަބަކަށް: ޕެކަމަން
އެމްބާޕޭ ގަންނަން ރެއާލުން ޖޭމްސް ވިއްކާލަނީ
ރޮޑްރިގޭޒް މެޑްރިޑުގައި މަޑުކުރަން ވިސްނައިދިނީ ރޮނާލްޑޯ
ރެއާލުން ބަލިނުވެ 38 މެޗު ހަމަކޮށްފި
ރޮޑްރިގޭޒް ދެއްކި ވާހަކަތަކާ ގުޅިގެން ރެއާލް ރަތަށް
އިސްކޯ އާއި ޖޭމްސް ވިއްކާލަން ރެއާލުން ބޭނުމެއް ނުވޭ
ރެއާލަށް އުފަލެއް ނެތް، އަނިޔާގެ ވޭން ބޮޑުވެއްޖެ