11 ޖުލައި 2017
ލިވަޕޫލް (ޖުލައި 11) - ރެއާލް މެޑްރިޑަށް ކުޅޭ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ގަންނަން ލިބުނު ފުރުސަތު ލިވަޕޫލުން ދޫކޮށްލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ލިވަޕޫލް (ޖުލައި 11) - ރެއާލް މެޑްރިޑަށް ކުޅޭ ކޮލަމްބިއާގެ މިޑްފީލްޑަރު ހަމޭސް ރޮޑްރިގޭޒް ގަންނަން ލިބުނު ފުރުސަތު ލިވަޕޫލުން ދޫކޮށްލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާގޮތުން ކިލިއަން އެމްބާޕޭ ހޯދަން ރެއާލުން ވަނީ ހަމޭސް އާއި އަލްވާރޯ މޮރާޓާ ވިއްކާލަން ނިންމައިފަ އެވެ. ހަމޭސް ވިއްކާލަން ރެއާލުން ބުނާ އަގަކީ 65 މިލިއަން ޕައުންޑެވެ.
ރެއާލުން ވަނީ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޕީއެސްޖީ އަދި ޔުވެންޓަސް އަށް ހަމޭސް ހުށަހަޅައިފަ އެވެ. މަޝްހޫރު ކުޅިވަރު މީޑިއާ ސްކައިސްޕޯޓްސް އިން ރިޕޯޓްކުރި ގޮތުގައި ލިވަޕޫލުން ވަނީ ހަމޭސްއާ ގުޅޭގޮތުން ރެއާލްއާ ވާހަކަ ދައްކައިފަ އެވެ. އަދި އެއްބަސްވުމުގެ ކަންތައްތައް ކުރިއަށް ނުދިޔައީ ހަމޭސްގެ ޝަރުތުތަކާ އެކު އެވެ.
ރިޕޯޓްތައް ބުނާގޮތުގައި ހަމޭސް ބޭނުންވަނީ އޭނާގެ އެއްބަސްވުމުގައި ފުރަތަމަ އެގާރައިގައި ވަކި އަދަދަކަށް ސީޒަނުގައި މެޗު ނުކުޅުވައިފިނަމަ އޭނާ އަށް ކްލަބް ދޫކޮށްލުމުގެ އިހުތިޔާރް ދޭން ޖެހޭ ގޮތަށް ހިމެނުމަށެވެ.
ހަމޭސްގެ އޭޖެންޓް ޖޯޖް މެންޑޭސް ވަނީ ޕީއެސްޖީއާ ވެސް މަޝްވަރާކޮށްފަ އެވެ. އެ ޓީމުން ވަނީ ހަމޭސް ބޭނުންވާ މުސާރަ ދޭން ދެކޮޅު ހަދައިފަ އެވެ.
ދާދި ފަހުން ކޮލަމްބިއާގެ ހޯސޭ ޕެކަމަން ވެސް ވަނީ ހަމޭސް ބަދަލުވާންވީ އިނގިރޭސި ކްލަބަކަށް ކަމަށް ބުނެފަ އެވެ. ހަމޭސް ހޯދަން މީގެ ކުރިން ޗެލްސީން ވެސް ވަނީ މަސައްކަތް ކޮށްފަ އެވެ.
ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ވިދާލި ހަމޭސް ރެއާލަށް އެ މުބާރާތަށް ފަހު ރެއާލަށް ބަދަލުވީ 80 މިލިއަން ޔޫރޯ އަށެވެ. ރެއާލްގެ ކޯޗުކަމަށް މިދިޔަ އަހަރު ޒިނެދިން ޒިދާން ހަވާލުވި ފަހުން އެ ޓީމުން ހަމޭސް އަށް ލިބެނީ މަދު ފުރުސަތެކެވެ. ބޭނުންވާ ވަރަށް ކުޅެން ފުރުސަތު ނުލިބޭތީ ހަމޭސް ވަނީ މި ފަަހަރުގެ ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުކުރަން ނިންމައިފަ އެވެ.
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ރެއާލަށް ކުޅުނު ރޮޑްރިގޭޒް އެނބުރި ސްޕެނިޝް ލީގަށް
ކްލޮޕް ބުނި ބަސް ސީދާ ނުވެ، ލިވަޕޫލަށް މާޔޫސްކަން
ކްލޮޕް ހުރީ ދޫދޭކަށް ނޫން، ރެއާލް ފަހަތަކަށް ނުޖެހޭނެ
ލިވަޕޫލް ފޯރީގައި ފެށިއަސް މޮޅު ހޯދީ ރެއާލް މެޑްރިޑް
ޔޫއެފާއިން ސަޕޯޓަރުން ނުރައްކަލުގެ ތެރެއަށް ވައްޓާލި
ދެ ވަނަ ބުރުގައި ޗެމްޕިއަން ރެއާލާއި ލިވަޕޫލް
ލިވަޕޫލާއި ރެއާލްގެ ކިބައިން ޔޫއެފާ މާފަށް އެދިއްޖެ
ރެއާލް، 14 ވަނަ ފަހަރަށް ޔޫރަޕްގެ ޗެމްޕިއަނަކަށް
ބެލޮންޑިއޯ ބޭނުންނަމަ ޗެމްޕިއަންސް ލީގު ހޯދުން މުހިއްމު