Roadha Mihaaru
ހަންޏާމީދޫ ފެންހޮޅީގެ މައިނެޓްވޯކުގެ މަސައްކަތް ނިމިއްޖެ

ހަންޏާމީދޫ ފެން ހޮޅީގެ މައި ނެޓްވޯކުގެ މަސައްކަތް ނިމިއްޖެ

21 ފެބުރުއަރީ 2022

އދ. ހަންޏާމީދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން ފެން ހޮޅީގެ މައި ނެޓްވޯކުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އދ. ހަންޏާމީދޫ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން ފެން ހޮޅީގެ މައި ނެޓްވޯކުގެ މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 41 ޕަސެންޓް މަސައްކަތް މިހާތަނަށް ނިމިފައިވާ ކަމަށެވެ. ފެންހޮޅިގެ މައި ނެޓްވޯކުގެ މަސައްކަތް ނިމިފައިވާއިރު ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިންގުގެ މަސައްކަތް ވެސް ނިމެން ކައިރިވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްފައިވަނީ 21.65 މިލިއަން ރުފިޔާ އަށެވެ.

އެމްޑަބްލިއުއެސްސީން ބުނި ގޮތުގައި މިހާރު އެ ކުންފުނިން ކުރަމުން އަންނަނީ ބޯހޯލް ތޮރުފުމާއި ގޭގެއަށް ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން ފެން އުފައްދަން ދެ އާރުއޯ ޕްލާންޓް އެ ރަށުގައި ބަހައްޓާނެ އެވެ. އަދި ފެން ރައްކާ ކުރުމަށް ތިން ތާނގީ ބަހައްޓައި އެ ނިޒާމު ބަލަހައްޓަން ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.