ވޯލްޑް ޓުއާ ފެށި އެންމެ ޝޯއެއް ދެވިފައިވަނިކޮށް މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
23 ފެބުރުއަރީ 2022
ވޯލްޑް ޓުއާ ފެށި އެންމެ ޝޯއެއް ދެވިފައިވަނިކޮށް މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ޖަސްޓިން ވަނީ އޭނާގެ ވޯލްޑް ޓުއާ ފަށައިފަ އެވެ. ސެންޑިއޭގޯ އިން ޓުއާ ފަށައި ދެ ވަނަ މަންޒިލަށް ދާން ތައްޔާރުވެފައި ވަނިކޮށް ޖަސްޓިން ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ވަނީ އޭނާގެ ޕީއާރު ޓީމުން ކަށަވަރުކޮށްދީފަ އެވެ.
ކޮވިޑް ޖެހުނު ނަމަވެސް ޖަސްޓިންގެ ހާލު ރަނގަޅު ކަމަށް އޭނާގެ ޕީއާރު ޓީމުން ބުނެ އެވެ.
ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން އޭނާ އޮތީ ލަސް ވޭގަސްގައި ޝޯއެއް ދިނުމަށް ހަމަޖެހިފަ އެވެ. ނަމަވެސް ކޮވިޑު ޖެހުމުގެ ސަބަބުން އެ ޝޯ ވަނީ މިހާރު ޖޫން މަހުގެ 28 އަށް ފަސްކޮށްފަ އެވެ.
އެ ޝޯގެ އިތުރުން އޭނާ ކުރިއަށް އޮތް ތަނުގައި ހުރި ހުރިހާ ޝޯއެއް ވެސް ވަނީ މިހާރު ފަސްކޮށްފަ އެވެ. އެގޮތުން ޓުއާ ދެން އަލުން ފަށާނީ ޖޫން މަހުގެ ފަހުކޮޅުގަ އެވެ.
ޖަސްޓިން ކޮވިޑަށް ޕޮޒިޓިވްވުމުގެ ކުރިން ޓުއާ ރާވާފައިވަނީ އެތައް ގައުމެއްގައި ކުރިއަށް ގެންދާ ގޮތަށެވެ. އަދި އެ ޓުއާ 13 މަހަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިރު، އެ ޓުއާގައި ތަފާތު އެކި ކަހަލަ ނަފްސާނީ ބަލިތަކާ ގުޅޭ ގޮތުން ހޭލުންތެރިކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި
ހެއިލީ އަށް ސްޓްރޯކް ޖެހުނީ ހިތުގައި ލޯވަޅެއް އިނީމަ
ނޯއާ އާއި ޒޯއީގެ ސިއްރު ގުޅުމެއް؟
މި ސެލެބްރިޓީންގެ އަގުބޮޑު ގެތައް އަނދައި އަޅިއަށް!
ޓޮމް އާއި ޒެންޑަޔާ އެންގޭޖުވެއްޖެ
ކާންޔޭ އާ އަހަރު ފެށީ ރާއްޖޭގައި
އާރޮންގެ އަންހެނުން ރާއްޖެ އައިސް ފީނަން ދަސްކޮށްފި
ދުއާ ލިޕާ އެންގޭޖުވީތަ؟
ބްލޭކް، ޖަސްޓިންއަށް ޖިންސީ ފުރައްސާރައިގެ ދައުވާކޮށްފި
އެންޑްރޫ އާއި ޝްރައްދާގެ ބައްދަލުވުމަށް ލޯބި