Roadha Mihaaru
ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި

ހެއިލީ އާއި ޖަސްޓިން ވަރިވާން އުޅޭ ވާހަކަ ދޮގުކޮށްފި

25 ޖުލައި 2024

އެމެރިކާގެ މަޝްހޫރު މޮޑެލް ހެއިލީ ބީބާ އާއި އޭނާގެ ފިރިމީހާ އަދި ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ވަރިވާން އުޅޭ ކަމަށް ބުނެ ފެތުރި ވާހަކަތައް ހެއިލީ ދޮގުކޮށްފި އެވެ.

އެމެރިކާގެ މަޝްހޫރު މޮޑެލް ހެއިލީ ބީބާ އާއި އޭނާގެ ފިރިމީހާ އަދި ކެނެޑާގެ ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ ވަރިވާން އުޅޭ ކަމަށް ބުނެ ފެތުރި ވާހަކަތައް ހެއިލީ ދޮގުކޮށްފި އެވެ.

އެމެރިކާގެ ފެޝަން މެގަޒިން "ޑަބްލިއު މެގަޒިން" އަށް ދިން އިންޓަވިއުއެއްގައި ހެއިލީ ވަނީ އޭނާ އާއި ޖަސްޓިންގެ ކައިވެންޏާ ގުޅޭ ގޮތުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެން ރައްދު ދީފަ އެވެ. އެ ވާހަކަތައް އިވިފައި ވަރަށް ދެރަވި ކަމަށް ވެސް އޭނާ ބުންޏެވެ.

"އަހަރެމެންގެ މި ގުޅުމަށް ފާޑުކިޔައި މީހުން ވަނީ އަހަރެން ވަރަށް ދެރަކޮށްލައިފައި. އަހަރެމެންގެ ގުޅުން ހީނަރުވެއްޖެޔޭ، އަހަރެމެން އެކަކު އަނެކަކަށް ނަފުރަތުކުރެޔޭ، އަހަރެމެން ވަރިވަނިއްޔޭ ކިޔައިގެން،" އޭނާ ބުންޏެވެ.

"އަހަންނަށް ހީވަނީ މީހުން ބޭނުން ނުވަނީހެން އަހަރެމެން އުފަލުގައި އުޅެން... މީހުން ކިޔާ އެއްޗަކާ މެދުގައި ނުވިސްނަން އުޅުނަސް އަސްލު ވަރަށް ދެރަވޭ. އަހަރެން ހީކުރީ މީހުން ކިޔާ އެއްޗަކަށް ނުބަލާ މިހެން އުޅެވޭނެ ކަމަށް. އެކަމަކު ވެސް ވަރަށް ދެރަވޭ."

މި އަހަރު ކުރީކޮޅުގައި ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި ޖަސްޓިން އާއި ހެއިލީގެ ގުޅުން ހީނަރުވެ، އެމީހުން އުޅެނީ ވަރިވާށެވެ. އޭގެ ދުވަސްކޮޅެއް ފަހުން ހެއިލީ ވަނީ އޭނާ ޖަސްޓިންގެ ކުއްޖަކަށް ބަލިވެއިންކަން އިއުލާންކޮށްފަ އެވެ.

ހެއިލީ ބުނީ އޭނާ ބަލިވެއިން ވާހަކަ ވެސް ގިނަ ދުވަސްތަކެއް ވަންދެން ފޮރުވައިގެން އުޅުނީ މީހުން ފާޑުފާޑުގެ އެއްޗެހި ކިޔައި، ދޮގު ވާހަކަތައް ފަތުރާތީ ކަމަށެވެ.

ކުއްޖަކު ލިބޭކަން ޖަސްޓިން އާއި ހެއިލީ އިއުލާންކުރީ ބަނޑަށް ހަ މަސް ވި ފަހުންނެވެ.

ޖަސްޓިން އާއި ހެއިލީ ކައިވެނިކުރީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.